އައްޑޫ ސިޓީ ހިތަދޫގައި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ހިތަދޫ ބޮޑުމަގުގައި، ކުރިން ރީތި ފޮޓޯ ހިންގި ސްޓޫޑިއޯ އާއި ދިމާލުންނެވެ.

މި ހާދިސާގައި އަނިޔާވި ދެމީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާއިރު އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް މި އެކްސިޑެންޓުގައި އެ ދެމީހުނަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ދެ ސައިކަލު ޖެހިގެން ހިނގި މި އެކްސިޑެންޓުގައި އެއް ސައިކަލު ދުއްވަން އިނީ 18 އަހަރު ނުފުރޭ ކުއްޖެއް ކަމަށް ވެއެވެ.

އައްޑޫ ސިޓީގައި ރޭވެސް އެކްސިޑެންޓެއް ހިނގާފައިވާއިރު، ލިންކު ރޯޑުންގައި މީގެ ހަފްތާއެއްހައި ދުވަސްކުރިން ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ޒުވާނަކު ނިޔާވެފައި ވެސް ވެއެވެ.