އިދިކޮޅު މައިކޯލިޝަން ކަމުގައިވާ، ޕްރޮގްރެސިވް ކޯލިޝަނުގައި ހިމެނޭ ދެ ޕާޓީ ކަމަށްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި، ޕީޕަލްސް ނެޝަނަލް ކޮންގްރެސް ވެސް އޮތީ ހުޅުވާލެވިފައި ކަމަށާއި، އުމަރު ނަސީރު އަދި ޑރ.ޖަމީލްވެސް ވަޑައިގަންނަވަންވީ ކަމަށް ޕީއެންސީގެ ވަގުތީ ރައީސް ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިޔަށްދާ އެޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އަދުރޭ މިހެން ވިދާޅުވެފައިވަނީ އުމަރު އާއި ޖަމީލު ޕީޕީއެމް އާ ގުޅިވަޑައިގަތުމަށް ރައީސް ޔާމީން އާ އެކުގައި ކުރައްވަމުން ގެންދަވާ މަޝްވަރާތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

“ސިޔާސީ މައިދާނުގައި އުމަރު ނަސީރާއި، ޑރ.ޖަމީލާއި ރައީސް ޔާމީން އެކީގައި މަސައްކަތް ނުކުރެވެންވީ އެއްވެސް ސަބަބެއް އޮތްކަމަކަށް އަޅުގަނޑު ނުދެކެން.” އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ، ވެރިކަން ހޯއްދަވަން އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކޯލިޝަނުގެ ލީޑަރުންނަކީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަސް ވިދާޅުނުވާ ބޭފުޅުން ނޫން ކަމަށެވެ. އަދުރޭ އިތުރަށް ވިދާޅުވީ، ޕީޕީއެމް އަދި ޕީއެންސީ އޮތީ ހުޅުވާލެވިފައި ކަމަށާއި، ވަޑައިގެން ޕާޓީގެ ލީޑަރަޝިޕަށް ވާދަކުރައްވަންވެސް ފުރުޞަތު އޮންނާނެ ކަމަށެވެ.

“އަޅުގަނޑުމެން މަރުޚަބާ ކިޔަން، ކޮންމެ ބޭފުޅަކަށްވެސް މަރުޚަބާ ކިޔަން. ދެ ޕާޓީ އޮތީ ހުޅުވާލެވިފައި، ވަޑައިގަންނަވަންވީ، ވަޑައިގެން ހަމަ ވާދަކުރައްވަންވީ، ވާދަކުރައްވައިގެން ލީޑަރޝިޕަށްވެސް ވަޑައިގަންނަވަންވީ، އަދި ރިޔާސީ ޓިކެޓް ހޯއްދަވާ ހިސާބަށް ދިޔައީމަ އެކަމުގައިވެސް ޕާޓީގެ އުޞޫލުގެ ތެރެއިން މަސައްކަތް ކުރައްވަންވީ.” އުމަރު ގުޅިވަޑައިގަތުމާ ގުޅުވައިގެން އަދުރޭ ވިދާޅުވިއެވެ.

މީގެ ކުރިން އުމަރުވަނީ ޕީޕީއެމް ލީޑް ކުރެއްވުމާ ގުޅޭގޮތުން ރައީސް ޔާމީނާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، ކައިރި މުސްތަޤްބަލެއްގައި ރައީސް ޔާމީން ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދިވެހިދަރިން

    އެމްޑީޕީން ބޭނުންހައި އެއްޗެއް މިގައުމަކަށް ނެހެދޭނެ ހެދިޔަ ދީގރންވެސް ނުވާނެ... ސުއޫދުމެން ރިޔާސީކޮމިޝަނޭ ކިޔައިގެން އެއުޅެނީ ރައީސް ޔާމީން އާއި ޕީޕީއެމްގެ އިސްވެރިންގެ ބޮލުގަ ބޮޑުތުހުމަތުތަކެއް އަޅުވަން އެހެންވެ އިމްތިޔާޒް ފަހުމީ އެބިލު ލައިފައި ވަނީ 2012 އިން ފެށިގެން ތަހުގީގުކުރާގޮތަށް އެހެނެއް ނުވާނެ 2008 އިން ފެށިގެން ނަށީދު ހިންގި ޖަރީމާތަކާއި އެއަރޕޯޓު ވިއްކާލި ގޮތާ އައްޑޫ ކޮންވެންޝަން ސެންޓަރު އެޅިލާރިގަނޑު ކާލިގޮތާ ހެވީލޯޑު ކޮޅަށް ޖެހިގޮތްވެސް އަދި އޭރުގެ އެމްޑީޕީ ހުރިހާ އިސްވެރިންގެ ތަހުގީގުވެސް ކުރެވެން ޖެހޭ. އެހެންނޫނީ ތިހެނެއް އަދި ބިލެއް ހެދިޔަކަސް ނުވާނެ.. ؛؛ވަގުތުން އެބަޖެހޭ މިމީހުންގެ މި ސިޔާސީ ކުޅިގަނޑު އާންމުންނަށް ހާމަކޮށްދޭން

    37
    5
    • އަދުރޭ_09

      ބަލަ ކަލޭމެންނަށް ލިބުނެއްނު 5 އަހަރު އެ ހުރިހާ ކަމެއް ބަލަން. ތި ބައިގަނޑުވެސް ބެލީ އެ ހުރިހާ ކަމެއް ނުހޯދާ އިތުރަށް ކެވޭތޯ ވިއްޔާ

      3
      4
  2. ޑާޑާޑާޑާ

    ޔާމީންގެ މަރަށް އިންސާފު ހޯދަން ގޮވާލި ހިނގާލުމުގައި ރައީސް ބައިވެރިވެ ވަޑައިގަތުން އެއީ ޕަބްލިކް ސްޓަންޓްއޭ ޖައްސާ ތަމެންގެ ވެރިކަމަށް 9 މަސް ދުވަސް ވެގެންދާއިރު ވެސް ތަމެންނަށް ތިޔާ ކަމުގައި ކޮންސްޓްރަކްޓިވް އުސޫލުން އެއް ކަމެއް ވެސް ނެތޭ ކުރެވިފައި އެކަމަކު ތަމެން ބޭނުން ކަން ކޮށްފިނޫންތޭ 5 މިލިއަން ރުފިޔާ ދޭން ޖެހޭ ކުންފުންނަކަށް 35 މިލިއަންދީ އަދި ދީބާޖާ އަށް 300 މިިލިއަން ރުފިޔާ ދޭން ނިންމިއްޖެ ނޫންތޭ ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް..

    22
    3
  3. އައިއޭމް

    ބޮމުގެ ހަމަލާތަކާ ގުޅިގެން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިފަދަ ވަރުގަދަ ބޮމުގެ ހަމަލާ ތަކެއް ލަންކާ ގައި ދީފިނަމަ ރާއްޖޭގެ ސަރުކާރު ޖެހޭނެއޭ އެކަމާއި މެދު ޑެޑް ސީރިއަސް ކޮށް ވިސްނަން މީ ގައުމުގެ އަމިއްލަ ފެލޯސިޓިޒެންސް އާއި މެދު ތަފާތު ކުރާ އުސޫލުން ކަންކަން ކުރުމުން ދިމާވާ މައްސަލަތަކޭ ލަންކާގެ ދާޚިލީ ހަނގުރާމައިގެ ފެށުން ވެސް އެއީއޭގެ އަސްލޭ ދޭ ޑޯންޓް އަންޑަރސްޓޭންޑް އިޓް ވެލް އިނަފް އައި އޭމް ސްޓަޑީންގް އިޓް އައި އޭމް ސްޓަޑީންގް އިޓް އައި އޭމް ސްޓަޑީންގް އިޓް ޑާންސް ޑާންސް ޑާންސް...

    14
    2
  4. އައިމިސްޔޫ

    ބޮމުގެ ހަމަލާތަކާ ގުޅިގެން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ދެރަވަމޭ ލަންކާ އަށް ދިން ހަމަލާގައި އެތައް ސަތޭކަ ބަޔަކު އެކަމުގައި މަރުވެ އަދި އެގައުމުގެ އިގްތިސާދަށް އޭގެ ސަބަބުން ގެއްލުން ވަމުންދާތީވެ އެއީ ސީދާ ލަންކާގައި މިހާރު އޮތް ސަރުކާރުން ޒިންމާ ނަގަން ޖެހޭނެއޭ އައި ސްކެއަރޑް އޯއް އައި ކާންޓް ބިލީވް އައި މިސްޔޫ ލަންކާ އަައި މިސްޔޫ ޔޭއް އައި މިސްޔޫ އޯއް އައި ޑޫ އޫން އޫން ހޫން ހޫން ޔޭއް އައި މިސްޔޫ އައި މިސްޔޫ އައި މިސްޔޫ އައި މިސްޔޫ...

  5. ކިނބޫ

    ޢުމަރު ނަޞީރަކީ އިޚްލާޞްތެރި ވަފާތެރި ގައުމީ ބޭފުޅެއް. ވަރަށް ވަރަށް ތާއީދު ކުރެވޭ. އެކަމަކު ޑރ. ޖަމީލާމެދު އެ އިތުބާރެއް ނެތް. ނަޝީދު ފަހަތުގަ އަޅު ކުއްޖެއްހެން ހުއްޓި ހުރިތަން ފެނުނު ދުވަހު މަގޭ ހިތަށް އެރި ސަހަރޯއޭ. ގައުމުގެ އެއްވެސް ކަމެއް ރަނގަޅު ކުރުމަށް ނަޝީދާ އެކު ހިނގަންޖެހޭ އެއްވެސް ހާލަތެއް މި ގައުމުގަ ދިމާވެދާނެ ކަމަކަށް ގަބޫލެއް ނުކުރަން.

    7
    4
    • މޯލްޑިވިޔަން

      އުމަރު ނަސީރަކީ މޮޔައެއް

      2
      6