މާލޭ ވަށަ މަގު (ރިންގް ރޯޑް) ގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ. އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 11:15 ގައި އެމްޑީޕީގެ ހަރުގެ ކުރިމަތީންނެވެ. އެކްސިޑެންޓް ހިނގާ އަނިޔާވި، ދެމީހުންވެސް މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

އެކްސިޑެންޓްގައި ދެމީހުންގެ ގައިވެސް ވަރަށް ބޮޑަށް މަށައިގެން ގޮސްފައިވާ މައުލޫމާތު ލިބިފައިވެއެވެ.

މާލޭގެ ވަށަ މަގު ފާހަގަކޮށްލެވެނީ ވަރަށް ގިނައިން އެކްސިޑެންޓްތައް ހިނގާފައިވާ މަގެއްގެ ގޮތުގައެވެ. މާލޭގައި ދާދިފަހުން އެކްސިޑެންޓްތައް ގިނަވެފައިވާ އިރު، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހެލްމެޓް އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ. އޭގެ ފަހުން އެކްސިޑެންޓް މަދުވެފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަންކޮ

    ކޮން ވަށަމަގެއް ކިޔާކަށް؟ މީގެ ކުރިން ކިޔަމުން ދިޔަ ރަސްރަނި ބަގީޗާ އަށް ވެސް މިހާރު ކިޔަނީ ސަލްޓަންޕާރކް އޭ...! ދެން ކޮން ނަންތަކެއް ދިވެހި ކުރަން ތި މަސައްކަތް ކުރަނީ؟؟

    13
    1
  2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    މީހުން ގެ ސްޕީޑް މައިތިރި ވެގެންނޫނި ދުވަހަކުވެސް ތިކަމެއް ނުހުއްޓޭނެ ޒިންމާ ނަގަންޖެހޭނީ ދުއްވާމީހާ. އެހެން އެއްވެސް ބައެއްނޫން.

    9
    3
  3. ާަަަަަެެެޮޮިުއަފީ

    ހެލްމެޓުއެޅީމާ އެކްސިޑެންޓުމަދުވީ؟
    ނަމަވެސްފޭރުންގިނަވީމީމާހިތާމަވެރިކަމެއް
    ހެލްމެޓުއަޅާގެންއަންނަމީހާއާކުރިމަތިލާމިޖެހެނީ
    އެއްކަލަފައިސާކޮޅުހިފާގެންއައްނަނިކަމެތިމީހާ
    އެހެންވީމާބިރުބޮނޑު؟؟؟؟؟؟؟؟؟؟؟؟

  4. ވަށަ

    ތިޔަ މަގު ވަށަ މަގަކަށްވީ ތާރު އެޅީމާތޯ؟ ދެން ކޮބާ "ބޮޑުތަކުރުފާނު މަގު"؟