ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެއްވި ހިސާބުން އިދިކޮޅު ފަރާތް ތަށް ވެއްޓުނީ ޕްރެޝަރަށް ކަމަށާއި އަބަދުވެސް ތިބޭނީ ޕްރެޝަރުގައި ކަމަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ބުނެފިއެވެ.

ރާއްޖޭގައި މިހާރު އިއުލާން ކޮއްފައިވާ ކުއްލި ހާލަތު ނިމުމަކަށް މިއަދު އަންނަ އިރު އިދިކޮޅު ފަރާތް ތަކަށް އޮތީ ޕްރެޝަރު ތޯ ނޫނީ ހަމަޖެހުން ތޯ "ވަގުތު" އިން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ފެށުނީސްސުރެ އިދިކޮޅު ފަރާތްތަށް ތިބީ ޕްރެޝަރުގައި ކަމަށެވެ.

" 17 ނޮވެންބަރު 2013 އިން ފެށިގެން އިދިކޮޅު ފަރާތް ތަކުން މި ތިބީ ޕްރެޝަރެއްގައި, އެއީ އެބޭފުޅުންނަށް އެބަ ފެނިވަޑައިގަންނައްވާ ރައީސް ޔާމީން ގައުމަށް ގެންނަމުން ގެންދަވާ ތަރައްގީ, އަދި އެކަމުގެ ސަބަބުން އެ ބޭފުޅުން ވެރިކަމަށް އަންނަން ދެކޭ ހުވަފެންތަށް ފަޑުވަމުންދާ ކަމުގެ ބިރު އެބޭޅުންނަށް ދަނީ ހީވަމުން, އެހެން ކަމުން އެކަމުގެ ޕްރެޝަރު އެބޭފުޅުންނަށް އެ އަމާޒު ވަނީ " ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ކުއްލި ހާލަތު އިއުލާން ކުރެވިގެން މި ދިޔާއީ އިދިކޮޅު ފަރާތް ތަކުން ޖުޑީޝަރީގެ ތެރެއިން ޖަރީމާތަކެއް ހިންގަން އުޅުމުން ކަމަށެވެ.

"ޖުޑީޝަރީގައި އިސްކޮށް އުޅުއްވި ދެ ފަޑިޔާރަކާއި ގުޅިގެން އިދިކޮޅު ފަރާތް ތަކުން ރޭއްވީ ސަރުކާރު ވައްޓާލަން, މި ހިންގަން އުޅުނު ޖަރީމާގެ ސަބަބުން ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރެވުނީ" ހަލީލް ވިދާޅުވިއެވެ.

ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު މިރެއަށް ހަމަވާއިރު، ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މިހާރުވެސް ތިއްބެވީ ހައްޔަރުކޮށްފައެވެ. އަދި މަޖިލީހުގެ ތިން މެމްބަރަކުވެސް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުތަމުގައި ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެހެނިހެން ސިޔާސީ އިސް ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަފްޞާ / މާލެ

    މާތްﷲގެ ރަޙްމަތްފުޅާއެކު 2018 ގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ފަސޭހަކަމާއެކު ކާމިޔާބުކުރައްވާނެއެވެ. ރާއްޖެއަށް ހުރިހާ ރޮގަކުން ރައީސްޔާމީން ގެނެސްދެއްވި ތަރައްޤީއަކީ ބުނެލާ ވާހަކައެއްނޫނެވެ. ލޮލަށް ފެނިފެނި ހުރި ޙާޤީޤަތެވެ. ޞިއްޙީ ކުރިއެރުމެވެ. ތަޢުލީމީ ފާގަތިކަމެވެ. އިޤްތިޞާދީ ބާރު ސްޕީޑެވެ. ފަންނީ ކުރިއެރުމެވެ. ޒުވާނުންނަށް ލިބުނު ފުރުޞަތުތަކެވެ. އަންހެނުންނަށް އައި ބަހާރީކަމެވެ. ބޯހިޔާވަހިކަމުގެ ބޮޑަތި މަޝްރޫޢުތަކެވެ. ރަށްރަށުގެ ޢުމްރާނީ ތަރައްޤިއަށް އައި ރޯޝަންކަމެވެ. ބްރިޖެވެ. ވެލާނާ އިންޓަނޭޝަނަލް އެޔަރޕޯޓެވެ. އަލަށް އުފަންކުރި ރިސޯޓްތަކެވެ. ގުނަން ފަސޭހަނުވާހާ ގިނަ ވަޒީފާގެ ފުރުޞަތުތަކެވެ. ގެޓްސެޓް ލޯނެވެ. މިހެން ކިޔާނޭ ކަމެއްނެތެވެ. ރައީސް ޔާމީންގެ ކުރިން 2013 އަހަމައަށް ރާއްޖެ އޮތް ޙާލަތު ދިރާސާކޮށް ދިވެހިން މިކަންކަން ދަންނާނެއެވެ.