ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދަށް އިންސާފު ހޯދަން ބޮޑު ހިންގާލުމެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

"ދުލެއް ނުކުރާނަން" މި ނަމުގައި ބާއްވާ ހިނގާލުން ފެށޭނީ ރަސްފަންނުން އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:30 ގައިއެވެ.

2017 ވަނަ އަހަރު އޭޕްރީލް، 23، މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ވެސް އެއްކޮށް ފުރިހަމަ ނުވާ ކަމަށް އާއިލާ އިން ބުނެއެވެ. ޔާމީންގެ މަރުގެ މައްސަލައިގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.

ޔާމިން ރަޝީދު މަރާލީ، އޭނާ މަސައްކަތް ކުރި އޮފީހުން ގެއަށް ދާން ނުކުތުމުން، މަގުމަތިން ބަޔަކު ފާރަލަމުން ގޮސް، އޭނާ ގެއަށްވަތް ވަގުތު ތޫނު އެއްޗެހިން ޙަމަލާ ދީގެންނެވެ.

މީގެ ހަތަރު އަހަރު ކުރިން މިނިވަން ނޫހުގެ ނޫސްވެރިޔާއަށް މަރުގެ އިންޒާރުތަކެއް ދިނުމަށްފަހު، "ވަގަށް ނެގީ" އޭނާ ދިރިއުޅޭ އެޕާޓްމެންޓުންނެވެ. ރިލްވާނަށް ވީ ގޮތެއް، ވަގަށް ނެގީ ކޮން ބަޔަކު ކަމެއް، ދުނިޔޭގައި ހުރި ކަމެއް ނުވަތަ އޭނާ ވަގަށް ނެގީ ކޮން ސަބަބަކާ ހެދި ކަމެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.

ޔާމީނާއި ރިލްވާންގެ މައްސަލަ ވެސް ހިމެނޭ ގޮތައް އިތުރު މައްސަލަތަކެއް އަލުން ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮމިޝަނެއް އުފައްދަވައިފައެވެ.

ރައީސް ޞާލިހް ވަނީ ރިލްވާން ވަގަށް ނެގި މައްސަލަ އަލުން ތަހުގީގުކޮށް ރިލްވާނަށް ވީގޮތް ވެރިކަމުގެ ފުރަތަމަ ދުވަހު ހާމަކުރާނެ ކަމަށް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމަށް މިހާރު 150 ދުވަހަށް ވުރެ ގިނަ ދުވަސް ވީއިރު އަދި ރިލްވާނަށް ވީގޮތެއް ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސިދާތް

    ރަސްފަންނުން އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:30 ހިގާލުމުގެ ބަދަލުގައި .މިސްކިތަައް އަރާ ނަމާދު ކޮއްފަ ދުވާކުރުން މާރަގަލުވާނެހެން ހީވަނީ.......

    48
    1
  2. Anonymous

    ރިޔާސީ ކޮމިޝަނުން އަދިވެސް ވީގޮތެއް ؟100 ދުވަސް އަދި ؟

  3. ރަތާ ކަޅާ

    މިދެމީނުނަށް އެކަނިދޯ އިންސާފު ގެއްލިގެން މިއުޅެނީ

  4. އަހަރެން

    ކޮބާ މި ސަރުކާރުން މިކަމަށް ހައްލެއް ނުލިބުމުން ދޯ... އެކަމަކު އެންމެ ބޮޑަށް އަނގަހުޅުވާފަ ސޯލިހުމެންވެސް ބުނާނެ ތިމަންމެންނޭ ގެއްލުނު މީހުންހޯދާނީ...
    ﷲ ޙަޟްރަތަށް ދުޢާ ދަންނަވަމާ...

  5. ސމީ

    ހަމަ އެކަނި އިންސާފު ނުލިބިވަނީ ޔާމީން އަދި.ރިޟްވާނައްތަ .
    ދެންދިޔައީ ކޮންމެހެން މަގުމައްޗަށް ނުނިކުތަސް ވެދާނެ ކަމެއްތާ ތިޔަބައިމީހުނގެ ގެނައި ރައީސް އެހުރީ . މިހުރިހާ ދުވަހު ރ ޔާމީން ވެރިކަމުގަ ހުރެގެން ތިކަން ނުވިވާހަަކަތާ އަބަދު ދެއްކީ

    20
    2
  6. ހިއްވަރު

    ރައިސްޔާމީނުވެރިކަމުގައިހުރެގެން އެކަން ނުކުރެވިފައިއޮތްކަމަށް ހީކުރެވުނީ ރައިސްސާލިހު ވިދާޅުވިގޮތުންނަމަ މިހާރު އެކަންސިއްރުކުރައްވައިގެންހުންނެވީ ރައިސްސާލިހު ވެރިކަމުގެ ފުރަތަމަ ދުވަހު އާއްމުކުރާނެކަމަށްބުނި މަޢުލޫމާތުތައް ވެރިކަމުގައި 150 ދުވަސްވީއިރުވެސް ޢާއްމުނުކުރެވުނީތީ އެކަމާއި ދެރަވެ ހިތާމަކުރަން ދައުލަތުގެ ފައިސާއިންބޮޑުމުސާރަ ދީގެން އުފެއްދިކޮމިޝަނަކަށް ބޮޑުމުސާރަދީފައެބަތިބި އެމައްސަލަބަލަން މިއަދާހަމަޔަށްއައިއިރު ވީއެއްކަމެއްނެތް ދެންއޮތީ ޢަބުދުﷲ ރިޔާޒުގެ ވާހަކަ އަފްރާސީމުއަލީގެ މަރުގެ މައްސަލައިގެން އިތުރުވާހަކަ ދައްކަން ހުރިކަމަށް މީގެ ކުރިން އެތަކެއްފަހަރުބުނަމުންގެންދިޔަ ނަމަވެސް މަޖިލިހުގެ މެމްބަރުކަމުގެ ގޮނޑި ލިބުނުހިސާބުންފެށިގެން ދައްކާނެ އައުވާހަކައެއްނެތްކަމަށް މިއީ މިމީހުންގެ އޮޅުވާލުން ހުންރިވަރު

  7. ސަޓޯ

    އެއމީހުންވީ އިބުރޭ ބަނޑުދަށުގަ

  8. އަހުމަދު687

    ޑރ، އަފުރާށީމު މެރި ބަޔަކު ފުރި ވާހަކަވެސް އަންނި ކީ! އަދި ދެން މިނިވަން ފިކުރޭ އިކިޔާ ދެމީހަކައްވެސް ބަޔަކު ހެދި އެއްޗެއް ނޭންގޭ! އިނގޭކަމަށް ބުނާ މީހަކުވެސް ވާހަކައެއް ނުދައްކާ! މީ ހަމަ ބޭރުގެ ބަޔަކު ވަދެގެން ކޮއްފަހުރި ކަންކަން! އެކަންކަން ވައިގަ ހިފާވަރު ބޮޑުވާނެ! އެކަމު އެހެން މީހަކު ގެއްލުނަސް އެވާހަކަ އެއް ނުދައްކާނެ! ޝިމާ ގެއްލިގެންވެސް އެކަން ކަމަކަށްވި ޖަމާޢަތެއް ނެތް! ހޯދާކަށް ވެސް ނޫޅޭ! ކޮމިޝަނެތްވެސް ނުހަދާ! މިރާއްޖޭގައި ތިޔަ ދެމީހުން ނޫން ކިތަންމެ ބަޔަކު ގެއްލި، މަރައި އަދި ކޮށާވެސް ހަދައިފި! ތިޔަ ދެމީހެއްގެ ވާހަކަ ދައްކަނީ ވަކި ބޭނުމެއްގަ! ތިޔަކަން ކުރިބަޔަކު!

  9. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އިންސާފު އޮތީ މަގަމައްޗަށް ގެއްލިފަތަ؟ އެހޯދަން މަގުތަކަށް ތި ނުކުންނަނީ؟ ބަލަ މިވެރިކަމަށް ގެންނަން އުޅުނުމީހުން ތި ދެމީހުން ހަތިޔާރަކަށް ނަގައިގެން ތި ދެއާއިލާ ލައްވާ ލައްކަ ޑްރާމާ ކުޅުވިއެއްނު؟ ދެން ކީއްކުރަން މަގުމަށްޗަށް ނިކުންނަނީ؟ އިހުލާސްތެރި ސަރުކާރުގަ މަގުތަކަށް ނުނިކުމެ ކަންކަން މުނިމޭތަ؟

  10. ޝަހީދު

    އަހުރެމެން އަޑުއެހީމު އިބޫ ބުނާއަޑު ވެރިކަމާ ޙަވާލުވާތާ އެއްދުވަހުގެތެރޭގައި ރިޟުވާނު ވީތަނެއް ބުނާނޭކަމަށް. ވީމާ އޭނަޔަށް އެގޭތީ އެހެން އެ ބުނީ! އެހެންވެ މަގުމަތި ހަލަބޮލިކުރުމުގެބަދަލުގައި މުލިޔާގެ ހަލަބޮލުކުރުން މާ ރަގަޅުވާނެ!