އދ. އަތޮޅު ކުޑަރަށުގައި ހިންގާ، އަމާޔާ ރިސޯޓުގައި މަސައްކަތް ކުރާ މުއައްޒަފަކު ދަންޖެހިގެން މަރުވެއްޖެއެވެ. ދަންޖެހިގެން މަރުވެފައި ވަނީ އެރިސޯޓްގައި މަސައްކަތް ކުރާ ސްރީލަންކާގެ ރައްޔިތެކެވެ.

އޭނާ އަކީ އެ ރިސޯޓުގެ ޕެސްޓް ކޮންޓްރޯލްގައި މަސައްކަތް ކުރާ މުއައްޒަފެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ މިރޭ 19:30 ހާއިރު އޭނާ އާއި އެކު މަސައްކަތް ކުރާ މުއައްޒަފަކަށެވެ.

ލަންކާ މީހާ ދަންޖެހިފައި ހުރީ ރިސޯޓުގައި އޭނާ މަސައްކަތް ކުރާ ޕެސްޓް ކޮންޓްރޯލް ރޫމުގެ ތެރޭގައެވެ.

ދަންޖެހި މަރުވި މީހާގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން އެ ރިސޯޓަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ލަންކާ މީހަކު ދަންޖެހިގެން ރާއްޖޭގައި މަރުވި އިރު މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި ގުޅިގެން އެގައުމުން ވަނީ 300 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.

އިސްލާމް ދީނުގައި ދަން ޖެހުމަކީ މާތް ﷲ ނަހީކުރައްވާފައިވާ ބޮޑު ފާފައެކެވެ. ދަން ޖެހުމަކީ ކުފުރުގެ ތެރެއިން ހިމެނިގެންދާ ކަމެކެވެ. މާތް ﷲ ވަހީ ކުރައްވާފައި ގޮތުގައި، ކުފުރުގެ ހާލު މަރުވާ މީހަކީ ދުވަހަކު ނަރަކައިން މިންޖުވެވޭނެ މީހެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާމިގިލީ މީހާ

    ޖާނުންފިދާ ވުމަކީވެސް ސީދާ ކުފުރު މަރެއް. ބޮޑުވެގެންވާ ކުފުރު މަރެއް އެއީ.

    30
    2
  2. ބަކުރު

    ވަގުތު ނޫސް މިކަމަށް ހައްލެއް ހޯދަންބޭނުން. މިކަމާ ކައެމެން އުޅެބެއަރ. ކައެމެންނަށް މިކަން ވާނީ. އެންމެ އަގުބޮޑު ނޫސް. އައިލަވް ވަގުތު ނޫސް :ށ

    10
    11
  3. ވަކީލް ވައްޑޭ

    އަނެއްކާ މީނަގެ އަންހެނުންނާއި ދަރިންކޮޅު ލަންކާގައި ގޮއްވާލި ބޮންތަކުގެ ޝިކާރައަކަށްވީބާ؟ އެކަމުގެ ހިތާމަފާޅުކުރަން މީނާއަށް އެގުނުގޮތަކީ މިއީބާ؟ ޑައިއަނަދަރ ޑޭ 007

    11
    4
  4. ޙުކުމް

    މިހާރު ޚަބަރު ގެނެސްދީފައިވާ ގޮތް ރަނގަޅު ކަބަރުގެ ފަހަތުގައި އެކަން ކުރުމަކީ ބޮޑުވެގެންވާ ނުބައި ކަމެއްކަން އަންގަދޭން ޖެހޭ

    23