އެކިއެކި ސީސީޓީވީ ފުޓޭޖްތަކަށް ބަލާ އިރު، އައިމިނަތު ޝިމާ ނާފިޒް، އިބްރާހީމް ފަޒީލްއާއެކު ލ. ފޮނަދޫން މާމެންދުއަށް ދާން ފުރީ ރުހުމުގައި ކަން އެނގޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބޭއްވި ޕްރެސްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ފޮނަދޫގައި ހަރުކުރެވިފައިވާ ސީސީޓީވީ ކެމެރާތަކުގެ ފޫޓޭޖްތަކަށް ބެލުމުގެ އިތުރުން މަންޒަރު ދުށް މީހުންގެ ވާހަތަކަށްބަލާ އިރު، ޝިމާއާއި ފަޒީލަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންކަންވެސް އެނގިފައިވާ ކަމަށެވެ.

ފައިރޫޝް އިތުރަށް ވިދާޅުވީ އެ ހާދިސާގައި ފަޒީލް ކިޔާދީފައިވާ ގޮތާ، މަންޒަރު ދުށް އަދި ސުވާލު ކުރެވުނު 40 އަށްވުރެ ގިނަ މީހުންގެ ވާހަކަތަކާ ބައެއް ދިމާވާ ކަމަށެވެ. އެގޮތުން ޝިމާ މާލެ ގޮސް، ގަމުގައި މަޑު ކުރީ ފަޒީލް ހިފާފައިވާ ގެސްޓް ހައުސްއެއްގައި ކަން އެނގޭ ކަމަށާއި، މަޑުކުރި ސަބަބަކަށްވީ ވަރުބަލިވެފައި، ރޯގާގެ އަސަރުވެސް ހުރުމުން ޑޮކްޓަރަށްވެސް ދައްކާފައިކަން އެނގޭ ކަމަށް ފައިރޫޝް ވިދާޅުވިއެވެ.

ފައިރޫޝް ވިދާޅުވީ ޝިމާއަށް ފެރީ ކެޓީ ނިދިގެން ކަމަށް ފަޒީލް ބުނާ ވާހަކައަކީ ހަގީގަތެއް ކަމަށް ބެލެވޭ ކަމަށާއި، ފެރީ ކެޓުމާއެކު އިތުރު ގޮތެއް ހޯދުމަށް ފަޒީލް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ލިބުނު ޑިންގީގެ އިންޖީނު ވިއްކާލާފައި އޮތުމުން އަމިއްލައަށް އިންޖީނެއް ހޯދާ، ތެޔޮ ޓޭންކްވެސް ހޯދީ ފަޒީލް ކަމަށް ފުލުހުންނަށް އެނގިފައިވާ ކަމަށް ފައިރޫޝް ވިދާޅުވިއެވެ.

އަދި އާއިލާގެ ފަރާތުން އިތުރު ގޮތެއް ހޯދައިނުދިނުމުން އެކަމާ ޝިމާ ޝަކުވާ ކުރިކަންވެސް ފޯނުގެ ވާހަކަތަކުންނާއި، ތަހުގީގަށް އެނގިފައިވާ އެހެން ހުރިހާ ވާހަަކައަކުންވެސް އެނގޭ ކަމަށް ފައިރޫޝް ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޖޑ 19

    ސޮއިކުރީ ބާ ފަޒީލުގެ އާއިލާ އެއްކޮށް

    11
    5
  2. ކޮރަލް

    ޝިމާ ގެ ކޮށްކޮ ދިޔައީ ރުހުމުގަ ތޯ ސުވާލުކޮށްލާނަމެވެ. ޝިމާ އަދި ނުފެނެއެވެ. ކުޑަދުވަސް ކޮޅެއް ނުވަނީސް ކޮށްކޮ ކިޑްނެޕް ކޮށްގެން ޑިންގީއެއްގަ ގެންދިޔަ ވާހަކަ ނޫހުގަ އޮތެވެ. ދެން އަޑު އިވުނީ އޭނަ ދޫކޮށްލި ވާހަކަ އެވެ.

    17
    4
  3. ދޮންބެ

    ތިދެމީހުންނަކީ "ވަރަށް ގާތް" ދެމީހުންކަން އެނގޭ މިރާއްޖޭގެ އެންމެންނަށް މިހާރު، އަދި ޝިމާ ފަޒީލް އާއެކު ދިޔައީވެސް ރުހުމުގައި ކަމާ އަދި ރުހުމުގަ ބައިވަރު ކަންތަށްތަށް ކުރާކަންވެސް އެނގޭ. އަދި ޝިމާ މަރުވެ ދިޔައީވެސް ޝިމާ މިދުނިޔޭގައި އުޅުނުއިރު ރުހުމުގައި ކޮށްފައިހުރި ކަންތަށްތަކުގެ ހަނދާނެއް ޝިމާ މަންމަޔާ ޙަވާލުކޮށްފައިކަންވެސް މިހާރު މިރާއްޖޭގެ ވަރަށް ގިނަމީހުންނަށް އެނގޭނެ.