މިދިޔަ އާދިއްތަ ދުވަހު ސްރީލަންކާގައި ބޮމުގެ ހަމަލާތައް ދިންއިރު، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވީ ޗުއްޓީ ދަތުރުފުޅެއްގައި އެ ގައުމުގައެވެ. ލަންކާގައި އެމަނިކުފާނު ހުންނަވައިގެން އެ ގައުމުގައި ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން ކޮންމެވެސް ވަރަކަށް މީސް މީޑިއާގައި އެމަނިކުފާނު ދިޔައީ ލިޔުއްވަމުންނެވެ.

އެގޮތުން މިދިޔަ އާދީއްތަ ދުވަހު އެމަނިކުފާނު ވަނީ، ބޮމުގެ ހަމަލާތަކާއި ގުޅިގެން ޝޮކެއްގައި ހުރިކަމަށް ވިދާޅުވެފައެވެ. އަދި ލަންކާއަކީ އެތައް ދިވެހިންނެއް ދިިރިއުޅެމުން އަންނަ ގައުމު ކަމަށާއި، އެންމެންގެ ރައްކާތެރިކަމަށް އެދި ދުއާ ދަންނަވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި އޭގެ ފަހުން އެމަނިކުފާނު ވަނީ ލަންކާގެ ރައްޔިތުންނާއެކު ވާކަމާއި، މަަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވަނީ ފޮނުވާފައެވެ.

މިއަދު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލަންކާގައި ހޭދަކުރެއްވި ޗުއްޓީ ނިންމަވާލެއްވުމަށްފަހު އެނބުރި މިރޭ ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި ކޮލަމްބޯގެ މާހައުލު އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެ ހާދިސާއަށްފަހު މައުމޫނުގެ ދެކަނބަލުންނަށް ލަންކާގެ ސަލާމަތީ ބާރުތަކުން ދިން ސެކިޔުރިޓީ ފާހަގަކުރައްވައި އެކަމަށް މައުމޫނު ވަނީ ޝުކުރު އަދާކުރައްވައިފައެވެ އަދި ލަންކާގައި ހުންނަ ދިވެހި އެމްބަސީ އިން ކުރަމުންދާ މަސައްކަތްތައް މައުމޫނު ވަނީ ޝުކުރު އަދާކޮށްފައެެވެ.

ލަންކާގެ ބޮމުގެ ހާދިސާތަކުގައި 359 މީހުން މަރުވިއިރު، 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާލޭ ތޮލް

    ތިބޭގަނޑުވެސް ސަލާމަތްވީތާދޯ އެބޭ މާކުރިން ފައްޅިއައް ގޮއްސަ އަވައް ނިކުތީކައްނޭނދެ އެބޭގަނޑު ފައްޅީގަހުރިނަމަ ރާއްޖޭމީހުންނައް ކޮންފަދަ ހަމަޖެހުމެއްލިބުނީސް

    3
    3
  2. އީސާ

    30 އަހަރުދުވަހުގެ ވެރިކަމުގައި ހެދި ބޮންތައް ތިޔަ ގޮއްވާލީ. ޖައްވައް ހަވަޔައް ފަޒާޔައް ބޮންތައް ގޮއްވާލީ. އެވަރުން ނުވެގެން މީހުންގެ ގަޔައް ވެސް ބޮން ގޮއްވާލީ. މައުމޫނު ގޮއްސި ތަނެއް ވާނީ ހަލާކު.

    3
    3
  3. ލޮލް

    ލަންކާގަ ބޮން ގޮއްވަންތަ ބެއްޔާ ދިޔައީ؟!

    4
    3
  4. މިއަދު

    ﷲއަށްޙަމދުކުރަން ތިހަމަލާތަކުން މަނިކުފާނަށާއި ލަންކާގައި ދިރިއުޅުއްވާ އެއްވެސް ދިވެއްސަކަށް ގެއްލުމެއްނުވެ ރައިސްމައުމޫނާއި ލަންކާގައި ދިރިއުޅުއްވާ އެއްމެހާދިވެހިން ސަލާމަތްކޮށްދެއްވިަކަމަށްޓަކައި މިފަދަ ހާދިސާތަކުންވެސް އަޅުގަނޑުމެން ދިވެހިން ޢިބުރަތެއްލިބިގަންނާކަށްނުވޭތޯ؟

    1
    1
  5. އެޖެންޑާ 19

    މާލޭ ތޮލް.... ބުނަން ވާހަކައެއް .. ރުޅިއަޔަސް ތީ ބޮޑުވަރު.. ރައީސް މައުމޫން ފައްޅި އަކަށް ނުދާނެ.. އެހެނެއްނޫން އަންނި ގޮއްސާނެ... މައުމޫން އެއީ އަންނި ކަމަށްތޯ ހީކުރެއްވީ؟؟
    ރައީސް މައުމޫން އަކީ ހަމަ ރަން ތިރީސް އަހަރުގެ ބާނީ...

    2
    1