2019 ވަނަ އަހަރުގެ ކިޔެވުން ފެށި އަހަރުގެ މެދަކާ ހަމައަށް އައި އިރު ލިބެމުން އަންނަ އެންމެ ބޮޑުއެއް ޝަކުވާއަކީ ޓީޗަރުން ހަމަނުވާ ޝަކުވާއެވެ. މިކަމާއި ގުޅިގެން މިއަދު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީޗަރުން ހޯދުމަށް އިއުލާނެއް ނެރެފައެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީ އިން ނެރުނު އިއުލާނުގައި ބުނެފައިވަނީ ރާއްޖެތެރޭ ސްކޫލުތަކަށް ކޮލިފައިޑް ބިދޭސީ ޓީޗަރުން ބޭނުންވާ ކަމަށާއި ބޭނުން ވަނީ ސެކަންޑަރީ ފެންވަރުގެ ޓީޗަރުން ކަމަށެވެ.

ބިޒްނަސް އަދި ސައިންސް ސްޓްރީމްގެ މާއްދާތަކުގެ އިތުރުން އަރަބި، އާޓް، ހެލްތް އެންޑް ޕީއީ، މެކޭނިކްސް އަދި ބީޓެކް ހޮސްޕިޓާލިޓީ މާއްދާއަށް 38 ޓީޗަރުން ހޯދަން އެ މިނިސްޓްރީ އިން ވަނީ އިއުލާންކޮށްފައެވެ.

އަދި އިންޓަވިއުއަށް އަންނަން ޖެހޭނީ އަމިއްލަ ޚަރަދުގައި ކަމަށް ވެސް މި އިއުލާންގައި ވަނީ ބުނެފައެވެ. ނަމަވެސް ވަޒީފާ ހަމަޖެހުމުން ދެކޮޅު ޓިކެޓާއި ހުރުމާ ކެއުމުގެ ހަރަދު އެ ފަރާތުން ހަމަޖައްސާނެ ކަމަށް ވަނީ ބުނެފައެވެ.

އަދި އިންޓަވިއު އިން ނަގާ ޓީޗަރުން އާއި މިނިސްޓްރީ އާއި މެދު ފުރަތަމަ ސޮއި ކުރެވޭނި އެއް އަހަރުގެ މުއްދަކަށް ކަމަށާއި މި ޓީޗަރުންގެ ޕަޕޯމެންސަށް ބަލާ ރަނގަޅު މުވައްޒަފުންގެ ކޮންޓްރެކްޓް އައުކޮށް މުއްދަތު އިތުރު ކުރެވިގެންދާނެ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

ރާއްޖެ ތެރޭގެ އިތުރުން މާލޭގެ ބައެއް ސުކޫލު ތަކުގައި ވެސް ޓީޗަރުން ހަމަނުވާ ކަމުގެ ޝަކުވާ އަންނަނީ ބެލެނިވެރިންގެ ފަރާތުން ލިބެމުންއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަޕްޝަން

    މިއީ އެތެރޭގައި ތިބި ބަޔަކު ހިންގާލާ ކޮރަޕްޝަނެއް. އަމިއްލައަށް އިންޓަރވިއު ޕެނަލް ސެޓްކޮށް ނާގާބިލް ޓީޗަރުން ކޮޅެއް ސިސްޓަމުގެ ތެރެއަށް ވައްދަން ތި އުޅެނީ

  2. ވައްލަ

    ދިވެހިން ތިބިތޯ ބަލަން އިއުލާނުކޮށްގެން ނުލިބުނީމަތަ؟