އަވައްޓެރި ސްރީލަންކާގެ ގިނަ ސަރަހައްދު ތަކަކަށް މިއަދު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، ކުއްލި ސިހުމެއް ލިބިފައިވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަންކާގެ ގިނަ ސަރަހައްދު ތަކަކަށް މިއަދު ބޮމުގެ ހަމަލާތަކާއި ގުޅިގެން ސިހުމެއް ލިބިފައިވާ ކަމަށާއި ހަމަލާތަކުގައި އަސަރު ކުރި ފަރާތްތަކާއި އެކު އެމަނިކުފާނުގެ ހެޔޮދުއާ ވާކަށެވެ.

"ލަންކާ އަށް ހަމަލާދިން ބަޔަކަށް އެންމެންގެ ދެކޮޅުވެރިކަމާއި ކުއްވެރިކުރުން އަމާޒުވާން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

މިއަދު ހެނދުނު ކޮޅުނބުގެ ބައެއް ފައްޅިތަކަށާއި ހޮޓާތަކަކަށް ދިން ބޮމުގެ ހަމަލާތަކެއްގައި 160 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ. ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ. ހަމަލާތަކުގައި ހަސަތޭކައަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ލަންކާގެ މީޑިއާތަކުންވަނީ ބުނެފައެވެ.

ކޮލަމްބޯއިން ހަމަލާ ދީފައި ވަނީ ކޮޗިކަޑެ ޗާޗާއި، ކަތުވަޕިޓިޔާ ޗާޗާއި، ޝަންގްރިއްލާ ހޮޓަލާއި، ސިނަމަން ގްރާންޑް ހޮޓަލާއި، ކިންގްސް ބަރީ ހޮޓަލަށެވެ.

އެންމެ ވަރުގަދަ ހަމަލާ ދީފައި ވަނީ ބަޓިކަލޯގައި ހުންނަ ޗާޗަކަށެވެ. އެޗާޗުން އެކަނި ވެސް 300 އަށް ވުރެ ގިނަ މީހުން ޒަހަމްވި ކަމަށް މައުލޫމާތު ލިބެއެވެ.

ލަންކާގެ ދާހިލީ ހަނގުރާމަ ކުރިއަށް ދިޔައިރު ވެސް ލަންކާގެ ވެރިރަށް ކޮލަމްބޯގައި މިފަދަ ނުރައްކާތެރި ހަމަލާއެއް ދީފައެއް ނުވާއިރު ލަންކާގެ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ލަންކާގެ މަގުތަކުގައި މިހާރު ސިފައިން ވެސް ދަނީ ހަރަކާތްތެރިވަމުނެވެ. އެއްވެސް މީހަކު ކޮންމެހެން ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނުނިކުތުމަށް ލަންކާގެ ފުލުހުން އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޙސހސހ

  މިކަމުގެ އަޑީގަ ތިބި މީހުންނާ އެމީހުންގެ އެކުވެރިންގެ އަނގަފަޅާން ފަށާފި ދޯ. މާކުރިން މައުލޫމާތު ދިނީމޯ އިންޑިޔާއިން ބުނުމާ މިކަލޭގެ އަނގަފެޅުމާ މީވަރަށް ސާފު ކަންކަން މިހުރީ. މުސްލިމުން ކަތިލާން ޖާގަ ހޯދަނީ މިބައިމީހުން ގެ ރޭވުމުގެ ތެރޭން.

  24
  4
 2. އެޖެންޑާ

  މީނަ އަށް އެނގިފަވެސް އޮވެދާނެ މިކަމުގެ މައުލޫމާތު..

  27
  4
 3. ތަކަންދޫ

  އަދިފަހުންބުނާނެ ހަމަލަދިނީކޮންބައެއްކަން

  24
  1
 4. ޝިރުފާ އަހްމަދު މަނިކު

  ހަމަލާ ދިން ބަޔަކު ދަންޖައްސަންވީ ތޯއްޗެއް ރައީސް ނަޝީދު

  14
  1
 5. ޝިރުފާ އަހްމަދު މަނިކެ

  މީނަ ކުރިކަމެއް ކަންނޭގެ މީ

  16
  3
 6. ޓެރަރިސްޓް

  ބޮމްބޭގެ ތާޖްހޮޓަލަށް ދިން ހަމަލާގައި ދިވެހިންހިމެނޭކަމަށް ބުނި ނަޝީދު. ޢެކަމަކު ދިވެއްސަކުނުފެނުނު. ޢަމިއްލައައް އެކަމުގަބައިވެރިވެފަ ދިވެހިންހިމެނޭކަމަށްބުނީ. މިކަމުގައިވެސް މީނަގެ އަތެއްވާނެ. ޢަފްރާޝީމް އަވަހާރަކޮއްލިމީހުންވެސް މީނާފުރުވާލީ.

  15
  2
 7. ޝިރުފާ

  މީނަ ކުރިކަމެއް ކަންނޭގެ މީ

  15
  3
 8. ޙާމިދު

  މިހާރު ދެންތިއަ އޮތީ މުޅިއޮޑީ ގައިވެސް ހަސަނުގެ ދެފައި ވިއްޔާ. ތިދެން ފުކެއް ބޮޑުވަރެއް ދެއްތޯ ؟ ބޭފުޅާ . ވެއްޖެ ނޫންތަ ފުކެއް މައިތިިވާން .

 9. ސީނު

  ތިހިރަ ބަހުރުވައެއްދޯ.......އެމީހުންނަށް ހަރުކަށިއަދަބުދެވޭނެކަން އިނގޭ އެންމެނަށްވެސް...ދެން މާ ދެކޮޅުވެރިކަން ދައްކަން ބުނާނެއްއްޗެއް ނޭނގިގެން