ހިޖާމާ ޖެހުމުން ފައިދާއެއް ނުވަތަ ބައްޔެއްގެ ފަރުވާއެއް ލިބޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް މީގެ ކުރިން ވިދާޅުވުމުން، ހޫނު ފެނަށް ވެއްޓުނު، ޑރ.އަބްދުﷲ ނިޔާފް، ފަހުން ޢަމަލު ކުރި ގޮތުން ގިނަ ބައެއްގެ ތަޢުރީފް އޭނާއަށް އޮހެން ފަށައިފިއެވެ.

ޓްވިޓަރގައި ޑރ. ނިޔާފް ވިދާޅުވީ ހިޖާމާއާ ބެހޭ ގޮތުން ވިދާޅުވި ވާހަކަ ވިދާޅުވީ، މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވުމުގެ ގޮތުން ޑޮކްޓަރެއްގެ ހައިޞިއްޔަތުން ކަމަށެވެ. އަދި އެކަމާއި ގުޅިގެން ދީނުގައި އެކަން އޮތް ގޮތް ގިނަ ބަޔަކު ހާމަކުރުމުން އިތުރު ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިވަޑައިގެންފި ކަމަށްވެސް ނިޔާފް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމާއި ގުޅިގެން ހުރި ޙަދީޘްފުޅުތައް ފުރިހަމައަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން މި ރަމަޟާން މަހު އުމްރާވެ ވަޑައިގަންނަވަން ނިންމާފައިވާ ކަމަށާއި މިހެން ކަމުން، އޭނާގެ ފަރާތުން އެެއްވެސް ފަރާތަކަށް ބަދު ބަހެއް ރައްދުވެފައިވާ ނަމަ ނުވަތަ މީހެއްގެ އިޙްސާސަށް ގެއްލުންވާފަދަ ކަމެއް ނުވަތަ ބަހެއް ވިދާޅުވެފައިވާނަމަ އެކަމަށް މަޢާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިވާހަކަތަކާއި ގުޅިގެން ނިޔާފަށް ގިނަ ބައެއްގެ ތަޢުރީފްދަނީ އޮހެމުންނެވެ. ގިނަ ބަޔަކު ބުނަމުންދަނީ އަމިއްލަ ކުށަށް އިޢުތިރާފް ވުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ސިފައެއް ކަމަށާއި ނިޔާފްއަކީ މިކަމުގައި ނަމޫނާއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހުސޭނޫ

    ސާބަހޭ ނިޔާފު ތިޔައީ ހީރޯ އެއް

    141
    11
  2. Anonymous

    ޔޫ އާރ ދަ ބެސްޓު ޑޮކްޓަރ އިން ދަ ވޯލްޑު އިންޝާ ﷲ ނިޔާމަ އުފާވެރި ކަމިޔާބް އުމްރާ ދަތުރެއް ޑޮކްޓަރ ނިޔާފް އަށް ދެއްވާށި

    167
    11
    • ހެހެހެހހެހެހެ

      އަސްލުތަ؟ ހަމަ ބެސްޓް އިން ޔުނިވާރސް އެއްނޫންތަ؟

      15
  3. ޙސހސހ

    ﷲ އަކްބަރު. ވަރަށް އުފާވެއްޖެއް. ހެޔޮގޮތް ވިސްނުނީމާ އެކަމުގައި އޮތް އެންމެ ރިވެތި ގޮތް ދެއްކެވުމަކީ އެންމެންގެ ލޯތްބާއި ﷲ ގެ ރުއްސެވުން ލިބޭނެ ކަމެއް. ﷲ ހެޔޮރަހުމަތް ލައްވާށި

    176
    6
  4. ލ

    ވާއު ލަވް ޔޫ.....ރެސްޕެކްޓް ޔޫ ސަރ

    98
    8
  5. ޔާމީން

    މީ ވަރައް ފޮނިބޮޑު މީހެއް....މީނާއަކައް ނެއް މާފެއް ސޮރީ

    6
    27
  6. ގުރަހަ

    މި އުޅޭ ސިޔާސީ މީހުންވެސް ތިޔަހެން ނަމޫނާ ދައްކާނަމައޭ ހިތަށް އަރާ.. އެވެރިންނަށް ވަރިހަމަ ކުފުރުގެ ބަހެއް ބުނެވުނަސް އެ ދިފާއުކޮށް އިތުރަށް ގަދަކަން ދެއްކުން ނޫން ކަމެއް ނުކުރާނެ.. ދީނުގަ އޮންނަ ގޮތް ސާފުވެފަ ނެތިދާނެ ހުރިހާކަމެއްގަ. އެންމެންނަކީ ދީން ކިޔަފާފަ ތިބި މީހުންނެއް ނޫން.. އެކަކަކު އިލްމުވެރިން އެކަން ބަޔާންކުރެއްވީމަ ޤަބޫލުކުރުން އެއީ ރީތިގޮތް.. ތިޔަ ދެއްކެވި.މިސާލަށް ސާބަސް

    23
    1
  7. ނުރަބޯ

    މާތްމީހުން ތިބޭނީ ތިޔަހެން. ހެލްތު މިނިސްޓަރަށާ އެތަނުގެ އެހެން އިސްމީހުންނަށް ވެސް ޙިޖާމާ އާއިބެހޭ ގޮތުން ޑޮކްޓަރަށް އެގިލެއްވި މައުލޫމާތު ހިއްސާކުރެއްވުން ރަގަޅު ވާނެ.

    22
    2
  8. ބަކުރު

    ޑިސް ލައިކް މި ދެނީ އޯ

    2
    3
  9. Anonymous

    ﷲ ސުބުހާނަހޫ ވަތަޢާލާ ތިބާއައް ހެޔޮ ރަހްމަތް ލައްވަވައި ފާފަ ފުއްސަވައިފާދޭވެ. ޢާމީން

    28
    1
  10. އަޙްމަދް

    ހިޖާމާ ޖެހުމާއި ބެހޭގޮތުން ޑަކުޓަރު ނިޔާފަށް ވިދާޅު ވެވުނު ބަސްތަކާއި ގުޅިގެން މީސްތަކުންގެ ފުށުން މަޢަފަށް އެދުމަކުން ނުފުދޭނެއެވެ.
    ސަބަބަކީ ޑަކުޓަރު ނިޔާފަށް އިންކާރު ކުރެއްވުނީ ﷲ ގެ ރަސޫލާ
    صلى الله عليه وسلم ގެ
    ޞައްޙަ ޙަދީޘް ބަސްފުޅަކަށަވެ.
    ވީމާ ޑަކުޓަރު ނިޔާފު ޖެހިވަޑައި ގައްނަވާނީ ޢިޙްލާސްތެރި ތައުބާ އަކުން ތައުބާވާށެވެ. އަދި އެކަން އިޢްލާނު ކުރަންވަން ޖެހޭނެއެވެ.
    ސަބަަބަކީ ތިކަން ހިނގާދިޔައީ އެއްމެންގެ ލޯމަތީގައި ފާޅުގައެވެ.
    ޢަދި ޑަކުޓަރު ނިޔާފަކި އާދައިގެ ރައްޔިތެއްވެސް ނޫނެވެ.
    ތިޔައީ ޙައްސަ ރައްޔިތެކެވެ.
    އެހެނީ ނަބިއްޔާ
    صلى الله عليه وسلم ގެ ޞައްޙަ ޙަދީޘް ބަސްފުޅަކީ ދެވަނަ ވަޙީއެވެ.
    އެކަމުގެ ދަލީލަކީ މިއެވެ.
    Holy Quran 53:3
    ------------------
    وَمَا يَنطِقُ عَنِ الْهَوَىٰ

    Nor does he speak of (his own) desire.
    Holy Quran 53:4
    ------------------
    إِنْ هُوَ إِلَّا وَحْيٌ يُوحَىٰ

    It is only an Inspiration that is inspired.
    އަޅަމެނެގެ ވެެރި ރައްބު:
    ޑަކުޓަރު ނީޔާފަށް އިބަ ﷲ ހިދާޔަތް ދައްކަވާ ދެއްވާނދޭވެ

    19
    • ގަމާރުމޯލްޑިވިއަން

      ހުރިހޤ ކަމެއް ވެސް އެއީ ވަޙީ ތަ

    • ގަމާރުންގެސަރުދާރު

      އެއޮތީ ހަދީޘް ފުޅުތައް އެނގުނީމަ ޤަބޫލުކޮށްފައެއްނު ދެން ކޯޗެކޭ ކިޔާ މީހެއްމީ

  11. ޢަރީ

    ގޮތްހުސްވެ އަރާނެގޮޅިހުސްވީ...

    5
    4
  12. ބުރޯ

    ހުރިހާ ބައްޔަކީ ވެސް ލެގަ އެކުލެވޭ ސެލްތަކަށް އަންނަ ބަދަލު ދޯ .އަލަށް އުފެދޭސެލްތަކާމަރުވާސެލްތައްވެސް ހުރޭދޯ .ދަިފާއީ ސެލްތަކާ ބަލިޖައްސާ ސެލްތައްވެސް ލޭގެތެރޭ ހުރޭދޯ . މިހުރިހާ ބަލަތަކަށް ވެސް ހިޖަމަ އިން ލޭސާފު ކޮށް ދިނުމުން ސަލަމަތް ވެވޭ.

    7
    1
  13. މޯހަން

    އޯކޭ ބްރޯ ، ވީ ލަވްޔޫ

  14. އެހީތެރިޔާ

    ޑރ. ނިޔާފަކީ ވަރަށް ރަނގަޅު ޑރ އެއް. އަޅުގަނޑަކަށް ޤަބޫލު އޭރުވެސް ނުކުރެވޭ ނިޔާފް އެހެން ބުނީއަކީ ހަދީޘް ޤަބޫލު ނުކުރާތީއޭ.ނޫނޭ ނިޔާފް ހައްޖައްވެސް ދިޔަ. ވަރަށް އަޅުވެރި. ހަގީގަތަކީ ކަވާ ޖެހުމުގައި ހަރުކަށިވެ އެނޫން އެހެން ފަރުވާ ކުރުމާ ދުރަށް ދިވެހިން ދާން ފެށިކަން.. މިސާލަކަށް ދުޢާކޮށްފަ ޒަމް ޒަމް ފެން ބޮއިގެން މީހުންގެ ލޮލަށް އަލުނެ ފެނުން ލިބިފަވެސް އެބަހުރި. ޒަމް މަމް ފެނާއި ގުޅިގެން އޮންނަނީ އެއީ އެބުއި ކަމެއްގެ ފަރުވާ ކަމަށް.. އެކަމަކު އަތް ބިންދައިގެން ގޮސްގެން ހަމަ ޑރ އަށް ނުދައްކާ ޒަމް ޒަމް ފެން ބުއިން ރަނގަޅު ތޯ.. ހަމަ މިގޮތަށް ކެންސަރު ބަލި ބޮޑެތި ޓިއުމަރ ތައް ކަހަލަ ކަންތައްތަކަށް ޑރ އަށް ނުދައްކާ އެކަން ކުރުން ރަނގަޅުތޯ.. ހަގީގަތުގަވެސް ކަވާ ޖެހުމަކީ ވަރަށް ރަނގަޅު ފަރުވާއެއް. ބައްޔެއް ނެތިވެ ކަވާ ޖެހިކަމުގައު ވިޔަސް އެކަމުން ހަށިގަނޑަށް ލުއިކަން ލިބޭ، އިސްލާމް ދީނަކީ މެދު މިނުގެ ދީން.. އެދީން ފުރިހަމަ ވާނީ ހުރިހާ ފަރުވާއެއް ކުރުމުން... މާބަނޑު އަންހެނަކަށް ބަޑުގައި އޮތް ދަރިފުޅު ބޮޑު ކަމުން ޑރ އެކުއްޖާ ނުވިހޭނެ ކަމަށާއި އަވަހަށް ސިޒޭރިން ނަހައްދައިފިނަމަ ދެމައިންގެ ފުރާނަ ގެއްލިދާނެއޭ ބުނީމާ ގެނައީ ވެސް އެފަރާތުން އޭ ގެންދަވާނީވެސް އެފަރާތުން އޭ ބުނުމަކީ އެންމެ ރަނގަޅު ގޮތް ބާ.. އަތް ބިންދައިގެން ދިއުމުން އެތާމަތީގައި ކަވާ ޖެހުން އެއީ އެންމެ ރަނގަޅު ގޮތް ބާ...

    8
    2
  15. ނައިބުތުއްތު

    ކޮބައިތޯ ހެލްތު މިނިސްޓްރީ ޙަވާލުކޮށްފައިހުންނެވި ބޭފުޅާ! މަޢާފަށް އެދިވަޑައިގަންނަވަން ނުވޭތޯ؟ ނިކަން ކެރިގެން ޑރ. ނިޔާފު ކަންކުރެއްވިފަދަ ރީތި ނަމޫނާއެއް ދައްކަވަން ކެރިވަޑައިގަންނަވާނެތޯ؟

    13
  16. ޜޯޒް

    މިގައުމުގައި އުޅެއްނެޏާ ޖެހޭނީ މައާފައްއެދެން ކިތެންމެ ތެދުވާހަކައެއް ދައްކާފަވެސް

  17. ދެންފަހަރަކުން

    މަޢާފް ކޮށްފިމެވެ! ދެންވެސް ގަދަ ބަސް ވިދާޅުވުމުގެ ކުރިން އިސްލާމް ދީނުގައި ކަން އޮތް ގޮތް ރަނގަޅަށް އޮޅުން ފިލުއްވައްޗެވެ. އޭރުން ފަހުން ލަދުގަންނާކަށް ނުޖެހޭނެ އެވެ. އަދި ދީނީ ގޮތުން ބުރަދަނެއް ނެތް މީހެއްކަން ހާމައެއް ނުވީހެވެ.