ކ.އަތޮޅު ގުޅީގެ ކުނިގޮނޑުގައި ރޯކޮށްފައި ހުރި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ވަރަށް ބޮޑަށް ދާތާ ގަޑިއެއްހާއިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލައިފިއެވެ.

އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރެން ފެށުމުން ރަށުތެރެއަށް ދުމާއި ވަހުގެ އަސަރު ކުރަމުންދިޔައެވެ.

ފުލުހުން ވިދާޅުވީ އަނަންތާރާ ރިސޯޓްގެ ފަޔާ ޓީމާއި ފުލުހުންގެ މަސައްކަތުން 23:30 ހާއިރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވި ނިއްވާލެވިފައިވާ ކަމަށެވެ.

ނަމަވެސް ބައެއް ހިސާބުތަކުން ދުން އަރަމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އިތުރަށް އަލިފާން ރޯވެދާނެތީ އަދިވެސް އިތުރަށް ބަލަމުން ދާކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުން ވަނީ އިތުރުވެފައެވެ.