މަޖީދީމަގުގައި ހުންނަ މޯބައިލް ވިއްކާ ފިހާރައަކުން ސާޅިހަށް ވުރެ ގިނަ ފޯނު ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުން އަތުލައިގަނެފިއެވެ.

އެ ވައްކަން ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ އެވެ. ވަގަށް ނަގާފައިވަނީ އެކި ބްރޭންޑްތަކުގެ 41 ފޯނެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ 33 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތަށް 15 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް 20 ފޯނެއް ފުލުހުން ވަނީ ހޯދާފައެވެ. ބާކީ ފޯނުތަކަށް ވޯ ގޮތެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

ގިނަ އަދަދެއްގެ ފޯނު ތަކެއް ވަގަށް ނަގާފައި މިވަނީ އާދަޔާ ހިލާފަށް މާލެއާ އަތޮޅު ތެރޭގައި ވަށްކަމާއި ފޭރުން ގިނަވެފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު