ބްލޮގާ ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލިތާ މިއަދަށް ދެ އަހަރު ފުރޭއިރު އެކަމާ ގުޅުވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓަކާއެކު ގިނަ ބަޔަކު ރައީސް ސޯލިހަށް ތައުރީފް ކޮށްފިއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ "ދުލެއް ނުކުރާނަން" ކަމަށެވެ. އަދި އެއާއެކު، ޔާމީން ރަޝީދުގެ އެންމެ ފަހުގެ ޓްވީޓްގައި ހިމަނާފައިވާ ރަތް ފުއްޕާހަން ރައީސް ސޯލިހު ވެސް މިއަދުގެ ޓްވީޓްގައި ހިމެނުއްވިއެވެ. އެ ފުއްޕާހަމަކީ ޔާމީނަށް އިންސާފު ހޯދިނުމަށް ގޮވާލާ، ޓްވިޓާގައި އެންމެ ގިނައިން ފެންނަ ފުއްޕާ ހަމެވެ.

"ދުލެއް ނުކުރާނަން" އެ ޝިއާރަކީ ޔާމީން ރަޝީދަށް އިންސާފު ހޯދުމަށް ކުރާ ކެމްޕެއިންގެ ޝިއާރެކެވެ. އެ ޝިއާރު އުފެދިގެން އައިސްފައިވަނީ ވެސް ޔާމީން ރަޝީދުގެ ޓްވީޓްތަކުންނެވެ. މިއަދު އެތައް ބަޔަކު ބައިވެރިވި ހިނގާލުމުގައި ރައީސް ވަނީ އެކަމަށް އިންސާފު ހޯދައިދިނުމަށްވެސް ގޮވާލާފައެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓާއެކު، އެމަނިކުފާނަށް ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ތައުރީފް ކޮށްފައެވެ. އަދި އެމީހުން ރައީސް ސޯލިހަށް ވޯޓް ދިން ސަބަބަކީ އެއީ ކަމަށާއި އެގޮތުގައި ދެމިހުންނަވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައިވެ އެވެ. ޔާމީން އާއި ރިލްވާންއަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއް ވެސްމެއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް އުފުލި އެވެ. އެއީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ކަމަށްވެ އެވެ. އެ މައްސަލާގެ ޝަރީއަތް އަދިވެސް އޮތީ ކުރިމިނަލް ކޯޓުގަ އެވެ. ދެ އަހަރުވީއިރު، ޔާމީންގެ މަރަށް އިންސާފެއް ނުލިބެ އެވެ. އަދި ޔާމީންގެ ގަތުލްގެ މަގުސަދެއް އަދިވެސް ފުލުހުންނަށް ބުނެ ނުދެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ދިވެހިމީހާ

    ތިޔަ ޓްވީޓް ކުރެއްވުން އެންމެ ރަގަޅު އެކަމަކު ތިހިނގާލުމުގެ އެންމެ ކުރީގަ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ހުންނަވަން ޖެހޭބާ؟

    25
    1
    • އާލިއާ

      ކީއްވެ ނުހުންނަންވީ؟

  2. ބޮކަރ

    "ރެޑް ބެލޫން" ރަމްޒުކޮށްދެނީ ކޮންއެއްޗެއްތަ؟ އެއީ ޢަލްމާނިއްޔަތުގެ (ސެކިއުލަރިޒަމްގެ) އަހުލުވެރިން ރަމްޒުކޮށްދޭ އެއްޗެއްތަ؟ އެހެން މިބުނީ ގިނަފަހަރަށް އިސްލާމްދީނާ ޚިލާފު ވާހަކަތަށް ޓުވިޓާގަ ޕޯސްޓުކުރާ ދިވެހިންގެ ޔޫސަރ ނޭމްއާއި ދިމާލުގައި "ރެޑް ބެލޫން"އެއް އިންނާތީ.

    43
    5
  3. ހަސަނު

    ކޮބާތަ ވާނުވާ ނޭނގި ގެއްލުނު ސިމާ. މިކަން ސަރުކާރަށް ބޮޑެއް ނުވޭތަ.

    40
    3
  4. ދޫ ނުކުރާތި!

    ކިތައްމެ ވަރަކަށް ކޮމިޝަންތައް ހަދައިގެން މަރުތަކުގެ ޙަގީގަތް އޮޅުވާލަން ފަސްއަޅާ ފޮރުވާލަން މަސައްކަތްކުރިޔަސް ދިވެހިންނަށް އިނގޭ އެއްޗެކޭ އޭރުގަ މަތީ މަގާމްތަކުގަ ތިބި ވެރިން އެއޮތީ އެކަމުގައި ރ.ޔާމީންގެ އެއްވެސް އަތެއް ނެތްކަމަށް ބުނެފަ. އަދި ހަމަ އެއާއި އެކު އެކަމަށް ފަންޑްކުރީވެސް މިހާރުގެ ސަރުކާރުގެ ޕާރޓީއަށް ނިސްބަތްވާ ވިޔަފާރި ވެރިންނޭވެސް އެ އޮތީ ބުނެފަ. ދެން ކޮންމެހެން ކޮމިޝަންތައް ހަދައިގެން ކަމުގެ ޙަގީގަތް އޮޅުވާލަން އުޅުނަސް ދިވެހިންނަކަށް ނޯޅޭނެ.

    32
    1
  5. ޑާޑާޑާޑާ

    ޔާމީންގެ މަރަށް އިންސާފު ހޯދަން ގޮވާލި ހިނގާލުމުގައި ރައީސް ބައިވެރިވެ ވަޑައިގަތުން އެއީ ޕަބްލިކް ސްޓަންޓްއޭ ޖައްސާ ތަމެންގެ ވެރިކަމަށް 9 މަސް ދުވަސް ވެގެންދާއިރު ވެސް ތަމެންނަށް ތިޔާ ކަމުގައި ކޮންސްޓްރަކްޓިވް އުސޫލުން އެއް ކަމެއް ވެސް ނެތޭ ކުރެވިފައި އެކަމަކު ތަމެން ބޭނުން ކަން ކޮށްފިނޫންތޭ 5 މިލިއަން ރުފިޔާ ދޭން ޖެހޭ ކުންފުންނަކަށް 35 މިލިއަންދީ އަދި ދީބާޖާ އަށް 300 މިިލިއަން ރުފިޔާ ދޭން ނިންމިއްޖެ ނޫންތޭ ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް..

    24
    1
  6. އަހަތަކުރާ

    މިކަމުގައިރާއްޖޭގެ ރައީސުލްނުކުމެވަޑައިގެން ޙަޤީގަތްހާމަކުރުމައް ސަރުކާރަށްގޮވައިލެށްވީމާ އެކަންކުރަންޖެހޭނީ ޖަޒީރާރާޢްޖޭންތޯ ނުވަތަދިވެހިރާއްޖޭންތޯ ސުވާލުއުފެދިއްޖެ.މިކަންސާފުކޮށްދެއްވާނެބޭފުޅަކުއެބަހުންނެވިބާ.

  7. އައްމި

    ތީ ދެއްކުންތެރިކަން، މަގުމަތީގައި ހިނގާލުން ނުބޭއްވިޔަސް މަރާލާފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންނަށް އިންސާފު ހޯދޭނެ، އަލްއުސްތާޛް ހުސުނުއްސޫދު ނޫންތޯ ބުނީ މިހާރު އެމީހުން ދެނަގަނެވެއްޖެކަމަށް ކީއްވެތޯ ހައްޔަރު ނުކުރެވިގެން ތިޔަ އުޅެނީ، މީހުން މީހުންނަށް އެބަފެނޭ ނޫންތޯ ސަރުކާރުންވެސް މަސައްކަތް ކުރާތަން، އެކަން ދެއްކުމަށްޓަކައި ކުރިކަމެއް

  8. ގޮޓާޓޯކް

    ޓެރެރިސްޓް ހަމަލާ ދޭމީހުން ދީނުގެ ނަމުގައި އެ ފިކުރީ ހަނގުރާމަ އަކަށް ބަދަލު ކޮށް ގެން އުޅެނީ އެއީ އާންމު ކޮށް ފަގީރު ގައުމު ތަކުގައޭ އެކަން އެމެން އެކުރަނީ އެއީ ފައިސާގެ ބޭނުމުގައި ކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކޭ މިފަދަ ކަންކަން މިހެން މިދިމާވާން ޖެހޭނީ އެގޮތަށް ދިމާވާ ގައުމެއްގެ ރިސޯރސް ތައް ރައްޔިތު އެންމެންގެ މެދުގައި އީކްއަލް ކޮށް ބަހާނުލާ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ގައުމުގެ ރިސޯރސް ތައް ވަކި ބަޔަކު ލޫޓުވާލާތީއޭ އައި އޭމް ސޮރީ ބަޓް ވީ ގޮޓާ ޓޯކް އިޓް ނައު ވީ ގޮޓާ ޓޯކް އިޓް ނައު ވީ ގޮޓާ ޓޯކް އިޓް ނައު...

  9. ޒިރޯ

    ރައީސް ސާލިހުގެ އިތުބާރު ކެޑިއްޖެ. ސަބަބު: 1- އިންޑިޔާއަށް ޤައުމު އަޅުވެތިކުރުން 2- ކޯލިޝަން އެއްބަސްވުމާއެއްގޮތަށް އަމަލުނުކުރުން. 3- ކަރެޕްޝަން ޒިރޯ ޓޮލަރެންސް އޭވިދާޅުވެ ރައްޔިތުންމަޖްލިސް ކެމްޕޭންގައި އަމިއްލައަށް ބޮޑެތި ޚިޔާނާތާ ކަރެޕްޝަން އިންތިހާޔަށް ހިންގުން. 4- އަފްރާޝީމް އަވަހާރަކޮއްލި މީހުން އެރޭފުރާގެން ދިޔަކަމަށް ބުނި ނަޝީދުއާ އެކަމާއަދިވެސް ސުވާލެއްނުކުރެ. ޢެމީހުންފުރުވާލީ ކީއްވެތޯވެސް ނާހަ. 5- ޤައުމު ދަރާތީ ކަންބޮޑުވި މީހުން ޔާމީން ސަރުކާރުން 5 އަހަރުތެރޭނެގި ލޯނައްވުރެ ބޮޑު ލޯނު 1 މަސްތެރޭނެގުން. 6- ސިޔާސީ ވަޒީފާތައް ނާޤާބިލްމީހުންނަށް ބެހުން. 7- އީރާނާ އަދި ޤަދަރާއެކު ޑިޕޮލޮމެޓިކް ގުޅުން ޤާއިމްކުރާނެކަމަށް ވަޢުދުވެ އެކަންނުކުރުން. 8- މީގެ އިތުރުންވެސް ބައިވަރު ނަހަމަކަންތއްތައްސަރުކާރުތެރޭގައި ހިންގަމުންދަނީ.

  10. ދިސްވޭ

    ބޮމުގެ ހަމަލާ ތަކާއި ގުޅޭ ގޮތުން ރާއްޖޭގެ ކެބިނެޓް ބައްދަލުވުމެއް ބޭއްވިއޭ ތަމެން ނިންމީ ކޮން ކަމެއްތޭ އެއިން މަމެންނަށް ނޭގުން އެއީ ދެރަކަމެކޭ އައި އޭމް ސޮރީ ބަޓް އައި ވޮނާ ނޯ ދަ ޑިސިޝަން ނޯޓް ސޯ އިޓްސް އޯލް ބައި މީންސް އޮފް އެންޓަޔަރ ޕަބްލިކް ނޯ ބަޑީ ގޮނާ އެކްސެޕްޓް އަދަރ ދެން ދިސް އާއް ނޯ ބަޑީ ނޯ ބަޑީ ނޯ ބަޑީ ޑާންސް ޑާންސް ޑާންސް...

  11. ވެބްކެމް

    ސަރުކާރާ ދެކޮޅަށް ރައީސުލް ޖުމްހޫރިއްޔާ!!!!!

  12. ކޮސް

    ކޮންމެވެސް ކޮންމެވެސް ދޫނުކުރާތި، 24 ގަޑިއިރު އަދި ހަމައެއްނުވޭ.

  13. މުޅިންގޯސް

    ރައްޔިތުން ތިބޭނީ ގައުމުގެ ރައީސްގެ ފަހަތްޕުޅުގައި. ރައްޔިތުންގެ ލޯތައް(ފަހަތުގައި ތިބޭ މީހުންގެ ލޯތަށް ) ފަރުދާ ކުރެވޭނީ ވެރިމީހާ ފޮތިގަނޑު ހިއްޕަވައިގެން އެންމެ ކުރީގައި ހުންނަވައިގެން.

    1
    1
  14. ޔާމިން

    އެއީބޮޑުމޮޔައެއް

  15. ޏ

    ރައިސްގޮވާލާ ގޮވުން ތަކަށް ދޫ ދޭން ހުރީ ވެސް ރައިސްދޯ .ހުރިހާ ބާރަކާ ގޮނޑި ތައްވެސް މިލްކު ކޮއްގެން ހުރެ ގޮވަނީ ދުލެއް ނުކުރާނަމޭ .ކާކަށް ދޫ ކުރަން ޖެހިގެން ތަ ބާރުތަކާ ހަވާލުވެ ހުރެ ދުލެއް ނުކުރާނަމޭ އެގޮވަނީ .ރައިސެއް ކަމަކު ގައްޓާ ވާންވެސް ކިޔަން ޖެހޭ އެއްޗެހި ކިޔާބަލަ .