ދީނަށް ފުރައްސާރަ ކުރުމަކީ އިންސާނީ ޙައްޤެއް ނޫންކަމަށާއި އެއީ އިންސާނީ ޖަރީމާއެއް ކަމަށް ދީނީ އިލްމުވެރިޔާ އައްޝައިހް ޝަފީޢު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިހް ޝަފީޢު މިހެން މިދާޅުވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ. ޝައިހް ޝަފީޢު ވިދާޅުވީ "ދީނަށް ފުރައްސާރަ ކުރުމަކީ އިންސާނީ ޙައްޤެއް ކަމަށް ކަނޑައަޅައި، އެކަންކަން އަޅުގަނޑުމެން ލައްވައި ޤަބޫލު ކުރުވަން އުޅުމަކީ، ދުވަހަކުވެސް ނުވާނެ ކަމެކެވެ. ދީނަށް ފުރައްސާރަ ކުރުމަކީ އިންސާނީ ޙައްޤެއް ނޫނެވެ. އެއީ އިންސާނީ ޖަރީމާއެކެވެ."

ދީނަށް ފުރައްސާރަ ކުރުމަކީ އިންސާނީ ޙައްޤެއް ނޫން ކަމަށާއި އެއީ އިންސާނީ ޖަރީމާއެއް ކަމަށް ޝައިހް ޝަފީޢު މިއަދު ވިދާޅުވިއިރު މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދާއި ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އިއްޔެ މާލޭގައި ބޭއްވި ހިނގާލުމެއްގައި ވާހަކަދެއްކި ބައެއް މީހުން ވަނީ ދީނަށް ފުރައްސާރަ ކުރުމަކީ އިންސާނީ ޙައްޤެއް ކަމަށް ދޭހަވާ ގޮތައް ވާހަކަދައްކާފައެވެ.

ފަހަކަށް އައިސް އިސްލާމްދީނަށް ފުރައްސާރަ ކުރާ ދިވެހިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަދެއްކުމާއި އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ވާހަކަދެއްކުމަކީ ރާއްޖޭގެ ޤާނޫނުލް އުޣޫބާތުގެ ދަށުން އަދަބު ލިބޭނެ ކުށެއް ނަމަވެސް އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަދައްކާ މީހުންނާއި އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ވާހަކަދައްކާ މީހުންނާއި ދެކޮޅަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅައެވެ.

ބައެއް ދިވެހިން އިސްލާމްދީނަށް ފާޑުކިޔަމުން ގެންދަނީ ވަރަށް ފާޅުގައި އަމިއްލަ މީސް މީޑިއާ އެކައުންޓްތައް ބޭނުން ކޮށްގެންނެވެ. ނަމަވެސް އެއިން މީހެއްގެ މައްސަލައެއް ފުލުހުން ތަޙްޤީޤު ވެސް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އިބްރާ

  މުރުތައްދު ޔާމިން އަދި އޭނާގެ އައުވާނުން ތިގޮތަކަށް ނުދެކޭ.

  20
  9
 2. މޮހޮނު

  ތިކަމައް އަޅާލާ ބަޔަކު މިހާރު މިގައުމުގަ ނޫޅޭ އޮންނަނީ ޕާރޓީ ވިސްނުން ގައުމީ ވިސްނުމެއް ނޫން މިހެން ވާން ޖެހުނީ ތިޔަ ބޭފުން ގެ ސަބަބުން.

  21
  7
 3. ޥިންދު

  ޝައިޚޭ ތިބޮޑު ޖަރީމާއެއްކަން އެނގިހުރެ ކުރިއަށް އަދާލަތުކިޔާ ބަޔަކު ނިކުމެ މި ނުބައިބޮޑު ޖަރީމާއަށް ތާއީދުކޮށްގެންްްްްްްް އެތިބެނީ ދުނިޔޭގެ ލައްޒަތަށްޓަކައި.

  37
  6
 4. މީމު

  އެއީ ހައްގެއް ނޫން، އެކަމަކު އޭނާ މަރާލުމަކީ ޤާތިލަށް ލިބޭ ހައްގެއް ނޫން. އަދި އެހެން އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއްނޫން

  2
  1
 5. ނަން

  މުސްލިމުން އެހެން ދީންތަކަށް ފުރައްސާރަ ކުރުމަކީ މުސްލިމުންނަށް ލިބިގެންވާ ހައްގެއްތަ؟ ގައިމު އަނގަ ހުޅުވާ އެއްފަހަރުވެސް އެހެން ދީނަކަށް ހެޔޮބަހެއް ނުބުނޭ!

 6. ޗ

  ވަރަށް ބޮޑު ތެދުފުޅެއް.

  26
  4
 7. ޜިޝްޥާން

  ތި ބޭފުޅުންނަށް ޙައްގުތަކާއީ އަނިޔާ އޮޅުނީމަ ވީގޮތް މީ ......

  3
  2
 8. ޖާބިރު

  މުސްލިމުން ޤަބޫލުކުރާއެހެންދީންތަކެއްނޯންނާނެ އިސްލާމްދީިންފިޔަވާ މުސްލިމުންހަމައެކަނި ދީނެއްގެގޮތުގައިޤަބޫލުކުރާނީ އިސްލާމްދީން ދެންހުރީހުސްނަންތަކެއް

 9. ލޮޮކުކުކު

  ބަލަ އިސްލާމް ދީނުގަ އެކަނިތަ ހަގުތައް އޮތީ؟

 10. އައްލެއިކަލޯ

  މިކަހަލަ ޚަބަރުތައް ޝާއިޢު މިކުރަނީވެސް ބައެއް ނޫސްތަކުގަ. މިމައްސަލަތައް އެންމެންނަށް އެނގޭ ވަރަށް ހުރިހާ ނޫސްތަކުގަވެސް ނިކަންބޮޑަށް ޝާއިޢު ކޮށްބަލަ. ދީނަށް ފުރައްސާރަ ކޮށް ދީނުގެ ހުރުމަތް ދިވެހިންތެރެއިން ކަނޑުވާލަން ލާދީނީ މީހުން ކުރާ މަސައްކަތްތައް ހުއްޓުވުން މުހިއްމު

 11. އައްލެއިކަލޯ

  ވަރަށް ކަންބޮޑުވާ ކޮމެންޓްތައް އެބަހުރި. މިކަން ހުއްޓުވުމަކީ މަޖުބޫރު ކަމެއް. އިންސާނިއްޔަތު ފެށުނީއްސުރެ މިއޮތީ ހަމައެކަނި އިސްލާމް ދީންކަމާއި އެދީން ބާވައިލެއްވީ ﷲ ތަޢާލާކަން. ދިވެހިން ވަލަށް ވައްދަމުން ވައްދަމުން ގެންގޮސް އެއޮތް ނިންމަނީ. އަދާލަތު ޕާރޓީ ބައްލަވާ ކުރިމަތީގަ މިއޮތީ ބޮޑު ގޮންޖެހުމެއް.