ސްރީލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮން ގޮއްވާލުމުގެ ހަމަލާތަކާ ގުޅިގެން، ވެރިރަށް މާލޭގެ އެކި ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ވަރުގަދަކޮށްފިކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން ބަންޑާރަކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ވަގުތުން ވަގުތަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށާއި އެ ހަމަލާއާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތައް ފުލުހުނާއި ގުޅިގެން ކުރިން ބަލަހައްޓަމުންދާ މިންވަރަށް ވުރެ އިތުރަށް ބަލަހައްޓަން ފަށާފައިވާކަމަށެވެ.

ޝަމާލް ވިދާޅުވީ ވެރިރަށް މާލޭގެ އިތުރުން ރާއްޖެތެރެގެ ވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވާކަމަށާއި ހާއްސަކޮށް އެއާޕޯޓުތަކުގައިވެސް ސަލާމަތީ ފިޔަވަޅު ވަރުގަދަ ކޮށްފައިވާކަމަށެވެ.

" އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އާއި އައްޑޫ ސިޓީ، ގަން އިންޓަނޭޝަންނަލް އެއާޕޯޓާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ސަލާމަތީ ފިޔަވަޅު ވަނީ ވަރުގަދަކޮށްފައި،" ޝަމާލް ވިދާޅުވިއެވެ.

ނޫސްވެރިނާއި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ މިއަދު ފުލުހުނަނާއި އެކު ކުރެވުނު މަޝްވަރާތަކުގައި ރިސޯޓްތަކާއި ހޮޓާތަކުގެ ސެކުރިޓީ މެނޭޖަރުން ބޭތިއްބުމާއި އެމީހުން ބާރުވެރިކޮށް ޓްރޭނިން ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

" މުހިންމު ސަރަހައްދުތަކުގެ ސެކިއުރިޓި ވަރުގަދަކުރުމުގެ އިތުރުން ނުރައްކާތެރި ކަމެއް ވިޔަ ނުދިނުމަށް ހޯދަން ޖެހޭ މައުލޫމާތުތައް ހޯދުމުގެ މަސައްކަތްވެސް މިދަން ކުރަމުން " ޝަމާލް ވިދާޅުވިއެވެ.

ލަންކާގައި ދިވެހިންވެސް ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދުތަށް ހިމެނޭ ގޮތަށް ދިން 8 ހަމަލާގައި މިހާތަނަށް 215 އަށްވުރެ ގިނަ މީހުން މަރުވެ، 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

މި ހަމަލާތަކުގައި ދިވެސަކަށް ގެއްލުމެއް ވިކަމުގެ މައުލޫމާތެއް އަދި ލިބިފައެއްނުވެއެވެ.

މި ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޖަމާއަތަކަށް ނިސްބަތްވާ 7 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަހަށްދޭބަލަ

    މަންދޫބުން ކަނޑައެޅީމާ ނިމުނީދޯ ދެން ކިއެއްކުރާ އެމްބެސެޑަރުންނެއްތޭ ލަންކާ ގައި ތިބީ މިއިން އެގިގެން ދަނީ އެއީ ލަންކާ ގައި ތިބި އެމްބެސެޑަރުންނަކީ އެއީ ސްޓޭޓަސް އެއްގެ ބޭނުމުގައި ތިބި ބަޔެއް ކަމަށޭ އެމްބެސެޑަރު ނޫންތޭ ހުންނާނީ ދެން ނައިބް ރައީސް ކިއެއްތޭ ކުރަނީ އޭނާ އާއި މިކަން ހަވާލު ނުކޮށް ފޮރިންގް މިނިސްޓްރީ ގައި ލޯ ޕްރޮފައިލްޑް ސާރވެންޓަކާއި މިކަން ހަވާލު ކުުރުމުން މިއިން އެގިގެންދާ އެއްޗަކީ އާންމު ރައްޔިތުން އެއީ އެއްވެސް އެއްޗެއް ނޫން ކަމަށޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއަނޭ މެން މަހަށް މަަހަށް މަހަށް މަހަށް ދޭބަލަ...

    27
    7
  2. ޢިއްބެ

    ޢެކަމެއް ނޭގޭ ވެރިމީހާ ގައުމު ވިއްކަން އިންޑިއާގަ .

    79
    15
  3. ބަކުރު

    އިންޑިޔާ ސިފައިން ރާއްޖޭގެ ސަލާމަތީ ދާއިރާތަކުގައި އަތްގަދަކުރުމަށް ހޯދައިގަތް ފުރުޞަތެއްހެން ހާދަހީވެއޭ.

    57
    3
  4. ސަމީލް

    ހަމައެކަނި މާލޭގަ އެކަނިތޯ ރައީތުން އުޅެނީ

    29
    1
  5. މީވެސްއަޖައިބެއް

    އަޖައިބެންނުން ފޯރިމެރުމަކީ ސަލަމާތީކަންކަން ވަރުގަދުކުރުމެއްނޫން!

    25
    3
  6. ޜާއްޖެ އިސްލާމް

    ލަންކާއަށް ދިންހަމަލާއަކީ ކޮނބައެއްގެ ހަމަލާއެއްކަން ލައްކާ ސަރުކާރައް އެނގޭނެ ރާއްޖެއަށާ ލަންކާއަށް އަތްގަދަކުރުމަށް މަސައްކަތްކުރާ މީހުންނަކީބކޮބައިކަން އެންމެނަށްވެސް އެނގޭނެ

    ބޭނުމަކީ ދަނޑިވަޅު ހޯދައިހެން އެމީހުންގެ ކޮންޓްރޯލްގެ ދަށައް މިދެގައުމް ގެނައުން.

    17
    1
  7. ކުރިން އެއްބަސްވެފައި

    ކުރިން އެއްބަސްވެފައިވާ ފަދައިން އިންޑިއާގެ ޢާއްމު އިންތިޚާބު، މިހާރު ވެރިކަން ކުރާ ބޖޕ ކާމިޔާބު ވެއްޖެނަމަ، މުސްލިމުންނަށް ވ.ދަތިކޮއްލާނެ، އިންޑިއާ އާއި ރާއްޖެ އަފި ސުރީލަންކާގައިވެސް. ކުރިން އެއްބަސްވެފައިވާ މިސިއްރު އެއްބަސްވުން ޝަމާލަށްވުރެ ބޮޑަށް އެނގިވަޑައިގަންނަވާ ފަރާތުން ކުރިކެޓް ބަލަންށޭ ވިދާޅުވެ، މިއެއްބަސްވުން އެކުލަވާލި ގައުމަށް ވަޑައިގެންފަ، އެ ދަތުރުފުޅާ މިހަމަލާތަކާ އަދި ރާއްޖޭގާވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުން، މީ ހަމަކުއްލިއަކަށް އިއްތިފާގެއް ކަމަށް ހީވިޔަސް މީ އިއްތިފާގެއް ނޫން.

  8. ނަން

    ބޮޑަށް ދިވެހިން މަރުވިތޯއެއް ނޫން. ބަލަންވީ ދިވެހިން ތިކަމުގަ ބައިބެރިވެފަ ވޭތޯ. ޔަގީންވިއްޔާ ދިވެހިން ތީގަ ހިމެނޭނެކަން

    5
    14