ދިރާގާއި ބައިކް މޯލްޑިވްސްއިން ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ހުޅުމާލޭ ބައިކް ޓްރެކްގައި މަމެން އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕް ބާއްވަން ނިންމައިފިއެވެ.

ދެ ދުވަހުގެ މުައްދަތަކަށް ކުރިއަަށްގެންދާ މި މިމުބާރާތް އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރުގައެވެ. މިއީ ދިރާގާއެކު ބައިކް މޯލްޑިވްސް އިން މިމުބާރާތް ބާއްވާ ދެވަނަ އަހަރެވެ.

މިއައަހަރުގެ މުބާރާތުގައި 16 ސްކޫލަކުން 515 ކުދިން ވަނީ ބައިވެރިވެފައިވެއެވެ.

މިދިޔަ އަހަރު އޮތް އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕްގެ ތެރެއިން

މި މުބާރާތުގައި މިފަހަރުވެސް ތަފާތު 25 ރޭހެއް، 3 އުމުރުފުރާގެ މެދުގައި ކުރިއަށްދާނެއެވެ. އެއީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރުފުރާއެވެ. ކޮންމެ އުމުރުފުރާއެއްގައި ވެސް އަންހެން އަދި ފިރިހެން ބައި ކުރިއަށްދާނީ ވަކިވަކިންނެވެ.

މީގެ އިތުރުން 12 އަހަރުން ދަށުގެ އުމުރު ފުރާއަށް ހާއްސަ ކޮށްގެން ބާއްވާ "ފަން ރައިޑް" ގެނަމުގައި ހާއްސަ ބައިސްކަލު ރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު އޮތް އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕްގެ ތެރެއިން

މި މުބާރާތުގެ ރޭސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާގޮތުގެ ތާވަލު

26 އޭޕްރިލް 2019 - ހެނދުނު 7:00 އިން 9:00 އަށް

27 އޭޕްރިލް 2019 - ހެނދުނު 7:00 އިން ހަވީރު 4:00 އަށް

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައެވެ.

ބައިސްކަލް ދުއްވުމަކީ ތިމާވެއްޓަށް ފައިދާ ހުރި ކަމަށްވެފައި ދިވެހިރާއްޖެއަށް އެކަށީގެންވާ ކަމެއްކެވެ. ދިރާގުގެ އަމާޒަކީ ބައިކް މޯލްޑިވްސްއާއި ގުޅިގެން މިފަދަ ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ އާދަތައް ސްކޫލް ދަރިވަރުން އަށަގެންނެވުމަށް ބާރުއެޅުމެވެ.