ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން އެއްކުރި ފައިސާ ބަންގްލަދޭޝް ރެޑްކްރެސެންޓްގެ އެކައުންޓަށް ޖަމާކޮށްފިކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ވިދާޅުވެއްޖެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްއާއި ވާހަކަ ދައްކަވުން މިނިސްޓަރ ވިދާޅުވީ ދަތިތަކެއް ކުރިމަވި ނަމަވެސް، ފައިސާ މިހާރު ރެޑް ކުރަސެންޓްގެ އެކައުންޓަށް ޖަމާކޮށްފައިވާނެކަމަށެވެ.

"ވޭތުވެދިޔަ ދުވަސްތަކުގައިވެސް އަޅުގަނޑުމެން މަސައްކަތްކުރަމުން ދިޔައީ ފަންޑުގައި ހުރި ފައިސާ ރެޑްކްރެސެންޓުގެ އެކައުންޓަށް ޖަމާކުރުމަށް. ދެން ހުރި އިދާރީ ދަތިކަންތައްތަކާއެކީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއަދު މިވަނީ ހަމަ މަސައްކަތް ނިންމާލެވި، ހުރިހާ ފައިސާއެއް ރެޑްކްރެސެންޓުގެ އެކައުންޓަށް ޖަމާކުރެވިފައި." މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ރޮހިންޔާ ފަންޑުގެ ފައިސާއާއި ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭގޮތަށް ބައެއް މީޑިޔާތަކުން ވަކި ބައެއްގެ އަބުރު ގެއްލޭގޮތަށް މަޢުލޫމާތު ފަތުރާފައިވާކަމަށާއި މިކަން ތަޙްޤީގްކޮށް ބަލައިދިނުމަށް ކަމާގުޅުން ހުރި މުޢައްސަސާތަކުގައި އެދިފައިވާނޭކަމަށެވެ. އޮންލައިން ނޫހެއްކަމަށްވާ، "މިހާރު" އިން ވަނީ ރޮހިންޖާ ފަންޑަށް އެއްކުރި ފައިސާ ވީނުވީއެއް ނޭންގި ގެއްލިފައިވާކަމަށް ޚަބަރު ފަތުރާފައިއެވެ.

"އެއަރޓިކަލް ޖެހުމުގެ އެއްދުވަސް ކުރިން އެބޭފުޅުން އަޅުގަނޑަށް ގުޅި. އަޅުގަނޑު ބުނިން އޭގެ ތަފްސީލު ހޯދާފައި މާދަމާ މަޢުލޫމާތު ދޭނެކަމަށް. އެހެން ނަމަވެސް އެދުވަހު އެބޭފުޅުން ނުގުޅާ. ދެން އާޓިކަލް ޖެހި ދުވަހު އަޅުގަނޑު ބައްދަލުވުމެއްގައި އިންދާ ގުޅީ، އެވަގުތު އަޅުގަނޑަށް ފޯނު ނެގޭގޮތްނުވި. އެބައްދަލުވުން ނިންމާފައި ނިކުތްއިރު އެއާޓިކަލް އިނީ ޖަހާފައި. އަޅުގަނޑުގެ ބޮޑު ފޮޓޯއެއް ޖަހާފައި. މިއީ އަޅުގަނދުމެން އެކަމުގައި އުޅުނު ދެވަޒީރުންގެ އަބުރު ކަތިލުމަށްޓަކާ ކުރިކަމެއްގެ ގޮތުގައި އަޅުގަނޑަށް ޤަބޫލުކުރެވުނީ. އެހެންވީމަ އެމައްސަލަ ބަލާ ތަހްޤީޤުކުރުމަށް ކަމާގުޅޭ މުއައްސަސާއަށް މިހާރުވާނީ ހުށައަޅާފައި" މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.

މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ ބޭންކުގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން އާންމުކޮށް އިއުލާންކޮށްފައިވަނިކޮށް އެ ފައިސާތައް ވީތަނެއް ނޭނގުނު ކަމަށް ބުނުމަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޢާދަނު

    ޢަހަރެމެން ފަންޑަށް ލާޜިދިނީ ބޭންކަށް ލައިގެން އޭގެން ރިބާކާކަށް ނޫނޭ ކަމުގެ މުައާލާތް ކެޑުނީމާ ....... ހުރިހާދިމާލަކުން ފިޔަވަޅު ނޭޅީގެން މީވާ ބައެއް

  2. ކ

    ނަގައިގެން ބޭނުންކުރި މީހުންގެ މައްސަލަ ކިހިނެއްތޯވީ

  3. ޒަރީރް

    ނޫހުގަ ޖެހީމަ އެއްނު ތި ޖަމާ ކުރީ. މިއޮއްހާ ދުވަހު ކީއްތޯ ކުރީ.

  4. ޛަކީރު

    ނުކުރާނަން ގަބޫލެއް.. ކޮބާ ކަލޭމެން ދޭން ބުނި ކާރު

  5. އޭއެމް

    ފޮޓޯޖެހީމަ ދެރަވީ ލާރިކޮޅު ކާލިއިރު ދެރައެއްނުވޭ

  6. ޒަރީ

    ޒިޔާދު ތިވިދާޅުވަނީ އިތުރުފުޅެއް ، މިހާރު ނޫހުގައި އެވާހަކަ ނުލިޔުނު ނަމަ އަދިވެސް އެފައިސާ ހުރިތަނެއްގައި ހުންނާނީ ، ނޫސްތަކުގެ ފަލަސުރުޚީއަށް އެރުމާއި އެކު ދަންވަރު ބޮޑު ބަޔާނެއްނެރެ ދެދުވަހެއްގެތެރޭ ފައިސާ ޖަމާކޮއްފައި ، މިހާރު ތިވިދާޅުވާ ވާހަކައިން އެންމެ ކުޑަކުއްޖާވެސް ހޭންފަށާނެ އިގޭތޯ

  7. މުއުމިން

    އަލްހަމްދުލިއްލާހި
    މާޝާﷲ

  8. ފަންޑް

    އަދި އަވަސް ކަންނޭންގެ ޖަމާކުރަން ... ހެ ހެ ހެ...

  9. ޔާސިރު

    ތިބުނާ މިހާރުނޫހަކުން އެވަރު ކުރިކަމުން ތިބުނާ ފައިސާއެއް ތި ޖަމާކުރީވެސް. އެކަމް ކަލެއަކީ އިތުބާރު ގެއްލިފާހުރި މީހެއް

  10. ކިންގފިޝަރ

    މި ރާއްޖޭގައި މީޑިއާގެ މިނިވަނކަމޭ ކިޔައިގެން އުޅެނީ އިންތިހާއަށް ޒިނާދާރުކަން ކުޑަވެފައިތިބޭ ބައެއް. މިފަދަ ކަންކަމުގައި އެ ނޫހެއްގެ އެޑިޓަރ ޒިންމާ ނަގަންޖެހޭނީ. ކަންތައްތައް ރަގަޅުކުރުމަށް ބާރުއެޅުމުގެ ބަދަލުގައި ކަންކަން ގޯސްކޮށް ސިޔާސީކޮށް ނޫސްވިއްކުމަށް އޮސްކަންދިނުމަކީ މިހާރު މި ރާއްޖޭގައި އޮތް އެންމެ ނުރައްކާ ވަބާ.

  11. ފަތިސް

    ބަޔަކަށް އެއްޗެއް ދޭނަމަ ދޭންވާނީ އެބަޔަކަށް އެއެއްޗެއް އެންމެ ބޮޑަށް ބޭނުންވާ ދަނޑިވަޅުގަނޫންތޯ؟ ދިވެހި ރައްޔިތުން އެހީދިނީ އެދުވަސްވަރު އެމީހުންގެ ޙާލު ވަރަށް ދަށުދަރަޖައަކަށް ގޮސްފައިވާތީ އެޙާލަތުން ސަލާމަތްކުރުމަށް ބޭނުންވެގެން. މިހާރު ވަގުތު ފާއިތުވެއްޖެ.
    މިގޮތަށް ކަންކަން ހިނގާނަމަ ރާއްޖޭގައި މިފަދަ ކަންކަމަށް ރައްޔިތުންގެ ސަޕޯޓް ދުވަހެއް ދުވަހަކަށް ދާނީ ދަށްވަމުން.

  12. ޝަކްސް

    އެ ފައިސާ މިހާ ދުވަސް ވީއިރުވެސް ޖަމާ ނުކުރާކަން އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއް.............އިތުބާރު ގެއްލޭނެ................

  13. ބާޤީރޫ

    އެކޮއެ ކިހާވަރެއްތަ ޖަމަކުރީ؟ ހަމަ ސައްކު ވާތީ އަހާލެވުނީ... ޕަކާސސސސ

  14. ސަލާހު

    ބަޔަކު މީޑިއާގާ ތިވާހަކަ ދެއްކީމަ ޖަމާތިކުރީ. ދަތިތައް ފިލައިފި ހަމަ ކުއްލިއަކައް މީޑިޔާގަ ތިވާހަކަ ދެއްކީމަ

  15. މީއޭމީއޭ

    ރާއްޖޭގައި އަމިއްލަ އަށް ޒުވާނުން ކަމަށް ހެދިގެން އުޅޭ މީހުންނާއި އިނދެ ވަރިކުރި ފުޅު ތައް ދެން ކުރާނެ ކަމެއް ނެތިގެން ގޭގައި ތިބެގެން ރަނޑު ޓްވީޓްސް ތައް ކުރަމުން ދެން އެމެންނަަކީ މާ ބޮޑަށް ސިޔާސީ ކަންކަން ދަންނަ މީހުން ކަމަށް ހެދިގެން ސަރުކާރުން ކުރާ ކަންކަމުގެ ހަގީގަތް ނުބަލާ ރަނޑު ޓްވީޓްސް ތައް ކުރަމުން ފިތުނަ އުފައްދަމުން ދާނަމަ އެކަން ކަން ބަލަން އެބަހުއްޓޭ ގާނޫނު ތައް ހެދިފައި ކީއްވެގެންތޭ މީޑިއާ ކައުންސިލުން އެކަން ކަން ނުބެލެންވީ މީޑިއާ ކައުންސިލަށް އެކަން ކަން ނުބެލޭނަމަ އިސްތިއުފާ ދީފައި ގެއަށް ކަނޑާލަންވީއޭ މިގޮތަށް ފިތުނަ ފަސާދަ އުފައްދާ 1000 މީހުންނާއި މެދު ފިޔަވަޅު އަޅާ ތަނުން މިކަން ކަން ހަމަ އަކަށް އެޅިގެން ދާނެއޭ މީއޭ އިންފޮމޭޝަން ޓެކްނޮލޮޖީ ފަތުރާއިރު އެޅިފައި ހުންނަން ޖެހޭނެ ރިޒަރވޭޝަން ބޭންޑްސް ތަކަކީ. މީއޭ އިހްސާސް އަކީ. މީ އޭ އެދޭ އެދުމަކީ. މީއޭ ކުރަން ބޭނުންވާ ގޮތަކީ. މީއޭ މިކަން އޮންނަން ޖެހޭނެ ގޮތަކީ. މީއޭ މީއޭ މީއޭ މީއޭ މީއޭ މީއޭ މީއޭ އޯއްް އޯއް އޯއް މީއޭ...

  16. ނަމަނަމަ

    ކޮބާ ހެކި އިތުރުފުނަހައްދަވާ ތިއޮތީ ރަނގަޅަށް ވެސް ފައިސާގެ ޖެހިވިފައި