އަވަށްޓެރި ސްރީލަންކާއަށް މިއަދު ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ސްރީލަންކާ ސަރުކާރަށް އެއްބާރުލުން ދެއްވައި، ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންގެ ޙާލު ބައްލަވައިލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، އަޙްމަދު ޚަލީލް ސްރީލަންކާއަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ހަލީލު ލަންކާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ.

އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގައި ސްރީލަންކާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވަނެ ކަމަށާއި، ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންގެ ޙާލު ބައްލަވައި ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާބެހޭ މަޢުލޫމާތު އޮޅުންފިލުވާނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ލަންކާގެ ޗާޗްތަކަށާއި ހޮޓާތަކަކަށް ދިން ބޮމުގެ ހަމަލާތަކެއްގައި 185 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. އަދި ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފައެވެ.

މި ހަމަލާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ސްރީލަންކާ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ދަރުހޮވާދޯ

  ރަނގަޅުތާ ލަންކާގައި ވެސް ދިވެހިންގެ 50 ހާސް މީހުން ދިރިއެބައުޅޭ އެމެން ބިރުން ތެޅެނީ ހަދާނެ ނަހަދާނެ ގޮތެއް ނޭގިގެން އެކަމަކު މިގައުމުގެ ރައީސް އެމެންގެ ރުއިން ތައް ބޮލާލާ ޖަހާ އޭނާ ދުވަނީ އިންޑިއާގައި ކުޅޭ ރަނޑު ކްރިކެޓް މެޗެއް ނުބެލިގެން ވިއްޔާ ތަމެން ދެން ހެޔޮވެރިކަން އޮޅާލަނީ އެއްނޫންތޭ ޒީރޯ ޓޮލެރެންސޭ މެންނޭ ތަމެން ދެން ދަގަ ވަލަށް ދަރުހޮވަން ތިޔާ ކަން ހުއްޓާލާ ދަގަ ދަގަ ދަގަ ދަރުހޮވަން ދަރުހޮވާދޯ...

  5
  1
 2. ބުރޯ

  އެއީ ދިވެހި ހައިކޮމިސަނެއް ހުންނަ ގައުމަކަށްވާއިރު މަންދޫބު މިއީކަރެޕްސަނެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް .ހައިކޮމިސަނުގެ ބޭނުމަކީ ކޮބާ ؟ލަންކާއަށް ދިއުމަށް ޓިކެޓާއި ހަރަދު ދޭންޖެހޭ މީހަކު ހުރީތަ ؟ ސައްކުވޭ .

  7
  1
 3. ކުޅޭށެކުރިކެޓް

  ކީއްކުރަން ފޮނުވި މަންދޫބެއް. ހައިކޮމިޝަނަށް ކަންކަން ނުކުރެވެންޏާ އެމީހުން ވަޒީފާއިން ވަކިކޮށް މާލެ ގެނެސްބަލަ. ތިޔައީ އިޝްރާފު އަމަލެއް. ތިކަމަށް ފައިސާ ދައްކަންޖެހޭނެ.

  3
  1
 4. ޖައިހަމް

  މީނަ ވަރަށް އޯގާތެރިދޯ؟ އޯގާވެރިކަން އިންތިހާއަށް! ކުރިކެޓް ބަލަން މީނަ އިންޑިއާއަށް! ރައްޔިތުންގެ ހާލުބަލަން ޓީމެއް މީނަ މިފޮނުވަނީ! އަޅެ ކިއެއްތަވާނި މީނަ މިހާ އޯގާތެރި މީހަކު ރައްޔިތުންގެ ހާލުބަލަން ލަންކާއަށް ދިޔައްޔާ!

 5. ދެރަދޯ

  ދިވެހިންގެ ހާލު ބައްލަވަން ރައީސްގެ މަންދޫބެއް ލަންކާ އަށް ކަނޑައެޅީ ރައީސް ޔާމީންގެ ވެރިކަމުގައި މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދުނު އެންމެންނަށް ފްލެޓްސް ތަކާއި އަދި އިތުރަށް ބޯނަސްގެ ގޮތުގައި ކޮންމެ މީހަކަށް 2 ހާސް އަކަފޫޓްގެ ގޯއްޗެއް ވެސް ހުޅުމާލޭން ދޭނެ ކަމަށާއި އަދި ވިޔަފާރި ކުރަން ބޭނުންވާ ކޮންމެ މީހަކަށް ވިޔަފާރި ކުރަން ވެސް ބިންދޭނެ ކަމަށް ބުނުމުން ވެސް އިބޫވެރިކަމަށް އައިސް އެބުނަނީ އެގޮތަށް ފްލެޓްސް ދޭން ނުޖެހެއޭ ތިމަންނާ ކަނޑައަަޅާ ދަގަމާރު ދަބީތާ ދަ އީގޯ ސިންޑްރޯމް ޖެހިފައިވާ ޕޮލިސީ ސެކްރެޓަރީ ބުނާ ކޮމެޓީ އަކަށް ފެންނަ ބަޔަކަށޭ މާލެ ސަރަހައްދުން ފްލެޓްސް ތައް ދޭނީ މީއޭ ހިންނަވަރު އިބްރާހިމް ވެރިކަމަށް އައިސް ބުނި އެއްޗަކީ އޭނާ އުޅެނީ އޭނާގެންގުޅޭ ބަޓް ގްރޫޕަށް އެކަނި ފްލެޓްސް ތައް މާލެ ސަރަަހައްދުން ދޭންއޭ މިގައުމުގައި ޑިވައިޑް އެން ރޫލްގެ އުސޫލު ތަކޭ ހިންނަވަރު އިބްރާހިމް ވެރިކަމުގައި ކުރަނީ މިފަދަ ކަންކަން އެގަމާރުން އެބަޖެހެއޭ ދޫކޮށްލަން އެނޫންނަމަ ދެރައޭ ދެރައޭ..

 6. ފައިބާދެން

  މަރުވި މީހުންގެ އަދަދު 200 އިން މައްޗަށް އެރުން އެއީ ހިތާމަ ކުރަން ޖެހޭނެ ކަމެކޭ މިފަދަ ކަންކަން މިހެން މިދިމާވާން ޖެހެނީ އެއީ ލަންކާގައި މިހާރު އޮތް ސަރުކާރުގެ ފަރުވާ ކުޑަ ކަމާއި ކޮރަޕްޓް ކަން ބޮޑު ކަމުންނޭ ވެރިކަމުގައި ބަގުޑި ބައްދަން ހަދައިގެންނޭ އެކަން އެހެންވާން ޖެހުނީ މަމެންނަށް ޔަގީނޭ ރާޖަ ޕަކްޝާ ވެރިކަމުގައި ހުރި ނަމަ މިކަން މިހެން ނުވާނޭ ކަމަށް އަވަހަށް ސިރިސޭނާ އިސްތިއުފާ ދީފައި ގެއަށް ކަނޑާލަން ވިސްނުން ރަނގަޅުވާ ހުށި ކަމޭ މަމެން ބުނަން ނެތީމޭ ދެން މިގައުމުގައި ހުރި ރައީސް މީހާ ވެސް ލަންކާގައި ތިބި 50 ހާސް ދިވެހިންގެ ހާލު އޭނާ އަމިއްލަ އަށް ބެލުމުގެ ބަދަލުގައި ފަޑުއްކަ މަންދޫބަކު ކަނޑައަޅައިގެން އޭނާ ކިއެއްތޭ ކުރަނީ ނުވާވަރުގެ ކަންކަމަށް ބޯނުގެޅިއްޔާއޭ ރަނގަޅުވާނީއޭ މަމެން ބުނަން ނެތީމޭ...

 7. ކަޓްމޭން

  ލަންކާ އަށް ދިން ޓެރެރިސްޓް ހަމަލާ ރައީސް އިބޫ ކުށްވެރިކުރީ އެއީ އަމާ ބުނީތީ ފަރަށްދާ އުސޫލުންނޭ އެމެން އުޅެނީ ލަންކާގައި އަދި އެމެން ވެރިކަމަށް އައީ ލަންކާ ގައި ތިބެގެން އެކަމަކު ލަންކާ ފަަކީރު ހާލުގައި ޖެހުނު ދުވަހު ރައީސް އިބޫ އެކަން ކުށްވެެރިކޮށްލާ އޭނާ ދުވަނީ އިންޑިއާގެ ރަނޑު ކްރިކެޓް މެޗެއް ބަލާލާ މަޖާ ކޮށްލާ ޖީއެމްއާރު އަތުން ކަޓް ނަގާނެ ގޮތުގެ ވާހަކަ ދައްކާލާ އިންޑިއާގެ ޖީއެމްއާރަށް 1000 އަހަރަށް ވެލާނާ އެއާރޕޯރޓް ވިއްކާލާ ރައީސް އިބޫ އަށް މަހަކު 500 މިލިއަން ޑޮލަރުގެ ކަޓެއް ޖީއެމްއާރުން ދޭން ޖެހޭނެ ކަމަށް ޝަރުތު ކޮށް ހަދާ އެކަންކަމޭ އޭނާ ކުރަނީ ގައުމު ވިއްކާލަނީއޭ ލަންކާގައި ތިބި ދިވެހިން ބިރުން ހަލާކުވަނީއޭ ސަރުކާރުން އަޅައެއް ވެސް ލަނީއެއް ނޫނޭ މީ ހާދަހާވާ ދަ ހަރާމްކޯރު ދަ ބަތާހަރާމީ އުސޫލުން ވެރިކަން ކުރާ ރައީސަކު ހުރި ގައުމެކޭ ހުރި ހިތާމައެއްގެ ބޮޑުކަމާއޭ ކުދިންނޭ ކިއެއްތޭ ކުރާނީ ދެން ކަޓް ކާމެން ވެރިކަމަށް މިއޮތީ ގެނެވިފައި ވިއްޔާ ދޯ...

 8. ހިތާމައޭ

  ޓެރަރިޒަމަށް ދިވެހިން އެބަ ހިތްވަރުދޭ، ފިޔަވަޅު އަޅާނަން ކަމަށް ޕޮލިސް ކަމިޝަނަރު ވިދާޅުވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ހަމަ ތިޔާ ގޮތަށް މާލޭން ވައްކަން ކުރާ މީހުން ހިފާ ހައްޔަރު ނުކުރެވެނީ އެއީ ކިއެއްވެތޭ އެއީ މަމެން ޕޮލިސް ކަމިޝަނަރ ގާތުން ކޮށްލަން ބޭނުންވާ ސުވާލެކޭ މަމެން ބުނަން ނެތީމޭ ބައްލަވާ ކަމިޝަނަރޭ ގޭގެ އޭސީ ހިނގަ ހިނގާ ހުއްޓައޭ ބޭރުގައި ހުރި އޭސީގެ އައުޓް ޑޯރ ޔުނިޓްސް ތައް ވަގު ކަލޭގެ އުފުރާލައިގެން ގެންދަނީ ހުރި ހިތާމައެއްގެ ބޮޑު

 9. އަހްމަދު

  ބަލައަހަރުމެންވެސްމިތިބީލަންކާގަ ތިޔަބުނާއެންބަސީއެއްހުރިކަންވެސް އަހަރުމެންނަކަށްނޭނގުނު ހޮޓަލެއްގަދިވެއްސަކުހުރިތޯވެސް ސާފުކޮށްލިހެނެއްހީއެއްނުވޭ ހަމަގައިމުވެސް އަހަރުމެންމިތިބިހޮޓަލަކުން އަހަރުމެންނާބެހޭމަޢުލޫމާތެއްވެސް ސާފެއްނުކުރޭ މިވަރުކަމެއްހިނގައިގެންއުޅޭއިރުހޮޓާތަކަށްގުޅާ ދިވެހިންތިބިތޯ ސާފުކުރަންވެސްޖެހޭނެ އެންބަސީއެއްގެބޭނުމަކީ އެއީކަމައް އަހަރުންނައް ގަބޫލުކުރެވެނީ ދެންމާލޭންމީހަކުއައިސް ވަކިކީއްކުރާނީ އަގުބޮޑުހޮޓަލެއްގަހުރެފަ މާލެދިއުންނޫންކަމެއްނޯންނާނެ