ފޭރުން އިންތިހާއަށް އިތުރުވެފައިވާ މާލޭގައި ރޭ ވެސް ފޭރުމުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ. ރޭ މާލޭ މަގުމަތިން ހިނގާފައި ދިޔަ ލަންކާ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ވަނީ ފޭރިގެންފައެވެ.

ފުލުހުން ވިދާޅުވީ އޭނާ ކަރުގައި އޮތް ފަށް ފޭރިގެންފައިވަނީ ޢުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މަޖީދީ މަގު ރަށްދެބައި މަގުން ކަންމަތިން އަންހެން މީހާ ހިނގައިފައި ދަނިކޮށް ކަރުގައި އޮތް ފަށް ފޭރިގަނެގެން ދުވައިގަތް މީހާ ހިފެހެއްޓީ ޢާއްމުންގެ އެހީތެރިކަމާއެކު އެސަރަހައްދުގައި ހުރި ފުލުހެކެވެ.

ފަށް ފޭރިގަތުމަށްފަހު އޭނާ ދުއްވައިގަތްތަނުން ވަނީ މަގުމައްޗަށް ވެއްޓިފައެވެ. ފުލުހުން ވިދާޅުވީ އޭނާ ފޭރިގަތް ފަށް މިހާރު ވަނީ ވެރިމީހާއާ ޙަވާލު ކޮށްފައި ކަމަށެވެ.

ފަށް ފޭރިގަނެގެން ދުއްވައިގަތް މީހާ ހައްޔަރު ކޮށްފައި ވަނީ ކުރީގެ އެވިންސް ފިހާރަކައިރިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ގެންދަނީ އިތުރަށް މިކަން ބަލަމުންނެވެ.

ފަހަކަށް އައިސް މާލޭގައި ފޭރުމުގެ ހާދިސާތައް ހިނގުން ވަނީ މީން ދުވަހަކު އިތުރު ނުވާ މިންވަރަށް އިތުރުވެފައެވެ. ފާއިތުވި ދެތިން މަސްތެރޭގައި އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ ވެސް މާލެ އިން ވަނީ ފޭރިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރރރރރ

    އަމާންކަން ޤާއިމްވެފައި މިއޮތީ.

    28
    4
  2. Anonymous

    ސޯލިހުބެ ބުނާނީ، ކަރުގައި ރަންފަން އަޅައިގެން އުޅޭތީ ނޫންހޭ ފޭރެނީ. މުޅިއަކުން ދޮގުވާހަކައެއްނޫން. އެހެންނޫންތޯ؟ ދެން ރަންފަށް ފޭރުމާގުޅޭ "ރަން" އެއް ބޭއްވީމަ ހުރިހާ ކަމެއް އޮންނާނީ ހަމަވެފައި.

    37
    7
  3. ރަޙުމާ

    ފޭރޭ ސަރުކާރު! ވަގު ސަރުކާރު! މި ފެންނަނީ ޯޓު އޮޅުވައިލިކަމުގެ ކަންތައްތައް! ފސްމަސްތެރޭ އެތައްމިލިޔަން ރުފިޔަ ފޭރިއްޖެ! 1.8 ބިލިޔަން ރުފިޔާ ދައުލަތުން ވަގަށްނަގައިފި! ވިސްނަން ނުވޭތޯ؟

    30
    7
  4. ރަންގަޑު

    އެންޑް ނައު ސަމް ޕީޕްލް ވިލްވީ ލައިކް ރަން ފަށް އަޅައިގެން އުޅެނީ ކީއްކުރަންހޭ. ހަހަހަހހަހ

    22
    4
  5. އަބްދުއްލާ

    ކަރުގަ ކަރުގޮހޮރު ފަތި އަޅައިގެން ހިނގަބަލަ . އޭރުން ފޭރޭކަށް ނުކެރޭނެ ދެންފޮށީގަ އޮތް ރަންފަށް ވަގަށް ނަގާނީ .1.8 މިލިއަން ރުފިޔާވެސް.....................

    2
    1
  6. މީވާ ރައީސް

    ދެން މާކަ ގިނަ ދުވަހެއްނެތް ރައީސް އިބޫ، ރައީސް އިބުރާޙީމް، ރައީސް މުޙައްމަދު، ރައީސް ސާލިހް، ގެ ކަރުގަ އޮންނަ ޓައީވެސް ފޭރިގަންނާކަށް،
    މީ ވާ ރައީސެއް އެކި މި ދައުރުގަ ރައީސް ގެ ލަގަބު އެންމެ ބޮލަކަށް، އެކަމަކު 100 ނަމުގަ،

    5
    1
  7. އިބްރާ

    މި މީހާ އެންމެންގެ ކުރިމަތީގައި ނައްތާލައިފިނަމަ ފޭރޭމީހުންނަށް ފިލާވަޅެއް ލިބޭނެއެވެ.

    5
    1
  8. އީޖާބޭރާއްޖެ

    މިޔޮތީ ޒީރޯޓޮރޮލަންސް ގެ ދަށުން ހިނގާ އެޖެންޓް 19 ގެފެށުން ބޭއިޙުތިޔާރެށްގެ ދަށުން މިނިވަންވި ކުއްވެރިންގެ ފައިދާ މިފެންނަނީ ތިޔަކަހަލަ މީހުންނަކީ ހިމާޔަށްކޮއްފައި ތިބޭ ދޫންޏެކޭ އެއްވަރުވާނެ ބައްލަވާ ތިޔަކޮންމެ ދޫންޏެއްގެ ވެސް ކުށުގެ ރިރޯޑް އޮންނާނެ ހީވަނީ ވޯލްޑް ރިކޯޑް ހޯދަން މަސައްކަތް ކުރާބަޔެއްހެން ކީއްތޯ ކުރާނީ މިޔޮއްގައުމެއްތާ އެމީހަކަށް ދަށްކަވަން ހުރި ކަމެއް ދަށްކަވާފައި މަރުގަންނަވާނީ ސަހަރޯ މިޔޮއްގައުމެއްތާ

    5
    1