ސްރީލަންކާގެ މައުންޓްލެވޭނިއާގައި ހުންނަ އެޕާޓްމެންޓް ކޮމްޕްލެކްސް އަކުން ބޮމެއް ފެނިގެން އެޕާޓްމަންޓް ބަންދުކޮށް ލަންކާ ސިފައިންނާއި ފުލުހުން އެސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިކަމަށް އެޕާޓްމަންޓްގައި ދިރިއުޅޭ ދިވެހި އާއިލާ އަކުން މައުލޫމާތު ދީފިއެވެ.

ލަންކާގައި ތިބި ދިވެހިން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އެއިމާރާތުގެ ބައެއް އެޕާޓްމަންޓްތަކުގައި ދިވެހިން ވެސް ދިރިއުޅެމުން އަންނަ ކަމަށެވެ.

ލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި އެ އެޕާޓްމަންޓް ކޮމްޕްލެކްސް އިން ވަނީ 65 ކިލޯގެ ބޮޑު ބޮމެއް ފެނިފައެވެ. އެބޮން ވަނީ މީގެ ގަޑިއިރުތަކެއް ކުރިން ސިފައިންގެ ބެލުމުގެ ދަށުން އެޕާޓްމަންޓުން ނެރެގެން ގެންގޮސްފައެވެ. ނަމަވެސް އަދިވެސް ސިފައިންނާއި ފުލުހުން އެޕާޓްމަންޓް ކޮމްޕްލެކްސްގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އެޕާޓްމަންޓް ކޮމްޕްލެކްސް ބަންދުކޮށް، އެތަނުން ބޭރަށް އެއްވެސް މީހަކަށް ނުދެވޭ ގޮތައް ބަންދު ކޮށްފައި ވާއިރު ދިވެހި ދެ އާއިލާ އަކުން ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އެހީތެރިކަމަށް އެދެމުން އަންނަތާ ގިނަ އިރުތަކެއް ވެއްޖެ ކަމަށާއި ނަމަވެސް އެއްވެސް އެހީތެރިކަމެއް އެމްބަސީން ނުދޭ ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އެމީހުން ބުނީ ކާއެއްޗެހި ފޯރުކޮށްދިނުމަށް އެމްބަސީގައި އެދުނު ނަމަވެސް އެހީތެރިކަމެއް ލިބިފައި ނުވާކަމަށެވެ.

ނަމަވެސް ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުލްރައްޒާގު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެޕާޓްމަންޓް ކޮމްޕްލެކްސްގައި ތިބި ދިވެހި ދެ އާއިލާއެއްގެ ހާލަތު އެމްބަސީން ބަލަމުން އަންނަ ކަމަށާއި ކާތަކެތި އެމީހުންނަށް މިހާރު ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހާލުގައި ޖެހިފައިވާ އާއިލާއެއްގެ މައުލޫމާތު އެނގޭ މީހަކު ބުނީ އެމީހުންނަށް ކާތަކެތި ފޯރުކޮށްދީފައި ވަނީ އެމްބަސީން ނޫންކަމަށާއި އެކަން ކޮށްދީފައި ވަނީ ދިވެހި އެހެން އާއިލާ އަކުން ކަމަށެވެ.

ލަންކާގައި އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން މިއަދު ވަރަށް ގިނަ ތަންތަން ދަނީ ފާސްކުރަމުންނެވެ. ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ދިވެހިން ދިރިއުޅޭ ގެއެެއެއް ފާސްކުރަން ލަންކާގެ ސަލާމަތީ ބާރުތަކުން ހިނގައްޖެނަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.

ލަންކާގައި ފަނަރަ ވަރަކަށް ހާސް ދިވެހިން ދިރިއުޅެއެވެ. ބޮމުގެ ހަމަލާތައް ދިން ސަރަހައްދުތަކާއި ކައިރީގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭތީ ދިވެހިން ދިރިއުޅޭ ގެތައް ވެސް ފާސްކުރުމުގެ ފުރުސަތު ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އޖޑ 19

    ސަފީރު ދޮގުބުނަނީ... ކަލޭ އުސްތިއުފާ

    45
    2
  2. ކީކޭކިޔާނީ

    ދެން ކިހިނެއް އެމްބެސީން ދައްކާ ވާހަކަ ގަބޫލުކުރާނީ؟ ކާއެތިކޮޅު ފޯރުކޮށްލަދޭން އެމްބަސީގައި އެދިގެން އުޅެ އެކަން ކޮށްލައިނުދީ އޮއްވާ އަމިއްލަ ފަރާތަކުން ކާއެތިކޮޅުއް ލިބުނު ފަހުން އެމްބެސެޑަރު މި އަންގާ ކަމަށްވަނީ ތިމަންނާމެން އެމީހުންނަށް ކާތަކެތި ލިބިދީފީމޭ. ކީކޭ ކިޔާނީ؟

    50
    3
  3. ޡަޔާ

    ޢެމްބަސީއިން ޔަގީން ކުރަންވާނެ ކާއެއްޗެތި ފޯރުކޮށްދީފިތޯ މައުލޫ މާތު ލިބިފަވަނީއޭ ބުނެގެން ކަމަކު ނުދާނެ އިބޫވެސްފޮނުވިޔޯ ދިވެހިން ގެ ހާލު ބަލަން ބަޔަކު އެމްބަސީ ގެ އިސްބޭފުޅާ ހުންނަވާނީ ހިނދު ކޮޅުގަ ވިއްޔަ ކާއެއްޗެތި ފޯރު ކޮއްދެވޭތޯ ބެލޭނީ ކިހިނެއް

    48
    5
    • ޚާއްޞަ ސަފީރު

      އިބޫ ފޮނުއްވި ޚާއްޞަ ސަފީރަކީ ޗުއްޓީ ހައްދަވާލަން ދުރުވި ބޭފުޅެއް، އެހެންވީމަ އެހެން ވެދާނެ

      10
  4. މަރިޔަމް ނަޝްފާ

    މި އެމްބެސެޑަރ އުމަރު ބަދަލު ނުކޮށްފި ނަމަ ޕެޓިޝަން ނަގާ ނުވިތާކަށް އެމްބަސީ ދޮށުގައި މީހުން އެއްވާނެ ދުވަސް ވަރަށް ކައިރި ވެއްޖެ. އަޅުގަނޑު ވެސް ކާއެތިކޮޅަކަށް އެދި ސީދާ އުމަރަށް ގުޅީން. ބުނީ މިގުޅަނިއްޔޭ. ފަހުން ގުޅާ ގުޅާ ފޯނެއް ނުނަގާ. ވަރަށް ސަކަރާތް މި އުމަރު. އާދޭސް ކޮށްފަ އެސްއެމްއެސް ކުރިން 7 ފަހަރު. މަގޭ 4 އަހަރު ގެ ދަރިވެސް މި ބިލްޑިންގ ގައޭ ބަނޑުފައިވެގެން ރޮނީއޭ.

  5. ދަރީ

    އެމްބަސީން ކާއެއްޗެހި ފޮނުވަން ޖެހޭ ހިސާބަށް ގޮއްސިތަ؟ ލަންކާ މީހުން ކަނީ ކިހިނެތްބާ؟

  6. ޖަހާންގިރި

    އުމަރު ސުންބުލި އިސްތިއުފާދީފަ ރަށަށްދާންވީނު ބުންޏޭ ބުންޏޭ ކިޔާއިގެން މިއަދު ދޮގުހަދައިގެން ތިޔައުޅެނީ ކޮންއެއްޗެއް ހޯދުމުގެ ނިޔަތުގައި...

  7. އަހުމަދު

    ސަފީރަކަށް އެހެރީ ޑްރަގް މައްސަލާގައި 10 އަހަރުގެ ޖަލުހުކުމެއްގައި ހުއްޓާ މިނިވަން ވެގެން އުޅޭ މީހެއް ހިނދު ކޮޅުގައި ހުރެ ދާނެ. ކެރަފާ ނަސީމަށް ބޮޑު ބޭބެ ކިޔާ ކުއްޖެއް

  8. ކުރަފި

    ކަލޭމެން ދެން އަތްޖަހާ

    4
    2
  9. ޒާ

    ދިވެއްސަކަށް ކަމެއް ވެގެން އެހީތެރިކަމެއް ފޯރުކޮށްދޭނެ ސަރުކާރެއްނޫން މީއަކީ. ލަންކާގައި ބޮން ގޮއްވީމާ ލަންކާގައި މަގާނަގަން ތިބި ދިވެހި އެމްބަސީގެ މީހުންނަށް ކަންކަންކަން ނުކުރެވޭވަރަށް ފުނިޖެހިގެން އިތުރު މީހުން ލަންކާއަށް ފޮނުވިވާހަކަ އަޑުއެހިން އެކަމަކު ހާލުގައި ޖެހުނު ދިވެއްސަކަށް އެމީހުން އަޅާނުލާކަން ވަރަށް ސާފު. އޯގާތެރި ސަރުކާރުން ކިހާ އޯގާތެރިތަ؟

    5
    1
  10. ހަސަން ނ

    އަޅުގަނޑުމެންބޭނުންވީ ޖަޒީރާއްޖެ އިރާދަ
    ކުރެއްވީތީ މިއަދުމިތިބީ ޖަޒީރާރާއްޖޭގަ
    ޖަޒީރާރާއްޖެގެނައުމުގައި އިސްދައުރެއް
    ތޝަރީފުއާ އޭނާގެ ބައިވެރިން ﷲ އަށް
    ބިރުވެތިވޭ

    3
    1