ކޮންމެ ރަމަޟާން މަަހަކާއި ދިމާކޮށް ދެމުން އަންނަ ރޯދަ އިނާޔަތުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވާ 3000 ރުފިޔާއަށް ވުރެ ބޮޑުކޮށް ދިނުން ފިނޭންސް މިނިސްޓްރީން މަނާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިއަދު އަންގާފައި ވަނީ ރޯދަ އިނާޔަތުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ ގިނަ އިން ނުވަތަ މަދުން ނުދިނުމަށެވެ.

އެ މިނިސްޓްރީން މިގޮތަށް އެންގިއިރު، ރޯދަ މަހުގެ ތެރޭގައި އަލަށް ވަޒީފާ ދޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭނީ އެ މުވައްޒަފަކު ވަޒީފާ އަދާކުރަން ފަށާ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ ވަރު ބަލާފައިވަކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އަދި ރޯދަ މަހުގެ އިނާޔަތަށް 3000 ރުފިޔާއަށް ވުރެ މަދުން ދީފައިވާ ނަމަ، އަންނަ މަހުގެ މުސާރަ އިން އެ ބައި ހަމަޖެއްސުމަށްވެސް އަންގާފައިވެއެވެ.

ރޯދަ މަހުގެ ތެރޭގައި ވަޒީފާ އިން ވަކިވުމަށް ހަމަޖެހިފައިވާ މީހުންނަށް އިނާޔަތް ދޭނީ ރޯދަ މަހު އެމީހަކު މަސައްކަތް ކުރާ ދުވަހަށް ކަމާއި، ޕޭލީވްގައި ހުންނަ ފަރާތްތަކަށް ރޯދަ އިނާޔަތް ނުލިބޭނެ ކަމާއި، ޕޭލީވްގައި ހުރެފައި ވަޒީފާއަށް އަނބުރާ ނުކުންނަ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ވާ ދުވަހެއް ބަލާ ރޯދަ އިނާޔަތް ދިނުމާއި، ރޯދަ މަހުގެ ތެރޭގައި ލީވްއެއްގައި ހުރި މުވައްޒަފަކު ހިދުމަތުން ވަކިވާ ނަމަ، ވަކިވި ދުވަހާ ހަމައަށް ވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެ މުވައްޒަފެއްގެ އަތުން ހޯދުމަށް އަންގަފައި ވެއެވެ.

ރޯދަ އިނާޔަތުގެ ގޮތުގައި، ކޮންމެ ދިވެހި މުވައްފަކަށް 3000 ރުފިޔާ ދިނުަމަކީ ވަޒީފާއާ ބެހޭ ގާނޫނުން ލާޒިމް ކަމެކެވެ. އެހެން ނަމަވެސް ބިދޭސީންނަށް މި އިނާޔަތް ދިނުމަކީ ވަޒީފާ ދޭ ފަރާތުގެ އިހްތިޔާރުގައި އޮންނަ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މަރްޔަމް

    ރޯދައިގެ އިނަާޔަތް ބޮޑުނުކުރިޔަސް، ރައްޔިތުންގެ މަޖިލީިހުގެ މުސާރަ އާއި އެލަވަންސް ބޮޑުކުރީިމަ ރަނގަޅު ވާނެ.

    105
    3
  2. ޜަންނަމާރި

    ތި ހެޔޮ ނުދިނަސް، ކަލޭ މެން ބަނޑު ފުރައިގެން 3000ރ ވެސް ގެންދޭ.

    59
    1
  3. ނުރަބޯ

    މީހަކަށް އެއްޗެއް ގިނައިންދޭތީ ކަލޭމެން އެކަމާ ބެހޭނެ ކަމެއްނެތް. ކަލޭމެން ބަލަންވާނީ -/3000ރ އަށްވުރެ މަދުން ދޭތޯ.

    67
    2
  4. ހަސަން ނ

    މިސަރުކާރުން ރޯދައިނާޔަތްދޭން
    ބޭނުމެއްވެސްނޫން ނިމިދިޔަަސަރު
    ކާރުންރޯދައިނާޔަތައްތިންހާސް
    ރުފިޔާދީފައިވާތީއެއަދަދު ދޭން
    މަޖުބޫރުވީ ،ޔާމީނުގެސަރުކާރުން
    65އ މީހުންނަށް ފަސްހާސްދިނީ
    ތީ އެވަރުދެނީ މިސަރުކާރުގަ
    ފަސްހާއެއްރުފިޔާދިނުމުގެޤާބިލު
    ކަމެއްނެތް

    60
    2
  5. ކަމަނާ

    އެމްޑީޕީހިއްސާ އޮއްނަމީހުންނަ އެކިނަންނަމުގަ ރަށްޔިތުންގެ ލާރިބަހާ. ކިނބޫ

    51
    3
  6. ހަސަން ނ

    ކައުންސިލަރުންމުސާރަބޮޑުކޮށްލައްފަ
    ރޯދައިނާޔަތައް ތިންސަތޭކަރުފިޔާދެއް
    ވީމަރަގަޅުވާނެ

    47
  7. ޓުނޑުހަސަނު

    ހަސީލަތުގައި މައްސަލައެއް އެބައުޅޭ.

    42
  8. ޟމ

    މަޖިލިސް މެންބަރުނަށް 20000 ދިނަސް ހަމަ އެއްވެސް މައްސަލައެއް ނެތް....

    41
  9. ނޫސްކިޔާމީހާ

    ޢެންމެ މަތީ މީހުނަށްވެސް މިނިސްޓަރ އަދި އެއަށްވުރެ މައްޗަށްވެސް ދޭންވާނީ 3000ރުފިޔާ ސަބަބަކީ އެންމެންނަށްވެސް އެެެއްއަޅުކަމާކާ ގުޅިގެން ދޭ އެލަވަންސްއެއް. އެންމެ މަތީމީހުންވެސް ހިފާނީ 30ރޯދަ އެންމެ ދަށް މަސައްކަތުމީހާވެސް ހިފާނީ 30 ރޯދަ

    46
  10. ފަގީރު

    ބަޔަކަށް އެއްޗެއް ލިބޭތީ ކަން ބޮޑު ވީ ދޯ. އެބަޔަކު ދޭން ބޭނުމިއްޔާ ގިނައިން ދެވޭ ގޮތައް ދޫކޮއްލާ

    47
    1
  11. ހޫނ.

    ޕީ.ޕީ.އެމް.އަށް ފައިސާ ދޫނުކުރެވިގެން ތި އުޅެނީ، ރަމްޟާން މަހުގެ ޢިނާޔަތް ދޭލެއް ބޮޑުކަމުންތަ؟

    10
  12. ޥަގުފް

    ފިނޭންސް މިނިސްޓަރުގެ ނުކުޅެދޭ މިންވަރު މިކަމުންވެސް އެބަ އިނގޭ

    15
  13. އަލީ

    ރޯދައިނާޔަތްއެއްމެހައްގުވާނީމަޖުލިސްމެމްބަރުއްނައްއެއިންކޮންމެމީހަކައް30000ދީރޯދައަކައް1000ރަނގަޅުވާނެ

  14. ރަޝީދު

    ބައެއް ރަށްރަށުގެ ގޭގެ އަށް ރޯދަ އިނާޔަތެއްގެ ގޮތުގައި ހިލޭ ކަރަންޓް މުޅިރޯދަމަހު ކައުންސިލުން ހަމަ ޖައްސައިދިނުން ފިނޭންސް މިނިސްޓަރަށް އޯކޭ ކޮބާތޯ ހަމަޔާ އުސޫލު

  15. ރަނގަޅޫ ވާހަކަ

    ދަށުފަންތީގެ ވަޒީފާގައި ތިބޭ މީހުންނަށް ފައިސާފޮއްޗެއް ލިބޭނަމަ ސަރުކާރާއި މަޖްލީހާއި އެހެނިހެން މީހުން ވަރަށް ކަންބޮޑުވޭ. އެކަމަކު މަތީ މަޤާމު ތަކުގައި އުޅޭމީހުންނަށް ހުރިހާ އެއްޗެއް ބަރާބަރަށް ރައްޔިތުންގެ ފައިސާއިން ހޯދައިދޭން ޖެހޭ. ކޮންމެ ބަޔަކަށްވެސް މިދެނީ ދައުލަުތުގެ ޚަޒާނާއިން.

  16. ހަސީ

    ކުންފުނިތަކައް އޮންނަން ޖެހޭނެ އެމީހުންގެ ބޯޑުން އެކަން ކަނޑައެޅުމުގެ ބާރު.. އެެހެން ނޫނީ އެއީ ސަރުކާރުގެ އިދާރާތަކަކައް ހަދާށެވެ. ކެޕިޓަލް ވަކި ކޮއްފަ އޮންނަ ކުންފުނިތަކުގެ ޚަރަދަކުންނެއް ސަރުކާރުގެ ބަޖެޓަކައް އަސަރެއް ނުކުރާނެ.

    10
  17. ކަޓުނަގާ

    އާންމުނިކަމެތި ރައްޔިތު މީހާއަށް ލޯލާރިއެއްވެސް ލިބި ހިންދެމިލިޔަދީގެން ނުވާނެ. އެހެންވެއްޖެނަމަ މޭކަރާ ބޮލުގަރިސާ ހޮޑުލެވި ބޭރަށްވެސްހިންގާނެ. އެކަމަކު މަގާމެއްހޯދަންރައްޔިތުމީހާ އަށްސަލާން ޖަަހާ އިރުރައްޔިތުމީހާ ގެހާލާމެދުކަންބޮޑުވެ އެއްފަހަރާދެކަމުހާޖަތައް ދެވޭހާވެސްބޮޑައްކަންބޮޑުވާނެ.ވަގުތުން ފްލެޓާގޯތިބިން ޖީބުންނަގާދޭނެ. މޮޅުކަމަކީ މިފަދަހެއލުންތެރިކަމުގެ އަވާގައި އެތައްފަހަރަކު ޖައްސާއިރު ވެސް ގުނބޯހެދިފަ އަތްޖަހަމުން ދަތްޕިލަ ދިލުވާގެން އެހެއްލުންތެރި ހީލަތްތެރިން ފަހަތުންމަރުފަލިޖަހާތީ. ޖެހެވެންއޮތް އެންމެމަތީދަރަޖައެއްގަ އެމައްކާރުންގެ ގުއިރޯނުގަޖެހޭ. އޭރުންހުންނާނީ އިނާޔަތްތައްބޯވެފަ. ދެްނަބާރަށްއަތްޖަހާ!!!