ކުޑަ ކުއްޖެއްގެ ކަރާމަތަށް ގެއްލުންވާ އަމަލެއް ކުރި މަޔަކަކު 150 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

އުމުރުން 2 އަހަރުގެ ކުއްޖެއް ގޮވައިގެން މާރުކޭޓް ސަރަހައްދުގައި ސަލާންޖަހަން އުޅުނު މ. ތަންތާރަ އައިމިނަތު ޒިމްނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ ކުއްޖާގެ ކަރާމާތަށް ގެއްލުންވާގޮތަށް އަމަލުކޮށްފައިވާތީ އެވެ.

ޒިމްނާއަށް ކުރި ހުކުމްގައި ވަނީ އޭނާއަށް އެކިފަހަރުމަތިން ޖެންޑާ މިނިސްޓްރީން ނަސޭހަތްދިނުމުން ވެސް ނަސޭހަތަށް ހުރުމަތްތެރިކޮށް ހިތާފައިނުވާކަން އެކަން އޭނާގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން ދައުލަތުން ޒިމްނާގެ މައްޗަށް ކޮށްފައިވަނީ އަމުރަށްނުކިޔަމަންތެރިވުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވުމުން ކުރި ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އޭނާ އަށް ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަން

    ޖޫރުމަނާ ދައްކަން ފައިސާ ހޯދަން ދާންޖެހެނީވެސް ސަލާން ޖަހަން. ހީހީ ހަލާކު

    3
    1
  2. ހަރުކަށި

    ކުޑަކުދިން ލައްވާ ގަދަކަމުން ބަނޑުހައިކަންމަތީ ބޭތިއްބީމާ ގެއްލޭ ކަރާމާތަށް ޖޫރިމަނާ ދައްކާކަށް ނުޖެހޭތަ؟