ރިލްވާންގެ ގެއްލުމުގެ ސަބަބުން މިއަދު އާއިލާ އަށް ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ ކަމަށާއި ރިލްވާނަށް އިންސާފު ހޯދައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ރިލްވާންގެ މަންމަ އާމިނަތު އީސާ ދަންނަވައިފިއެވެ.

ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާން އަދި މަރާލައިފައިވާ ބްލޮގަރ ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލިތާ މިއަދަށް ދެ އަހަރު ފުރުމާ ގުޅިގެން މިއަދު ބޭއްވި ހިނގާލުމުގައި ވާހަކަދައްކަމުން ރިލްވާންގެ މަންމަ އާމިނަތު ބުނީ ރިލްވާން އަކީ ރަނގަޅު ކުއްޖެއް ކަމަށާއި އެއީ ރަހުމަތްތެރިންނަށް ވެސް ރަނގަޅު އަދި ދުވަހަކުވެސް ރުޅި އައިސްގެން މީހަކާ ދިމާލަށް އެއްޗެކޭ ބުނެފައިވާ ކުއްޖެއް ނޫން ކަމަށެވެ.

"ރައީސް އަށް އާދޭހާއެކު މި ދަންނަވަނީ، އަޅުގަނޑުމެންނަށް މިކަމުގައި އިންސާފު ހޯއްދަވައި ދެއްވާށޭ. " އަސަރާއެކު ވާހަކަދައްކަމުން ރިލްވާންގެ މަންމަ ބުންޏެވެ.

ރިލްވާންގެ މަންމައަށް ކުރި އަސަރުގެ ސަބަބުން ވާހަކަ އިތުރަށް ކުރިއަށް ނުގެންދެވިގެން ފަހުން ވަނީ ހުއްޓާލާފައެވެ. މިއަދުގެ ހިނގާލުމުގައި ރައީސް ސޯލިހުގެ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަނިޔާވެރިކޮށް މަރާލެވުނު އަފްރާޝީމް އަލީއާއި ރިލްވާންގެ މައްސަލަ އަލުން ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮމިޝަނެއް އުފައްދަވައިފައެވެ.

ރައީސް އުފެއްދެއްވި މި ކޮމިޝަނަށް ބޭނުންވި ބާރުތަކެއް ރައްޔިތުންގެ މަޖިލީހުން ދޭން ދޮކޮޅު ހަދާފައިވުމުން މި ކޮމިޝަންތަކަށް ވަނީ މައްސަލަ ސާބިތު ކުރަން ދަތިތަކާ ކުރިމަތިވެފައެވެ. ނަމަވެސް ރައީސް ސޯލިހު ވަނީ އަންނަ މަޖިލީހަށް ކޮމިޝަންތަކަށް ބާރު ދޭ ބިލް އަލުން ހުށަހެޅުމަށް ނިންމަވާފައެވެ. އެމްޑީޕީއަށް އޮތް ސުޕަ މެޖޯރިޓީ އާއެކު މި ކޮމިޝަންތަކަށް ބާރުލިބޭނެ ކަމަށް ބެލެވެއެވެ.

ރިލްވާން ގެއްލިފައި ވަނީ 8 އޮގަސްޓް 2014 ގައެވެ. ރިލްވާން ވަގަށް ނެގުމުގެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއް ކަމެއް ސާފު ނުވިއަސް އޭނާ ގެއްލުވާލީ ފާރަލުމަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ގެއްލުމުގައި ގޭންގްތަކާ ގުޅުން އޮތް ކަމަށް ބުނެ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ، އެ އެންމެން ވެސް ވަނީ ދޫކޮށްލައިފަ އެވެ.

ރިލްވާން ގެއްލުވާލިތާ ހަތަރު އަހަރު އަދި ޔާމީން ވަރަށް ރަހުމު ކުޑަކޮށް މަރާލިތާ ދެ އަހަރުވެފައިވާއިރު މި ދެ ނޫސްވެރިނަށް އަދި މިހާތަށް އިންސާފެއްނުލިބެއެވެ. އާއިލާގެ ހިތްތަކަށް ފިނިކަމެއް ލިބޭވަރަކަށް ތަހުގީގަށް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޮހޮއްކޮ

    އެކަން އެއޮތީ މިހާރު ނިމިފައި. އެއީ ކޮންމެހެން ބަޔަކަށް އިންސާފު ހޯދަދޭން ތެޅުނުތެޅުމެއްނޫން. އެއިރުގެ ސަރުކާރަށް ޖެއްސުންކޮށް ދުއްޕާންކުރަންވެގެން މާހެޔޮބޮޑު ވެގެން އިންސާފުހޯދަދޭށޭ ކިޔައިގެން ލާދީނީ ބައިގަނޑު އުޅުނު ގޮތެއްއެއީ.

    9
    1
  2. Anonymous

    ޢަދިވެސް ރިޟުވާނުގެ މަރަށް އިންސާފު ނުލިބެނީބާ؟؟ ޜައީސު އިބޫސާލިހުގެ ކެމްޕެއިންގައި އެއްމެ އިސްކޮށް ވެފައިވާ 1ވައުދަކީ ރައީސުކަން ލިބުމާއިއެކު އެއްހަފުތާތެރެއިން އެފަދަ މަރުތަކަށް އިންސާފު ސާބިތުކޮށްދެއްވާނެކަން ޚާއްސަކޮށް ގެއްލިފައިވާ ރިޟުވާނުގެ މައްސަލަ، ވީއިރު މިހާރުވާނީ މިވައުދު ފުއްދާފައި ނޫންތޯ؟؟، ވެރިކަމަށް 5މަސްވެއްޖެ ވިއްޔާ!! ޜިޟުވާނުގެ އާއިލާގެ މެމްބަރުން ޢިބޫރައީސު ވެރިކަމަށް ގެންން ވޯޓު އޮއްސާލ

    2
    1
  3. ސަޓޯ

    ޕިސްޕިސްޕިސް މިއޮތީވާ ކަމެއް އިނގޭ