ކޯޓަށް ހާޒިރު ކުރުމަށް މީހަކު ހޯދަން ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިއްޔެއެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދު ވިދާޅުވެފައި ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

މިއަމުރާ ގުޅިގެން ހޯދަމުންދަނީ ކ.މާލެ / ވ.މާލެހިޔާ، އިބްރާހީމް ފައުޒީ (60އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އިބްރާހީމް ފައުޒީ ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާއި ގުޅިގެން، ބަންދުގައި ބަހައްޓައިގެން އެޕްރީލް 25 ވަނަ ދުވަހުގެ 10:45ށް ސިވިލްކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

އިބްރާހީމް ފައުޒީއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442ށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރުދަންނަވާކަމަށް ވެސް ފުލުހުން މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިޒާމު

    ތިޔަމީހާގެ މައްސަލައަކީ ޖޮބާ ރިހާކުރުފުޅިއްނެގިމީހެއް އުތަ ސާބަސް ކަމަކައްވާކަހަލަ ކަމަކާ އުޅުނިއްޔާ މާރަނގަޅެއްނޫންތޯ

  2. މުއްލާ

    ވެދާނެ ދަތްކޮއްޓާ އިލޮށިކޮޅެއް ނެގީކަމައްވެސް.... އެވެސް ވަގައް ނަގައިފިނަމަ ވާނީ ހަމަ ވަގަކަށް....