އުފަންދުވަސް ފާހަގަކުރުމަކީ އަދި އުފަންދުވަހުގެ ތަހުނިޔާ ފޮނުވުނަކީ އިސްލާމީ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި، އެކަންކަމާއި އަޅުގަނޑުމެން ދުރުހެލިވާން ޖެހޭކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒު ޓުވިޓާ މެދުވެރިކޮށް ވިދާޅުމުން ރައީސް ޞާލިހްގެ ސަރުކާރުން އުފައްދާފައިވާ ޖަލުތަކުގެ ހާލަތު ބަލާ ކޮމިޝަންގެ މެންބަރުކަން ކުރައްވާ އަދި ކުރީގެ ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސާ ޝަހިންދާ އިސްމާއިލް ހިތްހަމަނުޖެހުން ފާޅުކުރައްވައި އިޔާޒަށް ރައްދުވެއްވައިފިއެވެ.

އިޔާޒު ކުރެއްވި ޓުވީޓަށް ރައްދުދެއްވަމުން ޝަހީންދާ ވިދާޅުވީ މޯބައިލް ފޯން, މީސް މީޑިއާ އަދި ޓެކްސީ މިއީ އިސްލާމީ ސަގާފަތުގެތެރޭގައި ހިމެނޭ ކަމެއްތޯ އިޔާޒުގެ އަރިއަހުން ސުވާލު ކުރައްވާފައެވެ.

މީގެ އިތުރުން އުފަންދުވަސް ފާހަގަ ނުކުރަން ޤުރުޢާނާއި ސުންނަތުގައި އޮވޭތޯ ޝަހިންދާ ވަނީ ސުވާލު ކުރައްވާފައެވެ.

"ހިތްހަމަނުޖެހޭ ކޮންމެ ކަމަކީ އިސްލާމް ދީނާއި ހިލާފު ކަމެކޭ ބުނަންވީނުން ތޯ" އިޔާޒަށް ރައްދުދެއްވާ ޝަހިންދާ ވިދާޅުވިއެވެ.

ފަހަކަށް އައިސް ރާއްޖޭގެ ގިނަ އިލްމުވެރިންގެ ވާހަކަތަކަށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވަރކުގައި ވެސް އިސްކޮށް މަސައްކަތް ކުރާ އިބްރާހީމް އިސްމާއީލް (އިބުރާ)ގެ ކޮއްކޮ ޝަހިންދާ ރައްދުދެއްވައި ފާޑުވިދާޅުވަމުން ގެންދަވައެވެ. އަދި ދީނުގެ ނަމުގައި ހަރުކަށި ޚިޔާލު ގެންގުޅެމުންދާ މީހުން ރާއްޖޭގައި އުޅެމުންދާކަމަށާއި، ރާއްޖޭގައި އުޅޭ މިފަދަ ފަރާތްތަކުގެ ނުރައްކާ، އިންޑިޔާގެ ބައެއް ސަރަޙައްދުތަކަށް ކޮށްފާނެކަމަށް ޝަހީދާ ވަނީ މީގެ ކުރިން ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޟ

    ސަހިންދާއައް އަދި ނުވިސްނެނީ?

    43
    9
  2. ަފސދ

    އެގޮއްޔަގެ ޞިފަ ބަލާލުމުންވެސް .....

    17
  3. ވިސްނާ

    ސުވަރުގެ ވަށާލެވިފައިވަނީ ތިމާ ކުރަން ހިތްނޭދޭ ކަންތައްތަކުންނެވެ. އެހެނަސް ނަރަކަ ވަށާލެވިގެންވަނީ ތިމާ ހިތްއެދޭ ޝަހުވަތްތަކުންނެވެ. ތިމާގެ ބުއްދިއަށް ފެންނަގޮތަކީ އަދި އެންމެ ރަނގަޅުގޮތް ކަމަށްވެސް ނުވެދާނެއެވެ. ނަމަވެސް ޞައްޙަ މަގުން ވާރިދުވެގެންވާ އެންމެ ޙަދީޘް ބަސްފުޅެއްވެސް "މުސްލިމުންނަށް" ހެއްކަކަށް ފުދެއެވެ. ބަޔަކާ ވައްތަރުވެއްޖެ މީހަކީ އެބައެއްގެ ތެރެއިން ވާ މީހެކެވެ.

    18
  4. ހާމަ

    މުސްލިމުން ނަކީ ވަރަށް ހަރުދަނާ އުސޫލް ތަކެއްގެ މަތީ ތިބޭބައެއް، ކޮންމެ ސްކޫލެއްގައިވެސް އެސްކޫލެއް ރަމްޒުކޮށްދޭ ޔުނިފޯމެއް ހުންނަފަދައިން މުސްލިމުންވެސް މުސްލިމަކަށް ވަނީ އިސްލާމް ދީނުގައިވާ ހަރުދަނާ އުސޫލް ތަކުގައި އުޅެގެން، ކާފަރުން ކޮޕީކުރާކަށް ނުޖެހޭ

    15
  5. ހާމަ

    ޝަހިންދާގެ ދަރިއަކު ޖަމާލުއްދީން ސްކޫލަށް ފޮނުވާނަންތަ އިސްކަންދަރު ސްކޫލް ޔުނިފޯމް ލައްވާފަ

    35
    1
  6. ވަގުކަލޭގެ

    ވަގުންނަށް ހީވާނީ ހައްތާވެސް ވަގުންނޭ. ޝަހިންދައިތަ ހިތްހަމަނުޖެހޭ ކޮންމެކަމަކަށް އިންސާނިއްޔަތާ ޚިލާފުކަމެކޭ ބުނަންދޯ؟

    31
    1
  7. ބާ

    އުފަންދުވަސް ފާހަގަކުރުމަކީ އާއިލާއާ އެކުވެރިންވެސް އެއްތަނަކަށް ޖަމާވެ ގުޅުން ބަދަހިކުރަން ލިބޭ ފުރުސަތެއް. ކާފަރުން ކުރާތީ ނުކުރަންވީ ގޯސްކަމެއް ކަމަކަށް ނުވާނެ. ކާފަރުން ސޯސިއަލް މީޑިއާ ބޭނުން ކުރަންޏާ އެހެންވީއިރު މުސްލިމުން ސޯސިއަލް މީޑިއާ ބޭނުން ކުރުން ހަރާމް ވާނެދޯ.

    8
    41
    • މިނާ

      އުފަންދުވަސް ކީއްވެ؟އެހެން ދުވަހެއް ކީއްތޯވީ ގުޅުން ބަދަހިކުރަން،
      ސޯސަލް މީޑިއާ އިން ބޮޑައް ވަނީ ގެއްލުންތޯ ނޫނީ ފައިދާތޯ؟

      28
      3
    • ބޯބުޅި

      ކީއްވެ އުފަންދުވަސް؟ ދެޢީދު ދެދުވަހާއި އައްޔާމުއްތަޝްރީޤުގެ ތިންދުވަސް، ގުޅުންބަދަހިކޮށް އުފާފާޅުކުރަން މުސްލިމުންނަށް ނުފުދޭތޯ؟ ނުވަތަ މާތްﷲއަށް ޒިކުރުކޮށް ހެޔޮކަންތައް ކުރެވޭ މިންވަރު އިތުރުވީތޯ؟

      18
  8. އިއްބެ

    ބުރުގާ އަޅޭށޭ ބުނެފިނަމަ ބުނާނެ ޒާތީ ކަންކަމާބެހެނީ ޔޯ ވަރައްސާފް ކޮށް ބުނަން އޮތީ ދީނުގެ ވާހަކަ ދެއްކޭނީ ދީން ކިޔަވާގެން އެގޮތައް އަމަލު ކުރާ މީހުނަތް ވަރައް ހިތްދަތިވޭ ތިއުޅޭ މީން ފީނުގެ ވާހަކަ ދެއްކީމަ ޒާތީ ކަންކަމާ އަހަރެމެން ބެހޭނަން ދީނުގެ ވާހަކަވެސް ދައްކާނަން ދެރަވެފަ ތިބޭ ދެން

    28
    2
  9. ދޮންބެ

    ވަސީލަތްތަކަކީ އެއްވެސް އިރެއްގައި ޙުކުމް ކަނޑައެޅިފައިވާ އެއްޗެއްސެއް ނޫނެވެ. އެކަމަކު އެ ވަސީލަތެއް ބޭނުންކޮށްގެން ޙަރާމް ކަމެއް ކުރާނަމަ އެކަމެއް ވާނީ ޙަރާމް ކަމަކަށެވެ. މިސާލަކަށް ރުފިޔާ ފައިސާ، ރުފިޔާ ފައިސާ އަކީ އަސްލު އޭގެ ޒާތުގައި ޙަރާމް އެއްޗެއް ނޫނެވެ. ނަމަވެސް ވައްކަން ކޮށްގެން ނުވަތަ ފޭރިގެން ހޯދާ ރުފިޔާ ފައިސާ ވާނީ ޙަރާމް އެއްޗަކަށެވެ. ހަމަ އެގޮތަށް މީސްމީޑިޔާވެސް ޙަރާމް އެއްޗެހި ފަތުރަން ބޭނުންކުރާނަމަ އެވާނީ ޙަރާމް އެއްޗަކަށެވެ.
    ރަސޫލާ ޞައްލަﷲ ވަނީ ހަނގުރާމާގައި ބޭނުން ކުރުމަށް ޔަހޫދީއަކު އަތުން އަނބުރާ ދޭގޮތަށް ދަގަނޑު ދަހަނާއެއްވެސް ހޯއްދަވާފައެވެ. އެވާހަކަ އަދި މިމީހުން އަޑުނާހަނީ ތޯއްޗެކެވެ. މިރަމަޟާން މަހު ފިސާރި ރަނގަޅަށް ކީރިތި ރަސޫލާގެ ސިޔަރަތު އަޑުއަހަން ވާނެއެވެ.

    28
  10. ސިލިންޑަރ

    ސަހިންދާއަށް ޤުރްއާނާއި ސުންނަތުން ނުފެނުނީ އައުރަ ނިވައިކުރަން އަންގައި ބާވާލެއްވި ޙުކުމްފުޅު ދެއްތޯ!!! ސަހިންދަ އަކީ ޕުރޮޕެގެންޑާ ފަތުރާ އެނެއް މީހާ.. އަދިވެސް އެބަތިބި އޭނގެ މީހުން.. މިއީ ހެދި ބޮޑުވަމުން އަންނަ ޒުވާނުންނަށް ނުރައްކަލަކަށް ވެދާނެ މިކަހަލަގެ މީހުންގެ ފުށުން..

    10
  11. ވިސްނާ

    ޖާހިލަކަށް ކިތަންމެވަރަކަށް ކިޔާދިނަކަސް ނުވިސްނޭނެއެވެ. އެކަމަކު ބުއްދިވެރިއަކަށް އިޝާރާތަކުންވެސް ފުދޭނެއެވެ.

    10
  12. ފުރައްސާރަ ސަރުކާރު

    ފުރައްސާރަ ސަރުކާރުގެ ފަރާތުން ދިވެހިންގެ ދީނަށް ޖޯކު ޖަހަނީ، ޑިމޮކުރަސީގެ ތެރެއިންލާފައި،

    ޑިމޮކުރަސީގެ ޕުރިންސިޕަލެއް އެއްޖިންސުން ގުޅުން ހިންގުން. ކާކުތަ އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް އެއް އނދކށ، ނުވަތަ އެއްމޭޒަކަށް އައުމަށްދަޢުވަތު ދިނީ؟

  13. ސަމީރު

    ޝަހިންދާ އަށް ދީނީ ތައުލީމް ހޯދަން ފުރުސަތުދޭން ފެންނަނީ.

    16
  14. ދޮންބެ

    މީހަކު އުޅޭ ގޮތުންނާއި ހޭލާ ހުރެ އަދި ހުވަފެނުގަވެސް ދެއްކޭ ވާހަކަތަކުން އެމީހަކީ ކޮން ފިކުރެއްގެ ކާކުކަން ސާފުވޭ. ނަމަވެސް ހިތާމަޔަކީ ތީ މިވެނި މީހެކޭ ބުނުމުން ބުނާ މީހާ ގޯސްވާތީ. މަންމަ ދެކެ ވަރަށް ލޯބިވޭ. އެކަމް މަންމަ ބުނާ ބަހެއްނާހާ، މަންމަ ބަލިވީމަ ޚަރަދެއްނުކުރޭ އަޅައެއްނުލާ، މަންމަޔާ ދިމާޔަށް ހެއްދެވި ނެހެއްދެވިޔަށް ގޮވަނީ މަންމަގެ ހަށިގަނޑަށްވެސް ގެއްލުންދީ އަނިޔާ ކުރަނީ.

  15. ޢާއިޝާ

    ބަރަހަނާ ހާލުގަ މަންޖެ ތިހުރީ ޤުރުއާނާއި ސުންނަތުން ދަލީލެއް ނުފެންނާތީތޯ. u

  16. ކަންޓްރީބޯއި

    އިހައްދުވަހުވެސް އަހަރެން ދުށީން އިބުރާ ރާޅުގަނޑު ސަރަހައްދުން ދުވެފަދަނިކޮއް.. އިބުރާ' ށަހިންދާ' ފަޔާ' މިމީހުންނަކީ ފާޅުގަ ދީނާބެހޭގޮތުން ހިތުހުރި ގޮތަކަށް ޓުވީޓު ކުރާމީހުން