ހދ. ނޮޅިވަރަންފަށް ހިޖުރަކުރި 60 އާއިލާއަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މިއަދު ދެ ކުންފުނިއަކާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހައުސިން އެންޑް އާބަން ޑެވެލޮޕްމެންޓްގެ މިނިސްޓްރީގައި ބޭއްވި ރަސްމިޔާތެއްގައި 60 ގެ އެޅުމަށް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިން އާއި މާރިސް ކޮންސްޓަރަކްޝަން އަށެވެ.

މި އެއްބަސްވުމުގައިވާ ގޮތުން އެއް އަހަރުތެރޭގައި ގެތަކުގެ މަސައްކަތް ނިންމަައި، އާއިލާތަކާ ގެ ހަވާލުކުރެވޭނެއެވެ. މި މަޝްރޫއަށް ޖުމުލަ 27.88 މިލިއަން ރުފިޔާ ހަރަދު ވާނެއެވެ.

ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރ އައިޝަތު އާތިފާ ވިދާޅުވީ 2011 ވަނަ އަހަރު ފެބްރުއަރީމަހު ހދ. ފަރިދޫ , ކުނބުރުދޫ , އަދި މާވައިދޫ އިން ނޮޅިވަރަންފަރަށް ބަދަލުވި 181 އާއިލާގެ ތެރެއިން، ބޯހިޔާވަހިކަން ނުލިބިވާ 53 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައިކަމަށާއި ގެދޮރު އިމާރާތްކުރުމުގެ މައްސަކަތް އިތުރަށް މިދެންނެއްވި އާއިލާތަކަށް އިޖުތިމާއި ގޮތުން ދިމާވެފައިވާ މައްސަލަތަށް ހައްލުކުރުމަށް މިނިސްޓްރީން ދަނީ މައްސަކަތް ކުރަމުން ކަމަށެވެ.

ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

ރާއްޖޭގެ އެކި ހިސާބުތަކުގައި ހަދާ ނުނިމިވާ 1500 ހައުސިން ޔުނިޓުގެ ތެރެއިން ގދ މަޑަވެލިގެ 22 ޔުނިޓް , ގދ ގައްދޫ 50 ޔުނިޓް , ފދ. ހޯޑެއްދޫ 40 ޔުނިޓް , ޏ.ފޯވައްމުލަށް 200 ޔުނިޓް , ގއ. ވިލިގިލިހި 52 ޔުނިޓް , ސ. ހިތަދޫ 48 ޔުނިޓް,, ށ.ހުޅުމީދޫ 264 ޔުނުޓް ނުނިމި ހުރި މައްސަކަތް ނިންމުމަށް ފެނަކަ ކޯޕަރޭޝަން އާއި ހަވާލު ކުރެވި މައްސަކަތް ކުރެއްވެމުންދާ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެއެވެ. މި މަޝްރޫއަށް ޖުމުލަ 127.5 މިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ހަމަޖެހިފައެވެ.