ޒަމާނީ ވަސީލަތްތަކުގެ އަލީގައި ފަރުވާ ލިބެން ހުރި ކަންކަމަށް ހިޖާމާ ޖެހުން ރަނގަޅު ނޫން ކަމަށް ޑރ.އަބްދުﷲ ނިޔާފް ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ޑޮކްޓަރު ނިޔާފް މިހެން ވިދާޅުވީ ހިޖާމާ ޖެހުމަށް ވަކި އުމުރެއް ނޯންކަމަށް ބުނެ މީހަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓަކަށް ޓްވިޓާގައި ޚިޔާލުފާޅުކުރައްވަމުންނެވެ.

ޑރ.ނިޔާފް ވިދާޅުވީ އެއްވެސް ބައްޔަކަށް ހިޖާމާ ޖެހުމަށް ޑޮކްޓަރެއްގެ ހައިސިއްޔަތުން އޭނާ އިރުޝާދު ނުދެއްވާނެ ކަމަށެވެ.

މީގެ ކުރިންވެސް ބަލިތައް ރަނގަޅުކޮށްފައިވާ ޒަމާނީ ވަސީލަތް ތަކުން ފަރުވާ ލިބެން ހުރި ކަންތައް ދޫކޮށް، ހިޖާމާ ރަނގަޅު ކަމަށް ނިންމޭނެ އެއްވެސް ސައިޓިފިކް ހެއްކެތް އޭނާ އަށް އެނގިވަޑައިގެންފައި ނެތް ކަމަށް ވެސް ޑރ.ނިޔާފް ވިދާޅުވިއެވެ.

ހިޖާމާ ޖެހުމުން ފައިދާއެއް ނުވަތަ ބައްޔެއްގެ ފަރުވާއެއް ލިބޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ޑރ.އަބްދުﷲ ނިޔާފް ވިދާޅުވި ނަމަވެސް އެއީ ސުންނަތުން ސާބިތު، ބޭސްވެރިކަމުގެގޮތުން މިހާރުގެ ޑޮކްޓަރުންވެސް އެއްބަސްވާ ފަރުވާއެކެވެ. ބައެއް ޑޮކްޓަރުން ވެސް ހިޖާމާ ޖެހުމަށް ލަފާވެސް ދެއްވައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. إِنَّ أَفْضَلَ مَا تَدَاوَيْتُمْ بِهِ الْحِجَامَةُ أَوْ هُوَ مِنْ أَمْثَلِ دَوَائِكُمْ(1) "ތިޔަބައިމީހުންގެ ފަރުވާތަކުގެ ތެރެއިން އެންމެމޮޅު ފަރުވާއެއްކަން ކަށަވަރީ ޙިޖާމާ(ކަވާ) ޖެހުމެވެ. ނުވަތަ އެއީ ތިޔަބައިމީހުންގެ ބޭސްތަކުގެ ތެރެއިން އެންމެމޮޅު ބޭހެވެ."

އެހެންކަމުން އިސްރާއާއި މިޢުރާޖުގެ ދުވަހު މަލާއިކަތްބޭކަލުންވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޙިޖާމާޖެއްސެވުމަށް އިރުޝާދުދެއްވުމަށްފަހު، މިއުއްމަތަށް ހިޖާމާޖެހުމަށް އަމުރުކުރުމަށް އިރުޝާދުދެއްވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. مَا مَرَرْتُ لَيْلَةَ أُسْرِيَ بِيْ بِمَلَأٍ مِنَ الْمَلَائِكَةِ إِلَّا كُلُّهُمْ يَقُوْلُ لِيْ : عَلَيْكَ يَا مُحَمَّدُ بِالْحِجَامَةِ(2) "ތިމަންކަލޭގެފާނާއިގެން އިސްރާ ކުރެވުނުރޭ، “އޭ މުޙައްމަދެވެ. ހިޖާމާޖައްސަވާށެވެ." މިހެންވިދާޅުނުވާ މަލާއިކަތްބޭކަލެއް ތިމަންކަލޭގެފާނާއި ބައްދަލެއްނުވެއެވެ." އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. مَا مَرَرْتُ لَيْلَةَ أُسْرِيَ بِيْ بِمَلَأٍ مِنَ الْمَلَائِكَةِ إِلَّا قَالُوا : يَا مُحَمَّدُ مُرْ أُمَّتَكَ بِالْحِجَامَةِ (3) "ތިމަންކަލޭގެފާނާއިގެން އިސްރާ ކުރެވުނުރޭ، "އޭ މުޙައްމަދެވެ. ކަލޭގެފާނުގެ އުއްމަތަށް ޙިޖާމާޖެހުމަށް އަމުރުކުރާށެވެ." މިހެންވިދާޅުނުވާ މަލާއިކަތްބޭކަލެއް ތިމަންކަލޭގެފާނާއި ބައްދަލެއްނުވެއެވެ."

އާދެ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަވަނީ ޙިޖާމާޖައްސަވާފައެވެ. عَنْ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا : أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ احْتَجَمَ وَهُوَ مُحْرِمٌ وَاحْتَجَمَ وَهُوَ صَائِمٌ (4) "އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުންރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އިޙުރާމްބަންނަވައިގެން ހުންނަވައި ޙިޖާމާޖެއްސެވިއެވެ. އަދި ރޯދައަށް ހުންނަވައިގެން ޙިޖާމާޖެއްސެވިއެވެ." އަދި އެކަލޭގެފާނުވަނީ އުއްމަތަށް ޙިޖާމާޖެހުމަށް އިރުޝާދުދެއްވާފައެވެ. وَ مَا اشْتَكَى أَحَدٌ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَجَعًا فِيْ رَأْسِهِ إِلَّا قَالَ : احْتَجِمْ(5) "ބޮލުގައިރިއްސާތީ ޝަކުވާކުރާ ކޮންމެމީހަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައެވެ. ޙިޖާމާޖަހާށެވެ."

ވަރަށް ގިނަ ދިވެހިން ވެސް މިހާރަކަށް އައިސް ހިޖާމާ ޖަހައެވެ.

ކިޔުންތެރިންގެ ހިޔާލު

57 ކޮމެންޓް

 1. ......

  ރަސޫލުﷲގެ ހަދީޘް ހެއްކަކަށް ނުފުދެނީ ބާ؟

  200
  7
 2. ޢަލިނަސީރު

  ދީން ގަބޫލު ނުކުރާ ބަޔަކު ޙިޖާމާ ޖެހުން ގަބޫލު ކުރާނެތަ؟؟

  119
  9
 3. އަލީ

  މިހާރު ހުރިހާ އެންމެން ވެސް ހަމަ ލާދީނީ ދޯ

  106
  5
 4. ޖަމަލުއްޒަމާން

  މިމީހުނަށް ކަމުދާނީ ޔޫރަޕުގެ 'ވިޔަފާރި ވެކުސިން ޖެހުން' ކަންނޭނގެ ؟

  158
  12
 5. ބވޗ

  ރަސޫލާގެ ސުންނަތަށް ވެސް ގޮންޖަހަނީތަ؟

  134
  5
 6. ޙަސަން

  އެހެން ވިއްޔާ އހަރެމެންގެ ރަސޫލާ ގެ ޙަދީސް ބަސްފުޅާ ބެހޭގޮތުން ތިޔަ ޑޮކްޓަރު ގެ ބަހަކީ ކޮބާ. =ޙަސަން=

  122
  3
 7. ފެތުންތެރިޔާ

  ޢެހެންވިއްޔާ މައިކަލް ފެލްޕް މެން ހިޖާމާ ޖަހަނީ ދެއްކެން ދޯ.

  71
  2
 8. އިޓްސް އޯލް އެބައުޓް ބިޒްނަސް

  މިއީ އުރީދޫގެ މާކެޓިންގ ސްޓާފެއް ގާތުގައި ދިރާގުގެ ޕުރޮމޯޝަނަކާ ބެހޭ ގޮތުން ސުވާލުކުރުން ފަދަ ކަމެއް. ޑޮކްޓަރުން ބޭނުންވާނެތަ އެމީހުންގެ މަސައްކަތަށް މަޑުޖެހުމެއް އަންނަކަހަލަ ކަމަކަށް ހިތްވަރުދޭން. ބިޒްނަސް ބްރަދާރ ބިޒްނަސް.
  ނަމަވެސް އެނގޭ ހާލުގައި ގުރުއާނާއި ސުންނަތުން ސާބިތުވާ ކަމަކަށް މުސްލިމަކު ދެކޮޅުހެދުމަކީ އޭނާގެ އީމާންކަން އަލުން މުރާޖައާ ކުރަންޖެހޭ ވަރުގެ ހިތާމަވެރި ކަމެއް.

  158
  3
 9. ޓޮޓީ

  ޢަނެއްކާ ނިޔާފް ގަބޫލުކުރޭތޯ މިއުއްމަތައް ރަސޫލެއް ފޮނުއްވުނުކަމައް

  118
  5
 10. ވެކްސިން

  ތިހުރީ ކިޔެވިފަ. ނިޔާފު ވ މޮޅޭ ކިޔާތީ ދިޔައިން ދަރިފުޅު ގޮވައިގެން. ވީކަމެއް ހަރާން. ރޫމް ގަ 20މިނެޓްވި. މޮޅު ކަމަކަށް ފެނުނީ އެތަނުން 18 މިނެޓް ފޯން ކޯލް ގައާއި ޗެޓް ކުރަން ހުރިކަން. ނަމުން މަޝްއޫރީ. ގައިގަ ކަށިގަޑު ވެސް ޖައްސާނުލާ.

  118
  4
 11. ބަބުރު

  ޑޮކްޓަރުންގެ ގާތަށް ބައެއް ބަލިމީހުން މީހުން ދިޔައިމަ ބަލާފަ އެބަބުނޭ ތިއީ ސީދާ މިވެނި ބައްޔެކޭ ބުނާކަށް ނޭނގެއޭ، އެކަމަކު އެވެނި މިވެނި ބައްޔަކަށް ޝައްކު ކުރެވޭ ކަހަލަ އަލާމާތްތަކެއް އެބަހުއްޓޭ، އެހެން ކިޔާފަ ދޭބޭހަކުން މާ ބޮޑަށް ބަލި އިތުރުވެފަ ވެސް އެބަހުރި. ޙިޖާމާ ޖަހައިގެން އެއްވެސް ބަލިމީހަކަށް މިކަހަލަ ކަމެއް ދިމާވެފަ އެބަހުރިތަ؟

  107
  2
 12. ޞަބީ

  ޙަކީމީ ބޭހަކީ ބޭކާރު އެއްޗެކޭ މިމީހުން ބުނާނެ އެކަމަކު އެއީ ވަރަށް ބޮޑު ދޮގެއް

  79
  1
 13. އެދުވަސް

  ޑރ ނިޔާފުއަށް ވެދުންސަލާމަށް ފަހު ދަންނަވަމެވެ.
  ތިޔަ ޑޮކްޓަރއަށް ހުރިހާ ބައްޔަކަށް ޝިފާ ދެވޭ ހެއްޔެވެ، ހަމަ ލަފާ ކޮއްފައި ނުވަތަ އެކްސްޕީރިއަންސަށް ނުވަތަ ލިބިފައި ހުރި މައުލޫމާތަށް ބަލާފަ ބޭސް ދެނީ ނޫންހެއްޔެވެ.
  ޝިފާ ދެއްވާ ފަރާތަކީ ﷲ ސުބުހާނަހޫ ވަތައާލާ ކަން ކަށަވަރެވެ.

  ސުންނަތަކީ ތިބާއަށް ލޮލަށް ނުފެންނަ އެއްޗެއް ކަމަށް ދެކި ސައިންސް ގެ އަލީގައި ނެތް އެއްޗެއްކަމަށް ދެކި އެކަމާ ވާހަކަ ދެއްކުމަކީ ޖާހިލުކަމެވެ.

  ތިރީގައިވާ އާޔަތާމެދު ވިސްނާލައްވާ

  އާދެ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަވަނީ ޙިޖާމާޖައްސަވާފައެވެ. عَنْ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا : أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ احْتَجَمَ وَهُوَ مُحْرِمٌ وَاحْتَجَمَ وَهُوَ صَائِمٌ (4) "އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުންރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އިޙުރާމްބަންނަވައިގެން ހުންނަވައި ޙިޖާމާޖެއްސެވިއެވެ. އަދި ރޯދައަށް ހުންނަވައިގެން ޙިޖާމާޖެއްސެވިއެވެ." އަދި އެކަލޭގެފާނުވަނީ އުއްމަތަށް ޙިޖާމާޖެހުމަށް އިރުޝާދުދެއްވާފައެވެ. وَ مَا اشْتَكَى أَحَدٌ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَجَعًا فِيْ رَأْسِهِ إِلَّا قَالَ : احْتَجِمْ(5) "ބޮލުގައިރިއްސާތީ ޝަކުވާކުރާ ކޮންމެމީހަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައެވެ. ޙިޖާމާޖަހާށެވެ."

  97
  2
 14. އަޙްމަދު

  ވަކިވަރަކަށް ކިޔެވުނީމަ ވާގޮތެއްހެން ހީވަނީ...
  އެކަމަކު މުސްލިމެއްގެ ޝަރުތު ފުރިހަމަވޭތޯ ސުވާލުއުފެދޭވަރުވޭ !
  ކީރިތި ޤުރުއާނާ ރަސޫލާގެ ސުންނަތުން ސާބިތުވާކަމަކަށް ކިހިނެތް ގޮންޖެހޭނީ... ނިޔާފަށްވެސް ކިޔެވިފައިތިޔަހުރީ އަދި ކުޑަ މިންވަރެއް ކަމުގައި ދެކެން. ހީވަނީ މަލްޓިޕްލިކޭޝަން ޓޭބަލް ދަސްނުކޮށް މެތެމެޓީޝިއަނަކަށް ވެވިފަ ހުރިހެން.
  ވ.ސަލާމް

  76
  3
 15. ރަނގަޅު ވާހަކަ

  މީގެ އެންމެ ރަނގަޅު ގޮތަކީ ފުރަތަމަ ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ފަރުވާކުރުން. ގިނަ ބަލިތައް ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ބަލި ފަސޭހަ ކުރެވިދާނެ. ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބަލި ފަސޭހެ ނުވެެއްޖެ ނަމަ ޒަމާނީ ވަސީލަތްތަކާ އެކު ހިޖާމާ ޖަހަންވީ. ޒަމާނީ ވަސީލަތްތައް މަސައްކަތެއް ނުުކުރެއޭ ކިޔާފަ އެއްމަސް ނުވަނީސް ޒަމާނީ ވަސީލަތްތައް ބޭނުން ކުރުން ހުއްޓާލުމަކީ ހެދޭ ގޯހެއް. ހާއްސަކޮށް ޓީބީ ފަދަ ފެތުރިގެންދާ ފަދަ ބަލިތައް. ހަމައެކަނި ހިޖާމާ ޖަހައިގެން ހުރިހާ ބައްޔެއް ރަނގަޅުވާނަމަ އުމަރު(ރ.އ) ގެފާނު ޝާމްކަރައިގައި ބަލިމަޑުކަމެއް ފެތުރިފައި ވަނިކޮށް ޝާމްކަރައަށް ގޮސް ހިޖާމާ ޖެހުމަށް ގޮވާލާ އެބަލިމަޑުކަން ރަނގަޅު ކުރީސް (SAHIH BUKHARI HADITH NO. 5729).
  އެޒަމާނުގެ މީހުންނަށްވެސް އެނގޭ ހިޖާމާޖަހައިގެން ހުރިހާ ބައްޔެއް ރަނގަޅު ނުކުރެވޭނެ ކަން. ނޭނގިގެން މިއުޅެނީ މިޒަމާނުގެ މީހުންނަށް. މިޒަމާނުގެ ކިޔަވަން ނޫޅޭ ޖާހިލުން ދެކޭގޮތުގައި ޒަމާނީ ބޭހާއި ވަސީލަތްތަކަކީ ބޭނުން ކުރުމަށް ރަނގަޅު ނޫން އެއްޗެހި. އަދި އެމީހުން ދެކޭގޮތުގައި ހަމައެކަނި ދުޢާ ކޮށްގެންނާއި ހިޖާމާ ޖަހައިގެން ހުރިހާ ބައްޔެއް ރަނގަޅުވާނެޔޭ. އެކަމަކު އިސްލާމްދީން އަންގަވަނީ ބަލިތައް ރަނގަޅުވާނީ ދުޢާކޮށްގެންނާއި އިލްމު އުގެނިގެން އެބަލިތަކާއި ގުޅޭ ފަރުވާ ހޯދައި އެފަރުވާ ކޮށްގެން.

  41
  34
 16. ފާޠިމާ

  އަޖައިބު ހީވޭ!
  ރަސޫލާ އަށް ގޮންޖަހަނީތަ ނިޔާފް؟

  75
  5
 17. ސަމީލް

  އަހަރުމެން ނަކަަށް ތި ޑަކުޓަރީ ބޭހަކުން ފައިދާވާ ކަމަށްވެސް ގަބޫލުނުކުރަން ފައިދާޔަށް ވުރެން ސައިޑް އިފެކްޓްސް ގިނަ ތިބޭސްތަކުގަ

  77
  4
 18. Anonymous

  ތިއީިތަންދޮރު ނުދަންނަށް ޑަކްޓަރުން...

  66
  2
 19. ރައްޔިތުން

  ރަސޫލާއަކީ ސީދާ ﷲ ގެ ވަޙީއާއި އެއްގޮތަށް އެންމެހާ ކަންކަން ފެތުރެއްވި މާތް ސާހިބާ ކަމުން ތިޔަ ހުރިހާ ޑޮކްޓަރުންނަށްވުރެ އެ ހުރިހާ ކަމަކުން އަރައި ހުންނެވި އެންމެ ޙައްޤުގޮތް ޢަމަލުން ދައްކަވައި ދެއްވި މާތް ސާހިބާއެވެ.
  އެއްވެސް މީހަކަށް ރަސޫލާގެ ޞައްޙަ ޙަދީޘެއް ދޮގު ކުރުމުގެ ބާރެއް ނެތް- ޙަދީޘް ތަކާއި ދެކޮޅު ވެރި ވުމަކީ އަމުދުން މުސްލިމު ޤައުމެއްގެ އެމީހެއްގެ މައްޗަށް ފޮވަޅު އަޅަން ޖެހޭނެ ކަމެއް.

  71
  3
 20. ހުސޭނޫ

  ދިވެހި ބޭސް ވެސް ކަމަކުނުދާނޭ ނުބުނާނަންތަ؟އެކަމަކު ދިވެހި ހަކީމީ ބޭސްކޮށްގެން ތިޔަ ބުނާ މޮޅު ޑޮކްޓަރުންނަށް ރަނގަޅު ނުކުރެވުނު ކިތަންމެ ބަލި ތަކެއް ދިވެހި ރުއްގަލު ބޭހުންވެސް ވެފަ އެބަހުރި.ބަލިމީހާއަށްތާ އިނގޭނީ ބަލި ފަސޭހަވީމާދޯ؟ބަލި މީހުން އެބުނަނީ ހިޖާމާ އިން ވެސް ފަރުވާ ލިބެޔޭ .ދެން އެކަމާ ދެކޮޅުހެދުމުގެ ބޭނުމަކީ ކޮބާ؟ތިޔައީ ފަންނީ މީހުން ދައްކާޒާތުގެ ވާހަކައެއްނުން.ވަރަށް ޢިހްތިރާމުއާއެކު

  61
  1
 21. އަލި އަހުމަދު

  ޑރ ނިޔާފު ކަހަލަ ދީނީ ކަންކަމަށް ގޮންޖަހާ ، ލާދާނީ މީހެއް ކައިރިއަށް ހޮޔޮނުވާނެ ދަރިން ގެންދަން އެއީ މުސްލިމަކަށްހުރެ އެ ވިސްނުން ގެންގުޅޭތީ ، ދެން މަގޭ ދަރި ކަލޭ ކަިއރިއަށް ގެންދިއުން ނިމުނީ އަދި މަގޭ އާއިލާ އަދި ބަސްވިކޭ މީހެއްވެސް ކަލޭ ކައިރިއަށް ދިޔަނުދޭނަން ވަރަށް ސަލަާމް

  20
  2
 22. ވާނުވާ

  ބަޔަކު ކުފުރު ބަސް ފާޅުގައި ތަކުރާރުކޮށް ބުނަމުންދާއިރު އިސްލާމިކް މިނިސްޓްރީ ކޮބާ

  49
  3
 23. ބަކުރު

  މަވާ ސަލާމް ދެން މީނަ އަށް......

  43
  2
 24. ޓެކުސީ

  މި ދޮގުޓަރު ނިޔާފުވެސް ލާދީނީމެޖޯރިޓީ އަށް ތަބާވެ ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމްގެ ހަދީސްފުޅުވެސް ދޮގަކަށް ހަދައިފި މިކަލޭގެ ތައުބާވުމަށް ނަސޭހަތްތެރިވަން.

  48
  2
 25. ހޭކުޑަ އަލީ

  ތި ޑޮކްޓަރަށް ދެއްކުން ނިމުނީ

  52
  2
 26. އަހުން

  މިކަލޭގެ ހައްޔަރުކުރުމަށް ގޮވާލަން ރަސޫލާގެ ހަދީސުންސާބިތުވާ ކަމެއް ހިޖާމާޖެހުމަކީ އެކަމަކު ނިޔާފު މިކަމަށް އިންކާރުކޮށްފި މިކަލޭގެ ތައުބާވުމަށް ގޮވާލަން.

  52
  2
 27. Anonymous

  ކުފުރު ވީ؟

  8
  1
 28. ހަބީ

  ކަލޭމެން ދާންވީނު ސުންނަތައް އުޅެން އަފްގާނިސްތާނަށް؟

  4
  21
 29. ޢަލީ

  ކިހާ ވަރެއްގެ މީހެއްކަން އިންގިއްޖެތާ މިހާރު.

  13
  1
 30. އަހްމަދް

  ޑޮކްޓަރު ނިޔާފަކީ އުނގާނާ ދޭން ޖެހިފައިވާ ޖާހިލެކެވެ!
  ދެތިންވައްތަރެއްގެ ބޭހުގެ ނަން އެނގިފައި ދެތިން އޮޕަރޭޝަނެއް ކޮއލެވޭއިރަ މި މެޑިސިން ގަމާރުން ތަކަށް ހީވާކަހަލަ ލައްކައެކޭ!

  13
  1
 31. ޓެރޭ

  ދެން ޗައިނީސް ކަޕިންދޯ ފައިދާވަނީ ކަލޯ ތިޔަހެރީ އަނދިރިވެފަ.

  17
  2
 32. ނައިންޓީ

  މިޒަމާނުގެ ޑޮކްޓަރުންނަކީ ޑޮކްޓަރީވަރުވާ ނޫން އެހެން އެއްވެސް ފަރުވާއެއް ގަބޫލްކުރާ ބައެއް ނޫން. ދިވެހި ބޭސްވެރިކަމަކީވެސް ފަރުވާކުރެވޭ ކަމެއްނޫންކަމަށް ހަސަދަވެރި ގޮތަކުން ޑޮކްޓަރުން ވިސްނަނީ އެއާ ދެކޮޅަށް. ޙިޖާމާ ގެ ސިއްރުތައް ނޭންގުމަކީ އެކަން ދޮގުކުރަން ޖެހޭ ކަމެއްނޫން. އަހަރެން ގަބޫލެއް ނުކުރަން ހިޔާފަށް ވެސް އެއްޗެއް އެނގޭކަމަކަށް، ދެން މިހެން ބުނީމަ ނޫސްބަޔާނެއްދީ. ނިޔާފް ކިޔާބަލަ ހިޖާމާ

  12
 33. Anonymous

  މީނަ ކައިރިއަށް މަގޭ އާއިލާގެ އެއްވެސް މީހަކު ބޭސްކުރާކަށް ނުގެންދާނަން....

  11
 34. ދަރަޖައިން

  ޑޮކްޓަރުންވެސް ފަންޑިތަ ބޮނޑިބަތް ކޭމަ ވާނެ އެހެން. އިސްލާމް ދީނުގައި އައިސްފައިވާ ކަމެއް ނެތް ކަމެއްގެ ގޮތުގައި ބުނާއިރު ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީ. ޑޮކްޓަރު މޮޅަސް ވިސްނުމާ ފިކުރު ހަމަ ސުމެއް

  22
 35. އަހްމަދު

  ހިޖާމާ އެއްގެ ވާހަކަ ވަގުތުނޫހުން ވަރަށް ބާރަށް ފަތުރަމުން އިސްތިހާރުކުރަމުންދާއިރު އިސްލާމިކް މިނިސްޓަރ މިކަމާބެހޭގޮތުން އެއްޗެއް ވިދާޅު ނުވަނީ ކީއްވެތޯ؟ ކޮމިޓީތައް ކޮބައިތޯ؟ ސޭކުއިލްޔާސާއި އިޔާޒްކޮބައިތޯ؟

  15
  6
 36. ބަކުރު

  އަޅުގަނޑަކީ ހާނިޔާ އޮޕަރޭޝަން ކުރަން އައިޖީއެމް އެޗާއި އޭޑީކޭގެ ޑޮކްޓަރުން ރެކޮމެންޑު ކުރި މީހެއް. 4 ހަތަރު ފަހަރަށް ޙިޖާމަ ޖެހި ފަނުން މިހާރު މުޅިން ރަނގަޅު. ނިޔާފު އާދޭ ބަލަން ހުނަނާނެ ހުރިހާ ލިޔެކިޔުން ތަކެއް.

  22
  3
 37. ހުސޭނުބޭ

  ދެލޯކަނުންނަށް ބޯމަތީ ހުންނަ އިރު ސާބިތުނުވާއިރު ތެދުމަގުން އެއްކިބާވެފައިވާ ހިތަކަށް ރަސޫލާގެ ޙަދީސް ސާބިތުކޮށްދެވޭނީ ކިހިނެއްހެއްޔެވެ. މާއްދިވިޔަސް ތިއީ ފުކެއް ބޮޑު ވަރެކެވެ. ކިޔެވިކިޔެވީނުން ތިހުރީ ކާފަރުވެފައެވެ. ހިޖާމާ ޖަހައިގެން ފަރުވާ ލިބިގަތީ ކިތައް މިލިއަން މީހުންހެއްޔެވެ.

  15
  1
 38. ޢެންެފަހުން

  ޢެންމެފަހުން މިޖެހުނީ ނިޔާފްވެސް ހިޖާމާޖަހަން

  20
 39. ކަޓުނަގާ

  ބޮޑައްބުރަވެވެނީ ހަގީގަތުގަ މިއަދު ބޭސްފަރުވާ އަކީ ވަރަށް ފުޅާދާއިރާއެއްގަ ހިނގަމުންދާ ވިޔަފާރިއަކަށް ވާއިރު ފައިސާއާއި ދުނިޔޭގެ ދަހިވެތިކަމުގަ ބޮޑެތިގުރުބާނީތަކެއްވެ ޑޮކްޓަރކަން ކިޔަވާގެން އައިސް ހުރިމީހަކަށް މިފަދަ ޒަމާންވީގަދީމީ ކަމެއް ބަލައިގަނެ ހަޖަމްކުރުމަކީ ކުރވޭނެކަމަކަށް ނުވުމުގެ އިތުރުން ބަލިމީއަށް އަވަސްޝިފާއެއް ލިބިއްޖެނަމަ އެއްކަލަ ބޮޑުވިޔަފާރިގަނޑު ފްލޮޕްވެ ރައްޔިތުން ފެލުން ހުއްޓިދާނެތީ ބިރުގަންނަނީ. މިއީއަމިއްލަ ތަޖްރިބާ. ބޮޑުވާންއިނގިލީގެ ނިޔަފަތިކަން މަސްގަނޑުތެރެއަށް ވަދެ ތަދުވާތީ ޑޮކްޓަރްއަށް ދެއްކިން .ހަދަންދިން ޓެސްޓް ތަކުގަ ޔޫރިން އަދި ބލަޑް ޓެސްޓް ހިމެނޭ. ޓެސްޓްތައް ހެދިއިރު ނޯމަލް ދެންދިނީ ތަދުކަންޑުވަން ބޭހެއް. ނިަޔފަތީގެ ކަންކަނޑާލަދިން ނިމުނުއިރު އުރިހަކަމަކަށް 700 ރުފިޔާ ދައްކްންޖެހުނު. ތިޔަހިޖާމާ އަކީ ކިތަންމެ ސައްހަ ރަންގަޅު ފަރުވާއަކަށް ވިޔަސް މިފައިސާ ރައްޔިތު މީހާއަތުން ފެލާލެވޭނެ މަގުބަނދުވާގޮތްވީމަ ޒަމާނީވަސީލަތޭ ފަޅޮލޭ ކިޔާގެން ހުއްޖަތް ނުދެއްކުނު ނަމަ ވާނެގޮތްވިސްނާ!!

  12
  1
 40. ކަތީބު

  މުސްލިމުންނަށް ވުރެ ކުރިން ޗައިނާ މީހުން ކުރަންމުން އައި ކަމެއް. އެއީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫން.

  2
  21
 41. ބޭކާރު އަލީ

  ދެން ބައިޕާސް ނުހަދާ ހިޖާމާ ޖަހައިގެން ރަގަޅުކޮށްދީބަލަ މަގޭ ބައްޕަ. ކެންސަރުގެ ބަލި މީހުންވެސް ރަގަޅުކޮށްދީބަލަ. ދުނިޔޭގެ އެންމެން އޭރުން އުޅޭނީ ތިކަމާ. އެހެން ބޭހެއް ބޭނުމެއް ނުކުރާނެ.

  3
  20
 42. އަބްދުއްލާ

  ތިކަލޭގެއަށް ހިޖާމާ އަކީ ކޯއްޗެއް ކަން އިބްރަތަކަށް ވާވަރުގެ ދަާރެހެ ދެއްވަވާށި.

  10
  1
 43. ބުރޯ

  އެކަމެއްގަ ހުރި ފއިދާ ނޭގި އެކަން ފައިދާހުރިހަމެއްނޫނެ ބުނުން ރަނގަލެއްނޫން. ދިވެހި ގައުމަށް ޑޮކްޓަރީ ފަރުވާ ނާންނަ އިރުވެސް ތިޔަ ފަރުވާކުރާ ދިވެހިން ރާއްޖޭގެ އުޅޭ ކަވާ ޖެހުމޭ ދެކުނުގެ ހިސާބު މީހުން ކިޔަނީ ވެސް ހަމަ މިޔަށް.

  8
  1
 44. ރާޅު ބޯއީ

  ރޯނު އެދުރުންނޭ ކިޔެނީ މިހެންވެގެން. މި މީހުންނަށް ކިޔެވިގެން މިއުޅެނީ ޔޫރަޕްގެ ލާދީނީ ފިކުރު. މި މީހުންނަށް އެނގޭނީ ކުޑަ ކުއްޖަކު ރޯގާ ޖެހި ހުންއަސިސްގެން ދިޔައީމާ ޕެނަޑޯލް ދޭން. ހޮޑުލެވި ބޭރަށް ހިންގަންޔާ އެމްސެޓް އަދި އޯއާރުއެސް. މިއީ ފެންވަރަކީ. ދެން ކޮން ދީނީ ކަމެއް ހުންނާނީ. ހިޖާމާ ކަންތަކުގައި ލާދީނީ ސަރުކާރު ހިމާޔަތް ކުރަން އުޅުން ނޫން ކަމެއް ނެތް.

  9
  1
 45. ނޭނގޭ

  ނިޔާފު ބުނަންތަ ވާހަކައެއް. ނިޔާފަށް ނޭނގުމަކީ އެކަމަކުން ފައިދާއެއްނުވާނެކަމެކޭ ނުބުނެވޭނެ. އެހެންމީހުންވެސް އެދައްކަނީ ވާހަކަ ހަދައިގެނެއްނޫން. އެކަމާގުޅޭ ޙަދީޘްތައްވެސް އެބަހުރި. އެކަމަކު އެކަންވެސް ކުރެވޭނީ އެކަން ކުރަންވެސް ދަސްކޮށްގެން. ތިގޮތަކަށްނޫން ވާހަކަ ދައްކަންވާނީކީ. ނިޔާފަށް ނޭނގޭ ކިތަންމެކަމެއް ހުންނާނެ. ތިކަހަލަ ކަންކަމުން އަގުވެއްޓުންނޫން ކަމެއް ނުވާނެ.

  4
  1
 46. ބޮންދު

  ނިޔާފް ކުޑަ ހިޖާމާ ޖަހަން ބޭނުން ތިބޭ، މިހަރު ކުޑަ މޫނު ދުލަ ވައްތަރު ހުންނަނީނު. ހިޖާމާ ޖަގަނީމަ މިކަން ރަނގަޅުވަނީނު ގެރެންޓީ.

  4
  1
 47. ހަޖޫ

  ޑރ އަކަށް ވުމަކުން ހުރިހާ އެއްޗެއް ނޭނގޭނެ. ޑރ ން ތިކުރާ މަސައްކަތަށްވެސް ޝިފާ ދެއްވަނީ އެއްކައުވަންތް ﷲ. އެހެން ނޫންނަމަ އެއްވެސް މީހަކަށް ރަނގަޅެއް ނުވާނެ. ހިޖާމާ އިން ﷲ ޝިފާ ދެއްވާނެކަން އެންގެވީ މި އުއްމަތުގެ މާތް ނަބިއްޔާ. ނިޔާފް އަދި އަޅުގަނޑު ފަދަ އާދައިގެ އިންސާނެއް ނޫން. ބުއްދީގެ ބޭނުން ކުރައްވާ އިޞްލާޙް ވެލައްވާ! ނޭނގޭ ވާހަކަ ނުދައްކަވާ!

  5
  1
 48. ރޯނު

  މާ އިނގޭ ހޭބަލިވެގެން ސުންނަތުން ސާބިތު ކަންކަމައް ދެކޮޅުހަދަނީ

  5
  1
 49. ދިވެއްސެއް

  ޑރ.ނިޔާފް ނޫނީ ޑޮކްޓަރީ ނިޔާފް ބުންޔަސް ރަސޫލާގެ ހަދީސް އަށް ގޮން ޖަހަނީތަ ؟ ޙުރި ނުބައިކަމެއްގެ ބޮޑު ކަމާ !!! ޢިސްލާހުވެ އިސްލާމީ ބޭސްވެރިކަން ދަސްކުރަން ފެނޭ

  5
  1
 50. ށަމަރޭ

  ތީ މަ އިނގިރޭ ޑޮކްޓަރެއް. އިންފުލުއެންޒާ ވެކްސިންވެސް އެއް އަހަރު ނުވަނީސް ޖެހޭނެ ކަމަށް ބުނީ ކިހިނެތް ކަމެއް ނޭނގޭ. ބެންގކޮކް ކަހަލަ މެޑިކަލްގެ ރޮނގުން ކުރިއަރާފައިވާ ގައުމުތަކުން އެެއް އަހަރު ނުވަނީސް އިންފްލުއެންޒާ ވެކްސިން ޖެހިޔަކަ ނުދޭ. މީނަ ބުނާގޮތުން މިދިޔަ އަހަރު ޑިސެންބަރު މަހު ޖަޙާފަ މި އަހަރު ޖެނުއަރީމަހު އަޕްޑޭޓަޑް ވެކްސިން އަނެއްކާވީ ޖަހަން. ވަޓްއަ ޖޯކް

 51. ކޮރަލް

  ހިޖާމާ ޖަހާ މީހުން ޑޮްކްޓަރީ ބޭސް ނުކުރާށޭ ނުބުނެއެވެ. އެކަމު މުސލްިމް ނަމެއް ކިޔާ ޑޮކްޓަރަކު ހިޖާމާ ޖެހުމުން ފައިދާ ނުވާކަމަށް ބުނުމަކީ ހިތާމަ ހުރި ކަމެކެވެ. ހިޖާމާ ޖެހުމަށް އިރްޝާދު ދެއްވީ ނަބިއްޔާ އެވެ. ދެން މުސްލިމަކަށް އިތުރު ހެއްކެއް ބޭނުމެއް ނުވެއެވެ. އޮތީ އަހާފަ ގަބޫލު ކުރުމެވެ.

 52. ފުދޭނެއެވެ

  ރަސޫލާﷲ (ޞ) ގެ ބަސްފުޅު ޤަބޫލުނުކުރާމީހަކީ ﷲށް އީމާންވީ މީހެއްކަމުގައި ނުވޭ. ޑޮކްޓަރީ ފަރުވާ އިން ރގަޅުނުވާ ކިތަންމެއް ބައްޔެއްގެ ޝިފާ ރަސޫލުﷲ )ޞ) ބަޔާންކޮށްދެއްވާފައެވެ. ތިމާއަށް އެކަމުގެ ފަރުވާ ނޭނގުމަކީ ބަސްފުޅު ބޮލާލާ ޖަހަން ޖެހޭ ކަމެއް ނޫނެވެ. އެއްވެސް އިންސާނަކަށް ހުރިހާ ޢިލްމެއް ނޭނގޭނެ.

  via @QuranAndroidوَيَسۡـَٔلُونَكَ عَنِ ٱلرُّوحِۖ قُلِ ٱلرُّوحُ مِنۡ أَمۡرِ رَبِّي وَمَآ أُوتِيتُم مِّنَ ٱلۡعِلۡمِ إِلَّا قَلِيلٗا

  (Office of the President of Maldives)
  ފުރާނައިގެ ވާހަކައިން އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފުރާނައަކީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމުގެ ތެރެއިންވާ އެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) علم ގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ.

  -Sura Al-Isra', Ayah 85

 53. ރައްޔިތުން

  ޑޮކްޓަރުންނަށް އެގިގެން ނުވާ ކަންތައް މޮޅަށް ދެނެވޮޑިގެން ފަރާތް، ﷲގެ ވަހީއާއި އެއްގޮތަށް ބަސްފުޅު ވިދާޅުވާ މާތް ސާހިބާ މުޙައްމަދުގެ ފާނުގެ އަރިއަހުން ދަސްވެގެން އައި ކަމެއް ހިޖާމާ ޖެހުމަކީ، މިއަށް ފާޑުކިޔޭނެ ޑޮކްޓަރެއް ނުހުންނާނެ.

 54. ވައްބެ

  ނިޔާފް ބުނެފަ އިނީ މެޑިކަލް ޑޮކްޓަރެއްގެ ޙައިސިއްޔަތުން އެކަން އެއީ ރަނގަޅުކަމެކޭ ނުބުނެވޭނެ ވާހަކަ. ޙިޖާމާއިން ފައިދާވެޔޭވެސް ނުވެޔޭވެސް ނުބުނެ

 55. ެޮއިސްމާލް

  ނިޔާފް، ދެން އަމިއްލަ އަށް އަގުވެއްޓެންވެގެން ތިކަހަލަ ކޮމެންޓް ތިޔަކުރަނީ...

 56. ހިޖާމާ

  ހިޖާމާ ޖެހުމުގެ ފައިދާ ކީރިތި ރަސޫލާ ސއވ ބަޔާން ކުރައްވާފައިވާ އިރުވެސް މިހެން ބުނެވޭ ހަމައެކަނި ސަބަބަކީ. ޑޮކްޓަރުންގެ އިތުބާރު ކުޑަވެ ހިޖާމާ އައް ބޮޑަށް މީހުން ބަރޯސާ ވެދާނެތީ، އަދި އެއީ ލިބޭ ލާރިކޮޅަށް ބުރޫ އަރާތީ!! ވަރަށް ސާފު މިކަން!!

 57. ދަރީ

  އިނގިރޭސި ބަސް ދަންނަ މީހަކު ލައްވާ އާޓިކަލް ލިޔަންވެއްޖެއެއްނު. ފައިދާ ވެޔެކޭވެސް ނުވެޔެކޭވެސް ބުނެފަކާ ނެތް