ޑިންގީ ބަންޑުން ޖަހާލައިގެން މީގެ ދެމަސް ދުވަސް ކުރިން ގެއްލުނު އައިމިނަތު ޝިމާ ނާފިޒު އަދިވެސް ފެނިފައި ނުުވާ އިރު، އޭނާ ހޯދުމުގެ މަސައްކަތަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ފޯނުގެ މެސެންޖާއިން ކޮށްފައިވާ މުއާމަލާތްތައް ހޯދުމަށް ފޭސްބުކކަށް ރިކުއިސްޓް ކޮށްފައިވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ ޝިމާ ހޯދުމުގެ މަސައްކަތަކާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސްގައެވެ.

"ފޭސްބުކްގެ މެސެންޖާއިން ވަރަށް ކުރުކޮށް ފެންނަ މެސެޖެއް އެ މެސެޖަކީ. ވަރަށް ކުޑަކުޑަ އިންޓަޕްރޭޝަންއެއް ފެންނަން މި އޮތީ. އެހެންވީމާ އެ މައުލޫމާތު އެއްކޮށް ނޭނގިއެއް ނުދެންނެވޭނެ ވަކި އެއްޗެއް. މިހާރު ވާނީ ފޭސްބުކަށްވެސް އެދިފައި. ޝިމާގެ ވަރަށް ބައިވަރު މުއާމަލާތްތަކެއް ކުރެވިފައި މިހުރީ ފޭސްބުކް މެސެންޖާ މެދުވެރިކޮށް، އެހެންވެ އެ ޗެޓު ލޮގުތައްވެސް ހޯދުމަށް ފޭސްބުކަށްވެސް ވާނީ އެދިފައި،" ޝިމާގެ ތަހުގީގާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް މިއަދު ވިދާޅުވިއެވެ.

ޝިމާ ގްރޫޕަކަށ ކޮށްފައިވާ މެސެޖު ----

ޝިމާ ގެއްލުނީ އޭނާގެ އެކުވެރިއެއް ކަމަށްވާ އިބްރާހިމް ފަޒީލާއި އެކު ޑިންގީއެއްގައި ދަތުރުކުރަމުން ދަނިކޮށް ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ އިރާކޮޅުއެވެ. ލ.ފޮނަދޫން ޝިމާއާއި ފަޒީލް ފުރިކަމަށް ފުލުހުން ބުނެފައި ވަނީ ހަވީރު 6:03 ކަމަށެވެ. ޝިމާ ފޯނުގެ މެސެންޖާއިން ކޮށްފައިވާ މެސެޖެއްގެ ސްކްރީން ޝޮޓެއް މީގެ ކުރިން ވަނީ ލީކް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާަާައަލް

    ދެމަސް ވަންދެން ތަޙްގީގް ކޮއްފަ ދެއްކި ވާހަކަ.. ކީއްތަ ތިކުރަނީ.....

    32
    3
  2. ހަނދާންވަނީމާ

    ބަންގާޅީންވެސް މާރަނގަޅަށް ތަހުގީގްކުރާނެ، ދިވެހި ފުލުންނައްވުރެއް

    37
    3
  3. ފަޒީލް

    ދިވެހި ފުލުހުންނަކީވެސް އިންސާނުން ކުރާމަސައްކަތުގަ ތެދުވެރިކަމާ އިޙްލާސްތެރި ކަމާއެކު ތިމާއާއި ހަވާލުކުރެވިފައިވާ ޒިންމާ ފުރިހަމަ ގޮތުގަ އަދާކުރުމަކީ ތިމާގެ ޒިންމާއެއްކަން ނޭނގެންޔާ އެފަދަ މަޤާމުން ތިމާ ދުރައްޖެހިލުމަކީ އެންމެރަނގަޅުގޮތް. ގައުމައްޓަކާ ދީނައްޓަކާ ހަޝިގަނޑާ ފުރާނައިން ގުރުބާންވުމައް މާތް ﷲ ޤަންދީ ހުވާކޮށްގެން ހުވަޔާ ހިލާފްވެ ﷲ ގެ އަމުރު ތިމާގެ މައްޗައް އަތުވެދާނެ ކަންދަނެ ޒިންމާނެގޭނަމަ މިފަދަ ކަންކަން ކުރާ މުޖުރިމުން މިގައުމުގަ މަދުވާނެ. އަދި 100% އިސްލާމީ ޤައުމެއްގަ އިސްލާމީ ޝަރީއަތް ތަންފީޒް ނުކުރެވިގެން މިއުޅެނީ ޤައުމުގެ މަތީފަންތީގެ ބޭފުޅުން ޤާނޫނު ކުރިމައްޗައް އަންނަން ޖެހޭނެތީ ނޫންތޯއެވެ.

    40
    2
  4. ނީސް

    ފޮޓޯ އެއީ ލ.ގަން މަގު ނުހަދަނީސް ނަގާފައިން ފޮޓޯއެއް އެއީ ގަމުގެ މުކުރި މަގާ މަތިމަރަދޫ އާ ދޭތެރޭ އޮންނަ މަގެށް