މިއަދު ހެނދުނުގެ ވަގުތެއްގައި ސްރީލަންކާއަށް ދިން ނިރުބަވެރި ހަމަލާގައި 207 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު 300 އަށްވުރެ ގިނަ މީހުންނަށްށް ދަނީ ހޮސްޕިޓްލްތަކުގައި ފަރުވާ ދެމުންނެވެ.

މި ހަމަލާއާއި ގުޅިގެން ރާއްޖޭގެ ރަރީސުލް ޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ ދައުލަތުގެ ވަޒީރުން ދަނީ ސްރީލައްކާގެ ރައްޔިތުންނަށް ތައުޒިޔާގެ މެސެޖްތައް ފޮނުވަމުންއެވެ.

އެގުތުން ރާއްޖެގެ ފޮރިން މިނިސްޓަރ އަބްދުލްﷲ ސާހިދު ކުރެއްވި ޓިވީޓްގައި ވަނީ މިހަމަލާ ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށާއި، އަދި މި ހަމަލާގައި ޒަހަމްވި މީހުންނަށާއި މަރުވެދިޔަ ފަރާތްރަކުގެ އާއިލާއަށް ކެއްތެރިކަން ދެއްވުން އެދި ދުވާކުރާކަމުގައެވެ.

މީގެ އިތުރުން ސާހިދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ސްރީލައްކާގައި ދިރިއުޅޭ ރާއްޖޭގެ ރައްތިތުންނަށް ބޭނުންވެދާނެ ކަމެއްގައި ވަގުތުން އެހީވުމަށް ސިރީލައްކާގެ އެމްބެސެޑަރ އާއި ގޫޅޭނެ ނަމްބަރ އެއް ދެއްވާ، މި ހާދިސާ އާއި ގުޅޭ ކައްތަން ވަރަށް ކާރިން ބަލަމުންދާ ކަމަށް ވިދާޅުވެފައެވެ.

މި ހަމަލާއާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިގެން މިހާތަނަށް ރިޕޯޓްކޮށްފައި ނުވާ ކަމަށް ލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުލްރައްޒާގު ވަނީ މައުލޫމާތު ދީފައެވެ. އަދި އެ ގައުމުގައި ދިރިއުޅޭ ދިވެހިން މަގުމައްޗަށް ނުކުމެ ނުހެދުމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްބަސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހިންގެ ހާލުވެސް ވަރަށް ގާތުން ބަލަމުންދާކަމަށާއި އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ އެ އެމްބަސީގެ 94727277072، 9476608660 އަދި 94764189900 ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް އެދޭކަމަށެވެ.