އެމީހެއްގެ ސިޔާސީ ފިކުރަށް ބަލައިގެން އިލްމީ މަސައްކަތް ހުއްޓާލީތީ އެކަމާއި ހިތާމަ ކުރައްވާކަމަށް، ޑރ މުޙައްމަދު ޝަހީމް އަލީ ޞައީދު ވިދާޅުވެއްޖެ އެވެ.

ޑރ ޝަހީމް މިހެން ވިދާޅުވެފައިވަނީ، ޕީއެސްއެމް އިން ރަމަޟާން މަހާއި ދިމާކޮށް ގެނެސްދޭ “ރަޙުމަތުގެ ނަބިއްޔާ” ޕްރޮގްރާމު މިއަހަރު ނުގެނެސްދޭ ގޮތަށް ނިންމާފައިވާތީ އެކަމާއި ގުޅޭގޮތުން ކުރައްވާފައިވާ އެފްބީ ޕޯސްޓެއްގައެވެ.

”ރަޙުމަތުގެ ނަބިއްޔާ ޕްރޮގްރާމަކީ ކީރިތި ރަސޫލާގެ ސީރަތާއި ގުޅޭގޮތުން ގެނެސްދޭ، ދިވެހިންގެ އަމިއްލަ ޕްރޮގްރާމެއްގެ ގޮތުގައި އޮތް އެންމެ ބޮޑު ސިލްސިލާ ޕްރޮގްރާމު. މިއަހަރު އެ ޕްރޮގްރާމު ޕީއެސްއެމް އިން ނުގެންނަ ގޮތަށް ނިންމާފައި އޮތީ. އަޅުގަނޑަކީ ސިޔާސީ މަސައްކަތެއްގައި ބައިވެރިވެފަ ހުރި މީހެއްވީމަ އެއީ އުޒުރެއް ކަމަށް ވެދާނެ. އަޅުގަނޑު ކުރިން ހީކުރީ ސިޔާސީ ފިކުރަށް ނުބަލާ އިލްމީ މަސައްކަތް މި ސަރުކާރުން ބަލައިގަންނާނެ ކަމަށް.” ޝަހީމްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

އިތުރަށް ޝަހީމް ވިދާޅުވީ، ޕީއެސްއެން އިން ޕްރޮގްރާމެއް ނުގެނެސްދިން ކަމަށް ވިޔަސް އެމަނިކުފާނުގެ އެފްބީ ޕޭޖު މެދުވެރިކޮށް ދީނީ ޕްރޮގްރާމެއް ގެނެސްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ދެމި ހުންނަވާނެ ކަމަށެވެ.

މި ވަގުތު، ޑރ.ޝަހީމް އަކީ މުސްލިމު 58 ގައުމު ހިމެނޭހެން އެކުލަވާލާފައިވާ އިސްލާމީ އެންމެ ބޮޑު ޖަމްއިއްޔާ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓްރީ ޖެނަރަލްގެ ހާއްސަ އެޑްވައިޒަރެވެ. އަދި ޝަހީމް ވަނީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ކަމުގެ މަޤާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުން، ނިމި ދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރަނިންމޭޓެއްގެ ގޮތުގައިވެސް ހުންނެވީ ޑރ ޝަހީމެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙައްގުބަސް

    އަޅުގަނޑަށް ފެންނަނީ ރަޙްމަތުގެ ނަބިއްޔާ މި ޕޮރުގްރާމް ޗެނަލް 13 އިން ނުވަތަ ވީޓީވީން ގެނަސްދިނުން ދިވެހިންނާ ހަމަޔަށް! ދީނެއް މިއްލަތެއް އެހެންކަމެއް އޮތްބައެއްނޫން މިހާރު މިތިބީ! އެމީހުންގެ ބާރު ހިނގާ ތަނަކުން އެފަދަ ޕޮރުގުރާމްތައް ގެނަސްދިނުމާ ދުރުވާނެ! ޑައިވިންގް ކުރުމާ ކުނިކަހާތަންް ދެއްކުމާ ދުވުމާ މިކަހަލަ ތާކުންތާކުނުޖެހޭ ކަންތައްތަކުގައި މިއުޅެވެނީ މިމީހުނަށް! ތަރައްގީއާ ތަމައްދުނާ ދުރުބައެއް މީ! ޕާޓީކުރުމާ ހަނގާކުރުމާ އަޗާތެޅުންކަމަކީ! ބޭކާރު ޚަރަދުކުރުން ކަމަކީ!

    63
    7
  2. އެމަންޖެ

    ލާދީނީ ސުންޕާ ސަރުކާރެއް...

    41
    5
  3. އެޖެންޑާ ނަވާ

    މުޙައްމަދު ނަޝީދު ބުނީ އޭނައަށްވެސް ކިޔަނީ މުޙައްމަދޭ.....

    36
    3
  4. އެޖެންޑާ

    އެންމެ އަލިގަދަ ތަރިވެސް މިއަހަރު ނުބާއްވަން ނިންމައިފަ އޮތީ..ހުރިހާ ދީނީ ޕްރޮގްރާމް ތަކެއް ހުއްޓާލަނީބާ؟؟

    25
    4
  5. ޢެކުވެރިާ

    ކަންކަމައްކުފޫހަަމަނުވާމީހުން ވެރިކަމައް އައިމަވާނެގޮތްމިވަނީ

    25
    3
  6. ޙސހސހ

    ޔަހޫދީންނާއި މޯދީޔަށް ކޮށްދޭ ވެރިކަމެއްގައި އޮވޭތާ އިސްލާމް ދީން. ގާސިމާ މައުމޫން ގެ ބަލާވެރިކަމުން އައި ވެރިލަމެއްމީ.

    25
    4
  7. ޖުމަލީ

    ޓީވީ އާ އަލީހާލިދު ހަވާލުވީފަހުން އަދި މަރިޔަން ވަހީދާ ބޯޑަށް ލީފަހުން ދީނީ އެއްވެސް ކަމެއް ނުކުރާނެ! ސީދާ ދީނީ ޕްރޮގްރާމް ކީއްކުރަން އެޔަށް ވުރެ މާ "ލައިޓް" ކޮށް ގެނެސްދޭ "ވިޓްނަސް ވިތް ވަހީދު" ވެސް ދުވަސް ދުއްވާލައިފި! މަދަހަ މުބާރާތާ އެންމެ އަލިގަދަ ތަރިވެސް އޮއްސިއްޖެ. ޖަޒީރާ ދެއްތޯ؟

    19
    2
  8. މަނިކު

    ދީނީކަންތައް ވާހަކަ ދެއްކޭނީ ދީނީމީހުނައް ރައްޔިތުންގެ ފައިސާއިން ވައްކަން ކުރިކަމައް ގިނަ ރައްޔިތުންދެކޭ މީހަކައް ވެރިކަން ހޯދައިދޭން އަމިއްލަ އެދުމުގަ ބޮޑުވަޒީރަކަންވާންވެގެން ތިބޭފުޅާ ނުދައްކަނީ ކޮންވާކަހަޔެއް! ޔާމީނު ފިޔަވާ ރައްޔިތުން އެންމެ ފޫހިވާ މީހަ ތިއީ! މިސައިޓުގަ މިކަލަ ކޮމެއްޓެއްޖަލަހާ ހިއްވަރެއް ނުހުންނާނެކަންގޭ!

    3
    18
  9. މަނިކު

    ވަރައް ހައިރާން ވެއްޖެ އަޅުގަނޑު ކުރި ކޮމެއްޓު ޖެހީމަ

    3
    4
  10. Anonymous

    ހައިރާން ނުވޭ މަނިކާ ރޯއްޖާ. ތިކަހަލަ ލާދީނީމީހުންނަށް ވާނީ ތިޔަހެން. ތިމީހުންނަށް ހަޖަމުވެސް ނުވާނީ. ޢަހަރުމެންނަށް ހަޖަމުވެސް ކުރެވޭނެ. ވާހަކަވެސް ދެއްކޭނެ.