ރާއްޖޭން ބޭރުގައިއުޅޭ ދިވެހިންނަށް "އާސަންދަ" ލިބޭނީ ބޭސްކުރި ބިލް ހުށަހެޅީމާ ކަމަށް ރޭ ލަންކާގައި އާސަންދަ ކުންފުނިން ބޭއްވި މަޢުލޫމާތު ދޭ ސެޝަނެއްގައި ބުނެފިއެވެ.

ރޭގެ މަޢުލޫމާތު ދިނުމުގެ ސެޝަން ވަކި ހިސާބަކުން ހޫނުވެގެންވަނީ ހުއްޓާލާފައެވެ. ރާއްޖެއިން ބޭރުގައި، އިންޑިޔާ، ސްރީލަންކާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދަ ދިނުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. ނަމަވެސް ފަހުން ސަރުކާރުން ހާމަކޮށްފައިވަނީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބޭސްފަރުވާ ދެވިގެންދާނީ، "މެރަނަ ސްކީމް" ގެ ދަށުން ކަމަށެވެ.

"މެރަނަ" ސްކީމްގެ ނަމުގައި ތައާރަފްކުރި ސްކީމްގެ ދަށުން، މާލީ އެހީ ލިބިގެން ދާނީ ސްކީމަށް ރެޖިސްޓަރ ކުރާ ފަރާތްތަކަށެވެ. އަދި އެ އެހީލިބިގެންދާނީ އެ ސްކިމްގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ ފަރާތްތަކަށް ކަަމަށް އާސަންދަ އިން ބުންޏެވެ. އަދި މި މި ގައުމުތަކުގައި އުޅޭ މީހުން ކަމުގައި ވާނީ މަދުވެގެން ހަ މަސް ދުވަހު އުޅުމަށް އެ ގައުމަކުން ކަނޑައަޅާފައިވާ ވިސާ ލިބިފައިވާ ފަރާތްތަކަށެވެ.

މި ސްކީމްގެ ކޮންމެ ބައިވެރިއަކަށްވެސް 150،000 ރުފިޔާ ހަމަޖެހިގެންދާއިރު، އެޑްމިޓް ނުކޮށް ހޯދާ ސިއްހީ ހިދުމަތުގެ މިންވަރަކީ 10000 ރުފިޔާއެެވެ. އަދި އެޑްމިޑްކޮށްގެން ހިދުމަތުގެ މިންވަރަކީ އެޑްމިޝަން ހިމަނައިގެން ޖުމްލަ ކަވަރޭޖްގެ އެއްވަރު އަދަދެކެވެ.

ރައީސް ވައުދުވެ ވަޑައިގަތީ، އާސަންދައިގެ ހިދުމަތް އެގައުމުތަކުގައި އުޅޭ ދިވެހީންނަށް ފޯރު ކޮށްދިނުމަށެވެ. އެހެން ނަމަވެސް، އާސަންދަ ކުންފުނިން ނިންމީ އެ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އާ ސްކީމެއް، މެރަނަ ތައާރަފް ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކޮން މެރަނައެއް

    މަ އޭރުވެސް ހިތަށް އެރި މެރަނަ ސްކީމް ނުކިޔާ މާ ރަނގަޅުވީހޭ މުރަނަ ސްކީމް ކީނަމަ ... ކޮބާ ކަންތައް ވީ ގޮތަށް ބަލާއިރު މެރަނަ ސްކީމް މިވަނީ ހަމަ ރަނގަޅަށް ވެސަ މުރަނަ ވެގެން ކުދި ކުދި ވެފަ..

    21
    1
  2. ސަބީނާ އިލްޔާސް

    ހުރިހާ ވަޢުދުތައް ތޮޅިޔަށް
    1. ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހެދުނު ނާސްތާ!!!! އެކަމަކު ލިބެނީ ނަމެއްގައި މަދު ބަޔަކަށް
    2. ރާއްޖެއިން ބޭރުން ބޭސްކުރާ ފަރާތްތަކަށް ހުސްނުވާ އާސަންދަ!!!! އެކަމަކު ލިބެނީ ބިލް ހުށައެޅިމާ ދޭން ފެންނަންޏާ
    3. އެއްވެސް މުވައްޒަފަކަށް ވަޒީފާގެ ބިރެއްނެތް! އެކަމަކު ފަސްމަސްތެރޭގައި 276 މީހުން ވަކިކޮށްފި!
    4. ރާއްޖެ ތަރައްޤިކުރާނީ ލޯނު ނުނަގާ!!! އެކަމކު ކަމެއް ނުކުރާތާންގައި ވަގުންގެ ދައުރު ފެށީވެސް 800 މިލިޔަން ޑޮލަރުގެ ލޯނަކުން
    5. ޑީސެލްއިން ޑިޔުޓީ ނުނަގާނެ! !!! އެކަމަކު މިހާރުވެސް މީގެ ފަސްމަހުގެކުރިޔަށްވުރެ ތެލުގެ އަގު ބޮޑު
    6. މުޅި ރާއްޖެއަށް ކަރަންޓުގެ އަގު ހެޔޮކުރާނެ!!!!! އެކަމު ފަޤީރުން ތިބީ ހަމަ ތިބިގޮތަށް
    7. ކާޑުގެ ބަވަތްތަކުން ބޮޑުތަނުޖް އަގުހެޔޮވާނެ! !!!! އެކަމކު ހެޔޮވީ ކިލޯއަކުން 10 ލާރި!
    8. މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް އޯވަޓައިމް ލިމިޓް ކަނޑާލާނެ!!!!!! އެކަމަކު އަދި ހަމަ އެއްކަމެއްނުވޭ! ޕޮއް

    40
    1
  3. Anonymous

    ވަޢުދާއި ޚިލާުފު ވުމަކީ މުނާފޮގުންގެ ސިފައެއް.

    26
  4. އ. ޖ. އ

    ވަރަށް ރަނގަޅު ނިންމުމެއް.

    7
    19
  5. ކުއްލި

    ރައީސް މީހާ އާސަންދައޭ ކިޔާފަ ވިދާޅުވިތަ. ބޭބީ ބޮކްސްތައް ހޮސްޕިޓަލުން ލިބޭތަ. އެބޭ އެއްވެސް ވައުދެއްވީތަ؟

    22
  6. އޮންމައިވޭ

    އުކުޅަހުގައި ފެން ބޮޑުވެ ފަސް ގެޔަކަށް ފެން ވަދެއްޖެ ނަމަ އެގެތައް ލިބޭނެ ގެއްލުމާއި މެދު މަމެންނަށް ތަސައްވަރު ކުރެވެއޭ މަމެންގެ ހިތަށް އަރަނީ 24 ގަޑިއިރު 300 މިލިމީޓަރަށް ވާރޭ ވެހުނު ނަމަވެސް ރާއްޖޭގެ އެއްވެސް ރަށެއްގެ އެއްވެސް ރަށެއްގައި އިމާރާތް ކޮށްފައިވާ އެއްވެސް ގެއަކަށް ފެންވަދެގެން ނުވާނެއޭ އައި ޑްރޯ ދަ ޕްލޭންސް އޮން ދިސްވޭ އީވެން އިފްދޭ ޑޯންޓް އެގްރީ އޮން ދިސް އައި އޭމް އޮން މައިވޭ ޓު ހެލްޕް ދީސް ވިކްޓިމްސް އައި އޭމް އޮން މައިވޭ އައި އޭމް އޮން މައިވޭ އައި އޭމް އޮން މައިވޭ އައި އޭމް އޮން މައިވޭ އައި އޭމް އޮން މައިވޭ...

  7. ޝުކުރިއްޔާ ގައުމު

    ސަޅި. ބޭރުގަ އުޅޭ އެމްޑީޕީންނަށް މަރުހަބާ.

    29
    1
  8. ހުސީ

    އެއްވެސް ދުވަހަކު އާސަންދައިގެ ދަށުން ހިލޭބޭސް ފަރުވާކުރެވޭކަމަށް ޤަބޫލުނުކުރަން. ފަރުވާ ލިބޭތަނަކަށް އިނީ އައިޖީއެމްއެޗް އެކަނި. އެތަނަށް ދައްކަން ކިޔޫގަ 6 މަސް މަޑުކުރަންޖެހޭ. ދެން ދާންޖެހެނީ ޕްރައިވެޓް ހޮސްޕިޓަލް ތަކަށް. ބައްޔަކަށް ބޭސްކޮށް ނިމޭއިރު އަތުން 20 ހާސްވަރު ގޮސްގެން ސަލާން ޖަހާހިސާބަށްދޭ. އެކަމަކު ހިލޭބޭސްފަރުވާޔޯ. ޑޮކްޓަރ ލިޔެދިނަސް ސަރުކާރުން ބޭނުންވާ ބޭހެއް އާސަންދައިން ދެނީ.

    10
    5
  9. އެހީއެއް ވެދީބާ

    ދަރިން ނުލިބިގެން ބޭސްކުރާ މީހުންނަށް ނުދެނީ ކީއްވެގެން. ޢެވެސް ބައްޔެއް

    18
    3
  10. ލައި

    މިސަރުކާރުން އާސަންދަ ދޭން ވީމަ ކަންބޮޑުވަނީ

  11. ހާމަ

    ރާއްޖެއިން ބޭރުގަ އާމުކޮށް މި އުޅެނީ މާލޭގެ ގެދޮރުވެރީންނާއި މުއްސަނދިން އެމީހުންގެ ގެދޮރު ރާއްޖެތެރޭމީހުންނަށް ކުއްޔަށްދީފަ. އާސަންދައިން ބޭސްފަރުވާ މިކުރަނީ ދިވެހިރައްޔިތުން އަތުން ޓެކްސް ގޮތުގައި ނަގާ ފައިސާއިން، މި މީހުންން އަތުން މި ޓެކްސްފައިސާ އެއް ނުނަގާ، އެހެންވީމަ ރާއްޖޭގެ ނިކަމެތި ރައްޔިތުންއަތުން ނަގާ ޓެކްސްފައިސާ ދޭ އާސަންދައިގެ ހިދުމަތް ރާއްޖެއިން ބޭރުގައި އުޅޭ މާލޭގެ ގެދޮރުވެރީންނާައި މުއްސަނދީންނަށް ދިނުމަކީ އިންސާފުވެރިގޮތެއް ނޫން

    4
    2
  12. ހަގީގަތް

    އަދި މީހުނަށް ހަގީގަތް ނޭންގޭ ބިލު ހުށަހެޅީމަވެސް ލިބެނީ އެންމެ %10 އެއީ ދެން ކޯޗެއް.... ރަނގަޅު އެކަކުވެސް ނެތީ ހުސް މަކަރުވެރިން...

  13. ޞިރާޠު

    ސަބީނާ ގެ ކޮމެންޓްގައި އަދި ބައިވަރު މަދެވެ. "އުފަންވާ ކޮންމެ ކުއްޖަކަށް ޟަރޫރީ ހަދިޔާ" މިގޮތަށް ފޮތިދަމާ އޭގެ މާނަ އޮޅުންފިލުވައިދިން. ޚަބަރެއްވެސް ނުވޭ!

  14. ޒާ

    ހަން ދާންދެން އިބޫއަށް ވޯޓްލީ އެންމެންނަށް މަރުހަބާ. ދެން ތިބޭ. ރާކަނިމަސް ކެވޭނެ ދެން.