ކުރީގެ ފަނޑިޔާރުންނަށާއި މަޖިލިސް މެންބަރުންނަށް އިނާޔަތް ދޭން ފަސް ކުރިޔަސް ދެން ހުވާ ކުރާ މަޖިލީހުގައި އެ ބިލުތައް އަނބުރާ ރުޖޫއަ ކުރާނެ ކަމަށް އާ މަޖިލީހަށް އިންތިހާބުވެވަޑައިގެންފައިވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންގެ އިތުރުން ރައްޔިތުން މަޖިލީހުގެ މެންބަރުކަމުން ވަކިވުމުން ވެސް އިނާޔާތް ލިބޭ ގޮތަށް މިއަދު ވަނީ ފާސް ކުރަން ތާވަލުކޮށްފަ އެވެ. މި ބިލް ހުށައެޅުއްވީ ތ. ވިލިފުށީދާއިރާގެ މެންބަރު ރިޔާޒު ރަޝީދުއެވެ.

ފަނޑިޔާރުންނަށް އިނާޔަތްތައް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހަކަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ އީވާ ވިދާޅުވީ މިހާރު މަޖިލީހުގައި ތިބި 70 ޕަސަންޓު މެންބަރުންނަށް ރައްޔިތުން ނޫނެކޭ ބުނީ އެފަދަ ބިލުތައް ފާސް ކުރާތީ ކަމަށާއި ފަނޑިޔާރުންގެ މައްސަލައަކީ ރައްޔިތުންގެ ތެރޭގައި ވަރަށް ބޮަޑަށް ހިލާފުތަކެއް އުފެދިފައިވާ މައްސަލައެއް ކަމަށެވެ.

" އެފަދަ މައްސަލައެއްގައި "މެންޑޭޓު ގެއްލިފައި" ތިއްބެވި މެންބަރުންތަކެއް އެ ފަރާތްތަކަށް އިނާޔަތްތައް ދޭން ފާސް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން " އީވާ ވިދާޅުވިއެވެ.

އީވާ ވަނޯ އެއް ދުވަހެއްގެ ތެރޭގައި ތިން ކިޔުން އެއްކޮށްލާ އަވަސް އަރުވާލައިގެން ވޯޓަށް އެހުމަށް ތައްޔާރުވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ. މަޖިލީހުގައި އެމްޑީޕީ އައިސް އެ ބިލުތައް އަލުން ރުޖޫއަަ ނުކުރާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

" އެމްޑީޕީ މެޖޯޓީއާއެކު އަޅުގަނޑުމެން މަޖިލީހަށް އައިމަ އަވަސް ކޮށްލައިގެން ފާސް ކުރާ ފާސް ކުރުންތައް ރަނގެއް ނުކުރެވޭނެ ނޫންތޯ. މެއި މަހު އެމްޑިޕީއިން ވަދެ މިކަންކަން ބަދަލު ކުރާނަން.،" އީވާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހަރެން

    ސާބަސް އީވާއަށް. އަދި ޙާޟިރުވާންވެސް މަޖުބޫރުކޮށް ވަކި އިރަކަށްވުރެ ލަހުން ހާޟިރުވެއްޖެނަމަ ގަޑި ލާރިވެސް ކަނޑަންވީ. އާދައިގެ ވަޒީފާ ތަކުގައި ކުޑަކުޑަ މުސާރައަކަށް ޗުއްޓީއެއް ނުނަގާ މަސައްކަތްކުރާ މުވައްޒަފުންގެ ޙައްޤުތައް ކޮބާ؟ އެހެންނޫނީ ރަސްކަމެއްވެސް މިއަށްވުރެ މާރަނގަޑު. ޑިމޮކްރަސީއޭ ކިޔާގެން ރައްޔިތުންލައްވާ ވޯޓުލައްވާނެ ކަމެއްނެތް. ހުރިހާ ދިވެހިންނަށް ގޮވާލަން މިފަދަ ކަންކަމާދެކޮޅަށް ތެދުވެ މެމްބަރުންނަށް އެމީހުން ހޮވާފައިވަނީ ކީއްކުރަންކަން ހަނދާންކޮށްދޭން. ދާއިރާ މީހުންނުކައި ތިއްބާ ކާން މެމްބަރުން ހިތުލާނެކަމެއްނެތް. ކިހާބޮޑުކަމެއް.

    8
    1
  2. ދޮންކަލޯ

    ސާބަސް އީވާ

    4
    3
  3. ދޮންކަލޯ

    ސާބަހޭ އީވާ ތިޔައީގައުމުދެކެލޯބިވާދަރި

  4. ބޮކި

    ކަމޯން އީވާ.....