އޭޕްރިލް މަހުގެ 14 ވަނަ ދުވަހު މާލޭގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ޕިކަޕް ޑްރިވަރަަކަށް ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން ވިދާޅުވީ، އޭޕްރިލް މަހުގެ 14 ވަނަ ދުވަހު އަމީނީ މަގުން އިރުން ހުޅަަނގަށް ދުއްވާފައި ދިޔަ ސައިކަލެއް، އެ ވަގުތު އަމީނީ މަގުގައި ޕާކް ކުރަން އުޅުނު ޕިކަޕެއް ފަހަތަށް އައި ވަގުތު ސައިކަލުގައި ޖެހި އެކްސިޑެންޓްވި ކަމަށެވެ.

އަދި ޕިކަޕު ކުރިއަށް ދުއްވާލުމުގެ ސަބަބުން އެ މަގުގައި ޕާކްކޮށްފައި އޮތް ކާރެއްގައި ޖެހި އެކްސިޑެންޓްވި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގައި ޕިކަޕް ދުއްވަން އިން ޑްރައިވަރާއި މެދު ވަނީ ފިޔަވަޅު އަޅާފައެވެ.

ފުލުހުން ވިދާޅުވީ، އެ ޕިކަޕް ޑްރައިވަރަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 63 ވަނަ މާއްދާގެ (ނ) ގެ ދަށުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

"އެގޮތުން އޭނާގެ ލައިސަންސް ވަނީ ދެ އަހަރު ދުވަހަށް ހިފަހައްޓާފައި". ފުލުހުން ވިދާޅުވިއެވެ.

އެއްގަމު ދަތުރުފަތުރާއި ބެހޭ ގާނޫނާއި ހިލާފުވާ ފަރާތްތަކާއި މެދު ޓްރާންސްޕޯޓް އޮތޯރިޓީން ދަނީ ފިޔަވަޅު އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަސްރު

    ކިހާދެރަކަމެއް ދެރަނިކަމެތިމީހާއަށް ފިޔަވަޅުއަޅަންވީމަ ގާނޫނުއޮވޭ ! ކޮބާ ތޯ މަގުހުރަސްކުރަނިކޮށް އަންހެނަކު ޒަހަމްކޮށްލި ޕިކަޕްގެ ޑްރައިވަރ . އެއީ މިސަރުކާރަށް ވާގިދޭމީހަކަށްވީމަ ގާނޫނެއްނެތީތޯ؟ ޑްރައިވަރަކީ ހޯމްމިނިސްޓަރގެ މާ ގާތްމީހެކޯ!

  2. ދޮންބެ

    ތިޔަފިޔަވަޅުއަޅާ އުސޫލު އެއްގޮތަކަށްވެސް އިންސާފެއްނޫން. ކަމަކުން ކަމަކާ ނުލާ ބާރުބާރަށް ސައިކަލް ދުއްވާ ޒުވާނުން އެކްސިޑެންޓް ވީމަ ނާޅާ ވަރުގެ ފިޔަވަޅެއް، ދިރިއުޅުމަށްޓަކާ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮން ( އަދި ފަރުވާ ކުޑަވެގެން ކަމުގަ ވިޔަސް) އެމީހަކު އަތުން ވާ ގެއްލުމަކަށް މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބުން ފިޔަވާ ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގާފަ ދެން ކޮންމެސް ޖޫރިމަނާއެއް ކޮށްލާ ކަހަލަ ގޮތެއް ހެދުންވެސް މާ ރަނގަޅުދޯ.

    4
    1