ހަދަމުންދިޔަ މިސްކިތެއްގެ ދެވަނަ ބުރިން އެސްޓީއޯގެ އިސް ބޭފުޅަކު ވެއްޓި، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. އެ ބޭފުޅާގެ ހާލު ސީރިއަސް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މާފަންނު ކުއްޅަވަށްގޭ ކައިރީ ހުންނަ މުހައްމަދު ޖަމީލް މިސްކިތުގެ ދެވަނަ ބުރިން ވެއްޓި އޭޑީކޭގައި ފަރުވާ ދެއްވަމުން ގެންދަވަނީ އެސްޓީއޯގެ އައިޓީ ޑިޕާޓްމަންޓްގެ ވެރިޔާ، މުސްތަފާ އަޒްމީ 41، އެވެ.

އޭގެ އިތުރުން، މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ފުއްޕާ މެއަށާއި ބޮލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި މިހާރު އޭނާއަށް ފަރުވާ ދެއްވަމުން ގެންދަވަނީ އައިސީއޫގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާނިމް

    ވަރަށް ގުޅޭ މިސްކިތެއް ހިތުން ޖަހާފަ ތިޔަހުރީ