ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް އަވަހާރަކޮށްލި ޑރ.އަފްރާޝީމް އަލީގެ މަރާއި ގުޅިގެން ސުވާލު ކުރުމަށް މަރާލާފައިވާ މީހުންނާއި އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަށް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޝަނަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒު ހާޒިރުކުރާނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޓްވިޓާ މެދުވެރިކޮށް މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުން އެ ކޮމިޝަނުގެ ޓްވިޓާ އެކައުންޓްގައި ބުނެފައި ވަނީ، އޭނާ އެ ކޮމިޝަނަށް އަދި ހާޒިރުނުކުރާ ކަމަށެވެ. ނަމަވެސް ރިޔާޒު އަދި ހާޒިރުކުރާނެ ކަމަށް ކޮމިޝަނުން ވިދާޅުވިއެވެ.

ރިޔާޒް އެ ކޮމިޝަނަށް ހާޒިރު ކުރާނެ ކަމުގެ ޔަގީންކަން ދިންއިރު ،ރިޔާޒް ކުރިން ވިދާޅުވީ، އަފްރާޝީމްގެ މަރާ ބެހޭ މައުލޫމާތު، އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ޖެހުމުން ހާމަކުރައްވާނެ ކަމަށާއި މިހާތަނަށް އެފަދަ "ޕްލެޓްފޯމެއް" ނެތްކަމަށެވެ.

ނަމަވެސް ވަރަށް ފަހުން "ޕީއެސްއެމް" ގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ، އޭނާ އަށް މިހާތަނަށް ލިބިވަޑައިގެންފައިވާ ހުރިހާ މަޢޫލޫމާތެއް ފުލުހުންގެ އިދާރާގައި ހުންނާނެކަމަށެވެ.

އަފްރާޝީމްގެ މަރާއި ގުޅޭ މައުލޫމާތު އެކަމަށް އެކަށީގެންވާ ވަގުތު ޖެހުމުން ހާމަކުރާނެ ކަމަށް ރިޔާޒް ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ވެސް ވިދާޅުވެފައެވެ. އަދި އޭގެ ކުރިންވެސް އެފަދަ މޭރުމަކުން އޭނާ މިގޮތަށް ވާހަކަދައްކާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތިނަދޫ ސޮރު

    ލަންކާގެ ބޮން ގޮއްވާގެން މަރުވި މީހުންގެ މައްސަލަ ބަލާ ކޮމިސަނައް ތޯ. ރިޔާޒު ހާޒިރުކުރަނީ.

  2. ރައްޔިތުން

    ތިޔަ އެންމެން ވެގެން ކުރިކަމެއް އެއީ އެހެންވެގެންތާ ތިކަން ނޭގިގެން ތިއުޅެނީ، މުޅި ޤައުމުގެ ޚާރާބު ކުރަމުންދާ އިރު މި އުޅޭ 6 ކަ މީހަކަށް ވެރިކަން ހޯދައިދޭން ރައްޔިތުން މި އުޅެނީ ހެއި ކުޑަވެގެންތޯ؟؟؟ މުޅި ގައުމުގެ މިހާރު މިފެންނަ އިސްކިޔައިގެން ކިޔާ މީހުން ނޫން ބައެއް މިގައުމާއި ހަވާލުވެ ލައްވާ.

  3. ހައްހައް

    ނަމަ ނަމަ ބޮޑުވަޒީރު ނަޝީދު ހާޒިރު ނުކުރާތި. އޭނައަށް ހުރިހާ އެއްޗެއް އިނގޭނެ.

    3
    1
  4. ޢަބްދުﷲ

    މިރާއްޖޭގައި ހަމަގެއްލިފައި ތިބި މީހުން ވަރަށްގިނަ