ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ މެންބަރު ކަމުގައި ހުއްޓާ މަރާލި ޑރ. އަފްރާޝީމް އަލީގެ މައްސަލަ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާލި މައްސަލަ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިއްޖެ ކަމަށް، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

އެންމެ ގިނަ ބަޔަކު ސުވާލު އުފައްދަމުން ގެންދާ ތިން ހާދިސާގެ ތަޙްޤީޤުގައި އާދަޔާއި ހިލާފު ބޮޑު ކާމިޔާބެއް ހޯދިފައިވާކަން ސުއޫދު ހާމަކުރެއްވީ "ރާއްޖެޓީވީ" ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ސުއޫދު ވިދާޅުވީ، އެ ތިން ހާދިސާ ހިންގި ސަބަބު ވެސް ރިޔާސީ ކޮމިޝަނަށް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. މިއީ މިހާތަނަށް ފުލުހުންނަށް ވެސް ހޯދިފައި ނެތް ކަމެއް ކަމަށާއި މިއީ ރިޔާސީ ކޮމިޝަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށް ސުއޫދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެ ތިން މަރުގެ ވެސް މޯޓިވް މި އޮތީ ހޯދިފައި،" ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ، އަފްރާޝީމާއި ރިލްވާން އަދި ޔާމީންގެ މަރުގެ ފަހަތުގައި ތިބި މީހުން ހޯދުމަށާއި އޭގެ މޯޓިވް ދެނެގަތުމަށް ސަރުކާރުން މިހާތަނަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން ކުރި މަސައްކަތުން، އަޅުގަނޑުމެން ހޯދި ހޯދުންތަކަށް ބަލާއިރު މޯޓިވް (އެކަން ކުރި ސަބަބު) އާއި ފަހަތުގައި ތިބީ ކޮން ބައެއްކަން މިހާރު ވަނީ ހޯދިފައި،" ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް މިހާރު ލަސްވެގެން މިދަނީ އެކޮމިޝަނަށް ޤާނޫނީ ބާރު ލިބިފައި ނެތުމުންނެވެ. އާދައިގެ ރިޕޯޓެއް ނެރެލުން ފިޔަވައި އިތުރު ކަމެއް ކުރުމުގެ ބާރު މިހާރު ކޮމިޝަނަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅުމުން އެބިލް އޮތީ މަޖިލީހުގައި ހުއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ޢަލީ

    މީނާ މީ ބޯގޯސް ސޮރެއް.

    65
    8
  2. ނުބުނަަން

    ހޯދިފަ ހޯދިފަ ހޯދިފަ އަބަދު ތިހެން ކިޔާލަ ކިޔާލާ..........

    111
    7
  3. އެމީހާ

    ޖަމަލު ފޮޑިއަކަށް ނުވާނެބާ

    98
    6
  4. ޙސހސހ

    މީނާ ކުރާ ތަހްގީގެއް ކިހިނެއް ގަބޫލު ކުރާނީ. ސީދާ ވަކިބަޔަކު ފްރޭމްކުރަން ނިޔަތް ގަނެގެން ކުރާ މަސަކަތެއްތީ. ސޫދުއަށް ވަހީ ބާއްވާލައްވަނީ ތަ. ފުލުންގެ ތަޙްގީގަށް ނުހޯދިއޮތް ކަމެއް ހޯދެނީ.

    84
    8
  5. ބަކުރުބެ

    ހޮޅިވާހަކަ ނުފަތުރާ، ކަމުގެ ހަގީގަތް ހާމަކޮއްބަލަ، މީޑިއާތަކައް އަރާ ފޮނިކެޑުން ނޫން ކަމެއްނުކުރެވޭ،

    107
    8
  6. ތިތިބެ

    އެމްޑީޕީ ކުދިން ކޮޅަކަށްވާތީ ދޯ އެމީހުންގެ މައުޅޫލާތު ނުދީ ދިގުދަންމަނީ! މިހާރު ތިހެންކިޔާތާ 3 މަސް ދުވަސް ވަނީ!

    77
    3
  7. ތިމަންނަ

    ތިޔަ ކަންވެސް ރިޔާޒުގެ ޕްލެޓްފޯމަށް ނުވިއްޔާ ކިތަންމެ ހާވެސް ރަގަޅު

    81
    2
  8. އަހުމަދު

    ޑރ. އަފްރާޝިމް އަލީގެ މަރާ ބެހޭ ފޮތެއް ޖުލައި މަހު އެބަ ނުކުމޭ އެފޮތުގައި ވާ ގޮތުން ޚަރަދު ކުރީ އިންޑިޔާގެ މީހެއް ނުވަތަ ކުންފުންޏަކުން މީއީ ކޮންމެ ފަހަރަކުގެ ވެސް ތަހުގީގު ބުރެކި ޖެހޭ ހިސާބު ކިތަންމެ ވަރަކަށް ސުއޫދު ބުންޏަސް އެންމެ އަޑީގެ ވާހަކަ މިސަރުކާރަކުންވެސް ދެން އަންނަ ސަރުކާރަކުންވެސް ހާމަ އެއް ނުކުރާނެ. ކުރިންވެސް ތިކަން ރޭވި މީހުން ހައްޔަރު ކޮށް ޝަރަޢަތަށް ދިޔަ ސާބިތު ނުވީ އެއީ ފުލުހުންގެ ތަހުގީގު ގޯހީކީ ނޫން .... ސުއޫދު ބުނަނީ ބާރެއް ނެތޯ އެކަމު ހުރިހާ ހަގީގަތެއް ހޯދިއްޖެއޯ ކިހާ ހެއްވާ މީހަކު ހައްޔަރު ކުރީކީ ނޫން ..... ފުލުހުންގެ މުއައްސަސާ ހަވާލު ކުރަންވީ މީނާއާ ދޯ... ހެ ހެ ތިޔަކަުމުގައި ފިޔަވަޅު އަޅަން ފުޅުހުންނާއި ހަވާލު ކޮށްބަލަ އެތާ ހުރި ވެސް ރައީސް އައްޔަނު ކުރި މީހެކޭ އެނާ އަށް ހުރިހާ ބާރެއް ލިބިގެން ވޭ ކުރާނެ ޔަގީނުން ވެސް ސުއޫދަށް ބާރު ދޭ ގާނުނޫނެއް ހަދަން ޖެހޭތަ.. ރައީސް މާ އިތުބާޜު ކުރައްވާނެ ފުލުހުންގެ ވެރިޔާއަށް

    58
    4
  9. ތުރު

    ދީނީ ހަރުކަށި ހިޔާލުގެ މީހުންގެ ކަމެއް މީ.... އެކަން އެގޭ ޕޮލިޓިޝަނުން އެބަތިބި.... ފައިސާގެ ބޭނުމުގައި ހިމޭނުންތިބީކަމަށްވެސް ވެދާނެ

    30
    27
  10. ަޕަކާސް

    ހުސް ފޭކު

    66
    2
  11. ޗެރަބެ

    ހާ ހާ ހާ... ކިޔެން ދޮގު ހަދަނޫ؟

    39
    3
  12. އިމްރާން

    ތިއީ ބޮޑް ދޮގް، ސުއޫދު ތިބޭފުޅާއަކީ ޕޮރޮފެޝަނަލް އިންވެސްޓިގޭޓަރެއްނޫން، ދިވެހި ފުލުހުން ތިމަށްސަލަތައް ތަހުގީގުކޮށް ލިބިފައިހުރި މައުލޫމާތު ތިބޭފުޅާ ހާމަކުރާނީ، ސުއޫދުމެން ހީކުރަނީ އަދިވެސް ދިވެހިން މޮޔަހޭ. ދިވެހި ފުލުހުންގެ ތެރޭގަ އެމެރިކާއިން ޓްރޭނިންގްވެފަތިބި ޕޮރޮފެޝަނަލް މީހުން ތިއްބާ ސިސްޓަމް އޮޅުވާލުމާއި ދޮގްހަދަން ތިއީ ކޮންކަމެއް، ސުއޫދަކީ ދިފާއީ ވަކީލެއް، އެކަންކޮށްދީފަހުރީ ކޮންފަދަ ބަޔަކަށްތޯ ނަފުސާއި ސުވާލުކޮއްލައްވާ.
    ބޯގޯސްވެފަ މިތިބީ.

    64
    3
  13. ސައިޒާން

    ތީ ހައްވާގެ ތެލިފޯނާއިން ދޭކަހަލަ ޚަބަރު..

    50
    2
  14. ޒާ

    ހުރިހާ ގަލެއް ފުރޮޅާފައި އެއްކަމެއްވެސް ނުވެ އުޅެނިކޮށް ޕޮލިސް ކޮމިޝަނާކަމުން ވަކިވި މީހާ އަދިވެސް އެބަ ދައްކާ ފާޑުފާޑުގެ ވާހަކަ. ކަލޭމެނަށް ތިޔަ މަރުތަކުގެ ހަގީގަތް އޮޅިފައި ނުވަތަ ސަރުކާރުން ފޮރުވާފައި އޮތަސް އެކަން އޮތީ ޢާއްމުންނަށް ތިލަވެފައި. އެކަމުގެ ފަހަތުގައި ތިބިމީހުންނާއި ކީއްވެ ކުރިކަމެއްކަންވެސް އެނގޭ މީހުން ވަރަށް ގިނަ.

    38
    3
  15. ާަަާްއަހުމަދު

    ހުސް ފޭކް ވާހަކަ

    25
    1
  16. ކަނބުލޮ

    އެތައްފަހަރަކު ހޯދިއްޖެ ދެން ކޮން އިރަކުންތޯ އެ ހޯދުނު އެއްޗިއްސަށް ޢަމަލު ކުރަން ފަށާނީ؟ "އެމީހާ" ބުނާހެން ޖަމަލު ފޮޑިޔަކަށް ނުވެއްޖިއްޔާ ވެދާނެ!

    30
    1
  17. ޢަހުމަދު

    ޢެހެންވީމަ 4000 ފުލުހުން މުސާރަދީފަ ބޭތިއްބުމުގެ ބޭނުމެއް ނެތްކަމަށް ފެންނަނި ތިޔަ ކޮމެޓީއަށް ކާމިޔާބީއަށް އެދެން

    26
    4
  18. ރައްޔިތުން

    ކޮމިޝަނަށް ޤާނޫނީ ބާރު ދިނުމަށް އިންކާރު ކުރާ މީހުންނާއި މެދު ތިކަމުގައި އިތުރަށް ސުވާލުކުރަންޖެހޭ

    8
    14
  19. ނަޖީ

    ތިސޫދަކީ ދެންކާކު މަލަކައުމައުތުގެފާނެނޫން ތިޔަކީ ހަމަޔަގީނުންވެސް ދެން ސިޔާސީގޮތަކުން ގާނޫނީ ގޮތަކުން އެއްވެސް ބުރަދަނެ ހުރިމީ
    ހެނޫން ދެން ކިބޫ ބުނީމާ ބުނާގިތަކައް ހަދަން ހުރި މީހެ ތީ

    24
    1
  20. ޢަލީ އަޙުމަދު

    އެކަން ހާމަނުކޮށް އޮތީ އެކަން ގޮސް ވަންނަނީ ކޮންމެވެސް ގައުމެއްގެ އެންބަސީއަށް ކަމަށް ވާތީ. މީ ވަރަށް ވާހަކަ.

    23
    1
  21. މުހައްމަދު

    ތީ ހަމަހުސްދޮގު ތީ ކެމްޕޭނެއް ފަށަން ކުޅޭ ކުޅިގަނޑެއް ފެށުނީ ވެރިކަންލިބޭތާ ހަފްތާއެއްގެ ތެރޭގައި ނިންމަންބުނެ މިހާރު އަހަރުގެ ދެބައިވީ ނަމަވެސް ވީކަމެއް ހަރާން މަޖިލިސް ފުލްކޮށް ހިތަކަށް ލިބުނީ ނަމަވެސް އަދި ވެސް ވީކަމެއް ހަރާން ދެންއޮތީ ހުވާކުރުން އެކަންވެސް އަދި ކުރެވޭނެ ﷲގެ އިރާދަފުޅުން ނަމަވެސް ތިޔަހަދާ ދޮގުތަކެއް ހަދަހަދާ ތިބޭނެކަން ކަށަވަރު ވީމާ ޖަމަލުފޮޑިކަލޭ ހަދާ ހުތުރު ދޮގުތަކެއް ގަބޫލެއް ނުކުރެވޭ

    23
    1
  22. ޝައިން

    ތިޔަ ވާހަކަ ފުޅުގަ އެއްވެސް ބުރަކަމެއް ފެންނާކަށް ނެއް ކޮންމެވެސް އެއްޗެއް ވިދާލުވެގެން ތިޔަ ކޮމިޝަން އަށް ބާރު ހޯދެވީމަ ތިޔަކަން އެނިމުނީ

    22
    1
  23. ޖާބިރު

    ދެންތިހާރަނގަޅައް ތިހުރިހާކަމެއްސާބިތުވަންޏާ އިހައްދުވަހު ވީނުވީއެއްނޭންގި ލ އަތޮޅުންގެއްލިގެންއުޅޭކުއްޖާގެމަރުގެ ތަޙުގީގެއްފަށަންވީނޫންތަ ތިބުނަނީފުލުހުންނައްވެސް ނުހޯދޭކަންތައްހޮދާކޮމިޝަނެކޭ ތިވެސްދެންބޮޑުވަރު އަގުވައްޓާލަންއުޅުނަސް

    22
    2
  24. އެޖެންޑާ

    މިނިވަން މުއައްސަސާ ތަކުގެ ބާރު ކަނޑުވާލައިފަ ތިޔަ ކޮމިޝަން ތަކަށް ބާރު ދޭން ޤާނޫނު ފާސްކުރަން އެއުޅެނީ.. މީ ކޮންކަހަލަ ނާތަހުޒީބު ޑިމޮކްރަސީއެއް.؟؟މިއޮއް ދުނިޔެއެއް... ޝުބުޙާނައްﷲ..

    10
  25. ާަާައަލް

    ބޮޑު ފޫހިގަނޑެއް..

  26. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ލަންކާއަށް ހަމަލަދޭޭން އުޅޭކަން މީގެ 9 އަހަރުކުރިން މަގޭ އިންޓަލިޖެންސަށް އެނގުނު.

  27. ޕޮފުބާ

    ވަގުތުން ސޫދު ހައްޔަރުކުރެ

    11
  28. އައްބާސް

    ކަލޭމެން ގެ ތިޔަ ރޭވުންގަނޑަށް ވުރެ ﷲ ގެ ރޭއްވެވުން މާފުރިހަމަ. ތިޔަ ޖަހަން އުޅޭ މަޅިން އެކަލާންގެ މީހަކު ނުވަތަ ބަޔަކު ސަލާމަތްކުރައްވަން ހުރިއްޔާ އެކަމުގެ ހުރަހަކަށް އެއްވެސް މަހުލޫގަކަށް ކަމެއް ކުރުން ކުޅަދާނައެއް ނޫން.

    15
  29. ނައިބުތުއްތު

    ލަންކާގެ ބޮންގޮއްވާލިމީހުން ހޯދުމަށް ސުޢޫދާ ޙަވާލުކުރަންވީ. ވަރަށް ގަދަ މީހެއް. ޙުސައިން ސަލާހަށްވޯގޮތްވެސް ހޯއްދަވާ ދެއްވުން އެދެން.

    10
  30. ހަސަން

    މައްސަލަތައް ބެލި ހުރި ކޮމިޝަންތަކުން އެތާގަ ތިބި އޮފިސަރުން ކުރި ތަޙްްޤީގީ ރިޕޯޓްތައް ޙުސްނުއްސުޢޫދު ގެންދިޔައީ ހިއުމަންރައިޓްސް އިން ގެންދިޔަ ޕޮލިސް އިން ގެންދިޔަ ކޯޓު ތަކުން ގެންދިޔަ ދެން މި ބުނަނީ ތިމަންނާ މެންނޭ މި ހުރިހާ ކަމެއްކުރީ ސުޢޫދު ބަޔަކު ނިންދަވާފަ ލޯ މަތީގައި އަތް އަޅާ ބާރުކޮށްފައި ބޭތިއްބިޔަސް ހޭލާވެސް އުޅޭ ބަޔަކު އެބައުޅޭ މިޤައުމުގައި.

    16
  31. ބުރޯ

    އެއްވެސް ކަމެއް ވީކީއެއް ނޫން. ހުރިހާމީހުންގެ މަރުގެ ފަހަތުގާ ހުރީވެސް ހަމަ ނަސިދު ތަ ؟

  32. ފޯއް

    ކޮބާހޭ މާއިލް ؟؟؟؟؟ ތިމީހުން އެކަނި ތަ ހޯދަން ވީ ¿¿

  33. ނޫނު

    ކޮބާމީހުން ގާނޫނުގެ ކުރިމައްޗައް ނެރޭ ވަގުތުން ހުކުމް ތަންފީޒުކުރޭ