ޝަރީޢަތް ނިމެންދެން މައްޗަންގޯޅީ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި ކަމަށް ކުރިން މީޑިއާ އިން ރިޕޯޓް ކުރެވުނު ނަމަވެސް އެއީ މައުލޫމާތުގެ ކުށަކުން ކުރެވުނު ރިޕޯޓެއް ކަން ކަށަވަރު ކުރެވިއްޖެއެވެ.

ސިނާންގެ ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމަން މިރޭ ކޯޓަށް ހާޒިރު ކުރިނަމަވެސް ވަނީ ބަންދުގެ މުއްދަތު އިތުރު ނުކޮށް އޭނާ ދޫކޮށްލާފައެވެ.

ރާއްޖޭގައި އިޢުލާނު ކޮއްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި މެންބަރު ސިނާން ހިމެނެއެވެ.

ސިނާންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަލުން ޔުމްނާގެ ފިރިކަލުން އަހްމަދު ނަދީމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި މެންބަރު އަބްދުﷲ ރިޔާޒް އަދި މެންބަރު އިލްހާމް އަހްމަދުގެ މައްޗަށް، ޓެރަރިޒަމްގެ ޢަމަލެއް ކުރަން އުޅުމުގެ ދައުވާކުރަން މިހާރު ކޯޓަށް ވަނީ ފޮނުވާފައެވެ.

މީގެ އިތުރުން ސިޔާދު ގާސިމްގެ މައްޗަށް ދައުވާ ކުރަނީ ވިލާ ކުންފުނިން ދީފައިވާ ލިޔުމެއްގައި އުއްތަމަ ފަނޑިޔާރު ސައީދާއި ފަނޑިޔާރު އަލީ ހަމީދު ބޭރުގައުމަކުން ގަނެފައިވާ މުދާތަކަކަށް ފައިސާ ދައްކަން 2.4 މިލިއަން ޑޮލަރު ދީފައިވާ މައްސަލައިގައި ސިޔާދުގެ މައްޗަށް ވެސް ވަނީ ދައުވާ ކުރަން ފޮނުވާފައެވެ.

ފާރިސް މައުމޫނު އަދި ސިޔާދު ބަންދުގައި ބަހައްޓަން އަމުރު ކުރިއިރު، ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އަދި ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކުރީގެ ރައީސް މައުމޫންގެ މައްޗަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިން ކަމުގެ ތުހުމަތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އާއާއާއާ

    އުއްތަމަ ފަނޑިޔާރު ވެސް ޝަރީއަތް ނިމެެންދެން ބަންދުކުރަން އަމުރުކޮށްފި ނަމަ އެކަން ވެސް އެކުރީ އެއީ ސަރުކާރުން ކުރި ހުކުމެއް ނޫނޭ އެއީ ހަމަ ކްރިމިނަލް ކޯޓުން ކުރި ހުކުމް އޭ ދެން ވެސް ތަމެންނަށް އިނގެންވާނެ އެއް ނޫންތޭ ރަންރީނދޫ ޓްވިޓަރޭ ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ސަރުކާރެއް ސްޕްރީމް ކޯޓް މެދުވެރިކޮށް ވައްޓާނުލެވޭނެ ކަން. އެކަން ނޫންތޭ އެގިގެން މިދަނީ. އައި އޭމް ވޮންޑަރިންގް ކޭން ޔޫ ވިން ފްރޮމް އަސް ކޭންޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ އާއާއާއާ އާއާއާއާ އާއާއާއާ އާއާއާއާ....

  2. ބިސްގަނޑު

    މީނަ ޖަލުގަ އޮންނަ އިރު ޖިމް ޖައްސުވަން ވީނު؟ ލޮލް

  3. ޝަރަފު އިބްރާހީމް

    ސިނާން އަކީ މީގެކުރިން ވަރަށް އިޙްތިރާމްލިބުނު ބޭފުޅެއް! މިއަދު މިބޭފުޅާއަށް އެ އިޙްތިރާމްކުރަނީ ކާލިގަނޑު ގުރޫޕް!

  4. ނަން

    **މައްޗަންގޮޅީ