ލ. ފޮނަދޫއިން އެއަތޮޅު މާމެންދުއަށް ޑިންގީއެއްގައި ދަތުރުކުރަނިކޮށް ގެއްލިފައިވާ އައިމިނަތު ޝިމާ ނާފިޒް ގެއްލުނުތާ މިވީ ދެމަހެވެ. ހިލަމެއްވެސް ފެނިފައެއް ނުވެއެވެ. ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދާ އިރު، އެ މައްސަލައިގައި ފުލުހުންނަށް ގިނަ ވާހަކަތަކެއް އެނގިފައި ވަނީ ޝިމާއާއެކު ދަތުރުކުރި އިބްރާހީމް ފަޒީލްގެ ވާހަކައިންނެވެ.

ޝިމާއާއެކ ފަޒީލް ދަތުތުރުކުރީ ކޮން ޑިންގީއެއްގައި ކަމަށާއި، އެ ހާދިސާ ހިނގާ ދިޔައީ ކިހިނެތްކަން ފުލުހުންނަށް ފަޒީލް ކިޔައިދީފައިވާ ކަމަށް މިއަދު ބޭއްވި ޕްރެސްގައި ހާމަކޮށްފައިވާ އިރު، ފުލުހުން ބުނެފައި ވަނީ ފަޒީލްގެ ބައެއް ވާހަތައް ދިމާވާ ނަމަވެސް، އޭގެ ތެރޭގައި ގަބޫލުނުކުރެވޭ ވާހަކަތަކެއްވެސް ވާކަމަށެވެ.

ޝިމާ ގެއްލުނު ހާދިސާގައި ޑިންގީ ބަންޑުން ޖަހާލީ ޕެޓްރޯލް އަޅަން އުޅެނިކޮށް ކަމަށާއި، އޭރު ޝިމާ އިނީ ފޯނުން އަލިކުރަން ކަން އެނގޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފަޒީލްގެ ވާހަތަކުން އެނގޭ ގޮތުގައި ޝިމާ ދިޔައީ ޑިންގީގެ ދަށަށް، ފަޒީލް ދިޔައީ ބޭރަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. ފަޒީލް ޝިމާ ނެގުމަށްފަހު ދެމީހުން އެއްކޮށް ސަލާމަތްވާން މަސައްކަތް ކުރި ކަމަށާއި، އެހެން ނަމަވެސް އެންމެފަހުން އެހީ ހޯދަން ދިޔައީ ޝިމާ އަތަށް ޕެޓްރޯލް ހަން ދީފައި ކަމަށް ފަޒީލް ބުނި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފަޒީލް ---
ފަޒީލް ---

އޭރު ގިނަ ބަޔަކު އުފެއްދި ސުވާލަކީ ޑިންގީ ބަންޑުން ޖަހާލި ކަނޑަކީ ގަދަ ސަރަހައްދެއް ކަމަށާއި، ފަޒީލްއަށް ފަތާފައި އެރެވުނީ ކިހިނެތްތޫ ސުވާލު އުފެދޭ ކަމަށެވެ. ފުލުހުން މިއަދު ހާމަކޮށްފައި ވަނީ ފަޒީލު ފަތާފައި އެރަށަށް އެރިކަން އެނގޭ ކަމަށާއި، ކެމެރާތަކަށްވެސް އެ މަންޒަރު އަރާފައިވާ ކަމަށެވެ.

ރިސޯޓުގެ ސީސީޓީވީ ކެމެރާތަކަށް ބެލި އިރު، ފެންނަން އެބަހުރި ފަޒީލް ރިސޯޓުގެ ވޯޓާ ބެންގަލޯތަކާ ދިމާއަށް އަރާފައިވާ މަންޒަރު. އޭރު ގާތްގަނޑަކަށް ގަޑީން 7:30 ހާއިރު އެއީ. ފަޒީލްއާ ފުރަތަމަ ދިމާވި ދެމީހުންގެ ބަޔާނުންނާއި ޑޮކްޓަރުގެ ބަޔާނުންވެސް އެނގެން އެބައޮތް، ފަޒީލް ވަރަށް ބޮޑަށް ފެޓީގްވެ ވަރުބަލިވެފައިވާކަން. އަދި އެހެންވެ ރިސޯޓްގެ ލޯންޗުން ގެންދިޔައީ ގަމަށް، ގޮސް އެމްބިއުލައިސްގައި ހޮސްޕިޓަލަށް ގެންދިޔައީ. ފަޒީލް ހުރީ ރަތް ކުލައިގެން ބޮކްސާއެއް އެކަނި ލައިގެން. އެކަމާ ގުޅިގެން ސުވާލުކުރުމުން ބުނެފައި ވަނީ އެއީ ގަޔަށް ޕެޓްރޯލް އެޅިގެން ދިލަ ނަގާތީ އެފަދަ ގޮތަކަށް ދާން ޖެހުނީ ކަމަށް،" ފައިރޫޝް ވިދާޅުވިއެވެ.

ފައިރޫޝް ވިދާޅުވީ ފަޒީލް ފަހުން ޝިމާ ކޮއްކޮ ގޮވައިގެން ފިލަން އުޅުނު ހާދިސާއަކީ ޝިމާ ގެއްލުމާ މުޅިން ތަފާތު ކޭސްއެއް ކަމަށާއި، އެ ކޭސްގެ މައްސަލަ ނިންމާ ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ.