އަަވައްޓެރި ސްރީ ލަންކާއަކީ ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ އެއް ގައުމެވެ. އެތަކެއް ދިިވެހިންނެއް ދިރިއުޅޭ ވަޒަނެވެ. ދިވެހީންނާ އެހާވެސް ގާތް، އަހުންތަކެއް ދިރިއުޅޭ ލަންކާއަށް މިއަދު ކުރިމަތިވެފައި ވަނީ އުނދަގޫ ހާލަތެކެވެ. މިދިޔަ އާދީއްތަ ދުވަހު އެގައުމުގެ އަށް ސަރަހައްދަކަށް ދިން ހަމަލާތަކުގައި 359 މީހުން މަރުވެފައިވާ އިރު، އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

އެގައުމުގައި ތިިބި ދިވެހީންވެސް ބިރުވެރިކަމެއްގެ ތެރޭގައި ތިބި އިރު، އެކި ގައުމުތަކުން ދަނީ ލަންކާއާއެކުގައި ވާހަކަމަށް، އެކިއެކި ސިފަ ސިފައިގައި ދައްކާލަމުންނެވެ. ފްރާންސްގެ އެފިލް ޓަވަރުވެސް ކަޅު ކޮށްލި އިރު، އެތަކެއް މަގުބަރާތަކަކުންވެސް ދަނީ ލައްކާއާއެކު ތިބިކަން ދައްކަމުންނެވެ. ފަހަކަށް އައިސް ގައުމުތަކަށް ލިބޭ ހިތާމަތަކުގައި ރާއްޖެއިންވެސް ބައިވެރިވާ ތަފާތު ބައެއް ގޮތްތައް ފެނެއެވެ.

އެގޮތުން ދާދި ފަހުން ނިއު ޒިލޭންޑްގެ ދެ މިސްކިތަކަށް ދިން ހަމަލާގައި އެތައް ބަޔަކު މަރުވުން، ރާއްޖޭގެ އަސްކަރީ މައި އޮފީހުގައި ޖުމްހޫރީ މައިދާނަށް ވާގޮތަށް ހުންނަ ލެޑް ބޯޑު ވަނީ ނިއު ޒިލޭންޑަށް ހާއްސަކޮށް ދިއްލާލާފައެވެ. އެކަމަށް ގިނަ ބައެއްގގެ ތައުރީފް ލިބުނު އިރު، ލަންކާއަށް ދިން ހަމަލާގައިވެސް އެކަން ކޮށްދިނުމަށް ގިނަ ބަޔަކު ޓްވިޓާގައި އެދުނެވެ.

އެމްއެމްޑީއެފްއިން ވަނީ މިއަދުވެސް ލެޑް ބޯޑު، ލަންކާ ހަމަލާއަށް ހާއްސަކޮށް ދިއްލާލާފައެވެ. އޭގައި ދީފައިވާ މެސެޖުގައި ބުނެފައި ވަނީ ލަންކާއެކު ހިތާމަ ކުރާ ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީގައި ނަގާފައިވާ ދިވެހި ދިދަ، ބައިދަނޑިއަށް ތިރި ކޮށްފައިވާ ކަމަށްވެސް މެސެޖުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަޅި ދިވެހީން

    ދިވެހީން ތިބޭނެ މުޅި ދުނިޔެ އާއި އެކު ވެސް

    15