ވާހަކަ ލިޔުންތެރިޔާ އަހުމަދު އިޤްބާލް (އައިކިއު)ގެ ވާހަކަ "އެހެނަސް ހަމަ ލޯބިވެޔޭ"އަށް ތައްޔާރުކުރާ ވެބް ސީރީޒް "އެހެނަސް" ގެ ޓްރެއިލާ މިރޭ ދައްކާލައިފިއެވެ.
ޓްރެއިލާ ނެރުމަށް މިރޭ ބައިސްކޯފްގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން ޑައިރެކްޓަރު ރަވީ ފާރޫގު ބުނީ މި ސީރީޒް އަކީ ރަނޑު ފިރިހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައް ތަކެއްގެ މައްޗަށް ތައްޔާރު ކުރާ ސީރީޒްއެއް ކަމަށެވެ.
https://www.facebook.com/EhenasSERIES/videos/583851828786210/?v=583851828786210
"މި ސީރީޒް އަކީ ކުޑައިރުންސުރެ ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، ފަހުން އޭނާ ކައިވެނިކޮށް ދިރިއުޅުމެއް ފަށާ ފަހުން ވެސް، ކުރިމަތިވާ އެކި ކަހަލަ އިޖުތިމާއީ މައްސަލަތަކުގެ ސަބަބުން ފިރިހެނަކަށް ކުރިމަތިވާ ހާދިސާތަކެއް ކިޔައިދޭ ވަރަށް އަސަރު ގަދަ ވާނެ ސީރީޒްއެއް" ރަވީ ބުންޏެވެ.
މި ސީރީޒްގެ މެއިން ކެރެކްޓާއިން ފެނިގެން ދަނީ "ޓިކް ޓޮކް" އިން މަޝްހޫރު ކަން ހޯދި މުހައްމަދު ވިޝާލް އެވެ.
ރަވީ އިތުރަށް ބުނީ މި ސީރީޒްގައި އަލަށް ތައާރަފްވާ ކުދިން ތިބޭނެ ކަމަށާއި ދެ ސީޒަނަކަށް ބަހާލައިގެން ގެނެސްދޭ އެ ސީރީޒްގައި ފިލްމީތަރި ޝިލާ ނަޖީބު އަދި މުހައްމަދު މަނިކު ފެނިގެންދާނެ ކަމަށެވެ.
"ތަފާތު ވާނެ މި ސީރީޒްގައި އަލަށް ތައާރަފްވާ ކުދިން ތިބޭނެ. އެކުދިންނަށް އޮޑިޝަން ބާއްވާ ވޯކްޝޮޕްތައް ދިނިން. އެއްވެސް އާ ތަރިއަކީ އާ ކުއްޖެކޭ ބުނެވޭވަރުގެ ޖާގައެއް ނުދޭނަން،" ރަވީ ބުންޏެވެ.
ރަވީ އިތުރަށް ބުނީ މާލޭގައި ބޮޑު ބައެއް ޝޫޓް ކުރި މި ސީރީޒް ގެ ފުރަތަމަ ސީޒަންގެ ބޮޑު ބައި މިހާރު ވަނީ ނިމިފައި ކަމަށެވެ.
މި ސީރީޒްގެ ޓްރެއިލާ މިރޭ ދައްކާލައިފައިވާއިރު "އެހެނަސް" މި ސީރީޒް ވަރަށް އަވަހަށް ބައިސްކޯފު އެޕްލިކޭޝަނުން ބަލައިލަން ލިބޭނެއެވެ.
ޓްރެއިލާ ދައްކާލިއޭ ކިޔާފަ ސުރުހީޖެހިއިރު އާޓިކަލްގަ ނެތް ޓްރެއިލާ ލިންކް ވެސް ލާފައި. ޓްރެއިލާ ބަލަން ބޭނުންވޭ. ލިންކް ވައްޓާލިނަމަ ސަޅިވީސް. ޢެއްޗަކަށް އެއްޗެއް ލިޔެފަ ދޯ
ލިންކް ފެނުނީމަ އެނގޭނެތަ
ރަނޑު ކަމަކީ އެއްގޮތަކައްވެސް އަހަރެމެން ހިއްވަރުދޭނެ ކަމެއް ނޫނެވެ. ރަނޑުމީހުން ރަނޑުކަން ފިލުވާށެވެ.
ދިވެހިންނަށް ކަމަކުނުދޭ ރަނޑު ވިއަސް ގަޓް ވިއަސް
އެެއީ ފިލުވޭ ކަމެއްނޫން. އަމިއްލައަށް ލިބިގަންނަ ކަމެއްވެސް ނޫން. އުފެދުމުގަ ހުންނަ އުނި ނުވަތަ ފުރިހަމަ ނޫން ކަމެއް. ފިލުވޭނަމަ ކާކު މުޅި އުމުރަށް ގަނާ (ބުލީ) ގެ ޝިކާރަޔަކަށް ވާން ބޭނުންވާނީ؟ އެމީހެއްގެ ގޮތުގަ އެމީހަކު ބަލައި ގަނޭ. ކޮންމެ މީހަކީވެސް އުނި ސިފަތަކެއް ހުންނާނެ މީހެއްކަން ދަނޭ. ތިމާގެ އުނި ސިފަތައް ތިމާއަށް ފާހަގަ ނުކުރެވުނަސް އެހެން މީހުންނަށް ފާހަގަ ކުރެވޭނެ.
މުޅިން ނުބައި.. ފަހަކަށް އައިސް އުފެދުނު ކޮންމެ ކަމެއްވެސް އޯކޭ ޚިޔާލުގެ ވާހަކަ ތީ. އަހަރެންނަކީ ތި ރަނޑުކަން ހުރި މީހެއް. އަހަރެން ހަމަ އަމިއްލެއަށް ރަނގަޅު ކުރީ. އެއީ ހަމަ ކުރެވޭނެ ކަމެއް.
ރަނޑުކަމަކީ އަމިއްލަޔަށް ލިބިގަންނަ ކަމެއްނޫނޭތަ ތިބުނަނީ.. الله عز وجل އެއީ އުފެއްދެވުމުގައި އެންމެ ފުރިހަމަވަންތަ އިލާހް..އެއިލާހުގެ އިސްމުފުޅުތަކާ ސިފަ ފުޅިތައް މަތިވެރި ވެގެންވޭ..ފރިހެނެއް ރަންޑެއްގެ ގޮތުގަ ލައްވާނެ ކަމައް ގަބޫލު ކުރާމީހުންގެ އަގީދާ މައްސަލަޔެއް އުޅެނީ.. އެހެނީ ފިރިހެނުންގެ ފަހަތުން ދުވާމީހުން ދުވަނީ އެއީ އެމީހުންގެ މައްސަލަޔެއް..Surah Al-Mumenoon, Verse 14:
ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنشَأْنَاهُ خَلْقًا آخَرَ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ
Then We made the seed a clot, then We made the clot a lump of flesh, then We made (in) the lump of flesh bones, then We clothed the bones with flesh, then We caused it to grow into another creation, so blessed be Allah, the best of the creators...އެހެނެއްކަަމަކު..Surah Yusuf, Verse 106:
وَمَا يُؤْمِنُ أَكْثَرُهُم بِاللَّهِ إِلَّا وَهُم مُّشْرِكُونَ
And most of them do not believe in Allah without associating others with him
ޕީޕީއެމް ރިޖެނެރޭޓް ކުރުމަށް ޓަކައި ޕީޕީއެމްގެ އޮރިޖިނަލް ޑީއެންއޭސް ތައް ކައިރިި ކުރަން އެބަޖެހެއޭ އެއީ ޔަގީނުންވެސް ހުރިހާ ފްރަންޓްސް ތަކުން ފެންނާން ހުރި ހަގީގަތެކޭ ސޯ ޓޭކް އިޓް ސީރިއަސްލީ އެނޫން ނަމަ ޕީޕީއެމް އަށް ދިމާވާނީ ޑީއާރުޕީ އަށް ދިމާވި ގޮތޭ ސޯ ޓޭކް އިޓް ސީރިއަސްލީ ޕީޕީއެމް އަށް އެބަޖެހޭ މާލޭގައި ތިބި ޓައިޓޭނިއަމް ޕްލޭޓެޑް ޕޮލިޓިޝަނުން އިސްސަފަށްލާ ރިޗާރޖް ކުރަން ސޯޓޭކް އިޓް ސީރިއަސްލީ އެނޫން ނަމަ ރާއްޖޭގެ މިނިވަން ކަން ވިއްކާލާނެއޭ
ދަރިފުޅާ އާޓިކަލްގަ އޮތް އެއްޗަކަށް ކޮމެންޓް ކޮށްބަލަ
ބައެއް ފިރިހެނުން ރަނޑުވެގެން އަންހެން ވެގެން އުޅެއެވެ. އެއީ ކޮންމެގޮތެއް ވެގެން ވާކަމެއް ކަމަށް ވިޔަސް އެފަދަ މީހުންގެ މައްޗަށް ފިލްމު ހެދުމަކީ ރަގަޅު ކަމެއްނޫނެވެ. އެހެންނަމަވެސް އެފިލްމުގައި އުޅޭ މީހާ ފިލްމުގެ ކުރީކޮޅު ގައި ރަނޑުވެގެން އުޅުނަސް ފަހުން ރަނޑުކަން ފިލާ ސީރިއަސް މީހެއްގެ ގޮތުގައި ފެންނަނަމަ މައްސަލައެއް ނެތެވެ.
ތި އިންޑަސްޓްރީ އުވާލާ ހަމަ މިހާރު. ކުރާނެ ކަމެއް ނޭނގިގެން އަދި އުޅޭބައެއް މީ
އިގްބާލްގެ މި ވާހަކައަކީ ވަރަށްވެސް ރީތި ވާހަކައެއް. ޢުއްމީދު ކުރަން ސީރީޒްވެސް ރީތި ވާނެކަމަށް.
ތި ފޮޓޯ ގައި ނެތް ތި ނޫން މީހެއް.ތި ފިލްމު ވަރަށް ފަށޭހަ ވާނެ