ރާއްޖޭގެ ސްޕްރީމް ކޯޓަކީ ވަކަރުގެ އެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށާއި، އެތަން އިސްލާހް ވާން ޖެހޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އާ ގާނޫނު އަސާސީގެ ކުރިން ފަނޑިޔާރުކަން ކުރި ފަރާތްތަކަށް އަނެއްކާވެސް އިނާޔަތްތަކެއް ދޭން ހުށަހެޅި ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އިންތި ވަނީ ސްޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"މި ރާއްޖޭގެ ސުޕްރީމް ކޯޓަކީ ހާއްސަ ގޮތެއްގައި ވަކަރުގެ. ހަމަ ވަކަރުގެ ގޮތުގައި އަޅުގަނޑު ސިފަކުރާނީ. މިކަން އިސްލާހުވާންޖެހޭނެ. ރާއްޖޭގެ ރައްޔިތުންނަށް ހައްގުވަނީ މި މިންވަރުގެ ސުޕްރީމް ކޯޓެއް ނޫން، ފަނޑިޔާރުގެ އަޅުގަނޑުމެން މިނިވަން ކުރާނަން. އަޅުގަނޑުމެން މި އުޅެނީ ފަނޑިޔާރުގެއާ ޖައްސާލާކަށް ނޫން. އަޅުގަނޑުމެން ލޯބިވަނީ ފަނޑިޔާރުގެ ދެކެ. އަޅުގަނޑުމެން އިންސާފު ދެކެ ލޯތްބެއް ނުވާނެތޯ. އަޅުގަނޑުމެންގެ ދަރީންނަށްޓަކާ އިންސާފު ކަށަވަރުކޮށްދޭން ބޭނުމެއް ނުވާނެތޯ. މި ރާއްޖޭގައި މި ހިނގަނީ ފަނޑިޔާރު ގެއެއްތޯ" އިންތި ވިދާޅުވިއެވެ.

އެމްޑީޕީއަށް ކުރިއަށް އޮތް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވާ އިރު، އިންތިއަކީވެސް އެމަޖިލީހުގެ މެމްބަރެކެވެ. އެމްޑިޕީން މަޖިލީހަށް އެޖެންޑާ 19އާއެކު ނުކުންނަ އިރު، ފަނޑިޔާރުގެ އިސްލާހު ކުރުމަކީ އޭގެ އެއް ގާނޫނީ އޮނިގަނޑެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. އިއްޒަތްތެރި އަޅުގަނޑު

    ރައްޔިތުންގެ މަޖިލީހަކީ ބަކަރިކޮށްޓެއް - އަޅުގަނޑު

    94
    1
  2. ރަނާ

    ޜާއްޖޭގަ ހުރި އެންމެބޮޑު ވަކަރު ގެއަކީ ރައްޔިތުންގެ މަޖްލިސް އަދި ވަކަރުގޭ ސޮރުންނަކީ އެމްޑީޕީ މެމްބަރުން ތިޔަ ޕާޓިއެއް އުފެއްދިފަހުން ރާއްޖޭގަ އޮތް ރީތި އަދަބު އަޚްލާގުވަނީ ގެއްލިފަ

    95
    5
  3. ޖޮއްބެ

    ބަލަ އިންތީ ސުޕްރީމް ކޯޓު ވަކަރުގެ އަކަށްވީމާ ނޫންތޯ އިންތިމެންނަށް ވެރިކަން ލިބުނީ؟ އެހެންވީމާ އެކަމަށް ޝުކުރުކޮށް އެ ވަކަރުގެ ކަން ދަމަހައްޓަންވީ ނޫންތޯ؟ އެ ކޯޓަށް ބަހުގެ ޙަމަލާ ދޭންވީކީނޫން ދެއްތޯ.....؟؟؟

    82
    4
  4. ހުސޭނުބޭ

    އެކަމަކު ކެނެރީގެ ނަޝީދުގެ ޙުކުމް ބާތިލުކުރިއިރު ސްޕްރީމް ކޯޓަކީ ރަންގަނޑެއް! ދެބަނޑަށް ރިޝްވަތުކައިގެން ޤައުމަށް ޤައްދާރުވެފައިތިބި ކުށްވެރިން ދޫކޮށްލަން ހުކުމްކުރުމުން ސްޕްރީމްކޯޓުވަރުގެ ތަނެއް ނެތިގެން ފުމެއެރުވި މީހެއް ތިއީ! މިހާރު ބޮލަށް ތި އުޅެނީ ކޮން އެއްޗެއް އަރައިގެން!

    89
    3
  5. ގ ކެނެރީގޭ ގަންޖާބޯ ވަގު

    އިންތިގެ އުޅުން ތިހުނަނީ ވަކަރުގޭ ކުދިންނައް ވުރެއްގޯސްކޮ

    92
    4
  6. ޢާދަނު

    ކޮންމެމީހަކުބުޏަސްތެދެއްވާނީޔެދަކަށް

    6
    78
  7. Anonymous

    ވަކަރުގޭ ކުދިންނައް ވަކަރުގެ އެނގޭނެދޯ؟

    84
    3
  8. މަންޖެ 24އޭޕްރީލް2019ހހ

    ވަކަރު ގެ ދަރިންނަށް އެގޭނެ ވަކަރުގެ އިންތި އަށް ވަރަށް ވެދުން

    80
    2
  9. ހިރަ

    އިންތިއަކީ ވަކަރުގެ ކުއްޖެއްޖެއް. އަދި ލާދީނިވެސް މީހެއް. މީގެ އިތުރުން ވަރަށް ދޫނުބައި މީހެއްވސްމެ.

    80
    2
  10. ޕޮފުބާ

    ކަލޭރަގަޅެ ތިކަހަލަ ވާހަކަދަށްކަން

    71
    2
  11. ނަޒީރު

    100 ޕަސެންޓް ތެދު! އެޔަށްވުރެވެސް ބޮޑަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖްލިސްގައި މާ ވަކަރު ގިނަ!

    73
    1
  12. ޒިމްޒިމް

    ސާބަހޭ.. މާދަމާ ކޯޓަށް ހާޒިރުކުރާނެ.. މިފަހަރު ޖެހޭނެ ބަޤާވާތްކުރި މީހުންތައް ޖަލަށް އަޅާލަން..

    12
    53
  13. ޟިސާ

    މާދަމާ އަހަރުމެން އެއީ ނާސިގެއެކޭ ބުނެގެން މައްސަލަ ނުޖައްސާތި.
    މުއައްސަސާތަކުގެ އަގު ވައްޓާލަނީ އަމިއްލަ ފައިދާޔަށް.

    60
    1
  14. ދޮންތަ

    ގުދޯ ގުދޯ ގޮވަނީތަ ތި

    52
    1
  15. ޒަކަރުގެ

    ޢިންތި ތިޔަބުނާ ވަކަރުގެ އިން އައްނިވެސް މިނިވަން ކުރީ...ދެން ތިބި ބަޔަކުވެސް މިނިވަން ކުރީ..ދެން ކޮން އެރިކަނެޓެކޭ ކިޔާކަށްތަ؟..

    56
    1
  16. މުޙަމަދު

    ވަކަރުގޭ ކުދިންގެ އުޅުން އެންމެ ވަތަރުވާނީ ޔެލޯ ކުދިންނާ
    ޢިންތިވެސް ތީ ގޭ ކުއްޖެއް ދޮތަ

    67
    1
  17. ޑެއިލް

    1 ފެބްރުވަޜީގެ އަމުރާއި އަންނި މިނިވަންކުރިއިރު ބަރާބަރު އިންސާފުވެރިކޯޓެއް. މިހާރު އަނެއްކާ ކޮންކަމެއް ބޭނުންވީބާ. އަނެއްކޮޅުން ސްޕްރީމްކޯޓުގެ ފަނޑިޔާރުން މިހާރު ތިބޭނީ ރާކަނިމަސްކާން ތައްޔާރުވެގެން. ރީތިވިއެއްނުން

    25
    1
  18. އަސްލު

    ތީ އެގޭކުއްޖެއްނޫން

    20
    1
  19. ނޫސްކިޔާމީހާ

    ޢާ ފަހެ ސްޕްރީމް ކޯޓްގަ ފަޑިޔާރުން ޝަރީޢަތުގައި ދުންމާރިފުމެ ހޯއްގޮވާނަހައްދަވާތީ އަދި އަދި ބަޑުފުރާ ރަގަޅަށް ކާލައިގެން އައިސް މޭޒުމަތީ ހުންނަ ފޯނުތައްއުކާ ނަތުތައް ބުރިކޮށް ކޮމްޕިއިޓަރ ސިސްޓަމްތައް ހަލާކުކުރި މަންޒަރު ޕަބްލިކް ޓީވީއިން ދެއްކި އިރު މާބޮޑަށްވެސް ވައްތަރު ވަކަރުގޭ ކުދިނާ????

    12
    1
  20. ޙައިވާން ބަގީޗާ

    ރައްޔިތުންގެ މަޖްލީސް އަޅުގަޑުމެންނަށް ފެންނަނީ ވަކަރުގެއެއްގެ ގޮތަށް. ޓިވީއިން ލައިވްކޮށް އެންމެނަށް މި ފެންނަނީ! ސަރުކާރުގެ މުއައްސަސާއެއްގެ ވެރިއަކު ކޮމިޓީއަކަށް ހާޒިރުކޮށްފަ އެބޭދުޅަކާއިދިމާލަށް އަވަގުރާނަ ގޮވި މެމްބަރެއް މިފަހަރުވެސް މާލެއިން ހޮވުނު. މީހުނަށް އަވަގުރާނަނގޮވަނީ ވަކަރުގޭ ދަރިން

    12
    1
  21. ކަލެޔާ

    ކަލެޔާ ކަލޭގެ އެކުވެރިންނޯ. ލަދުހަޔާތެއްނެތޭ މިގޮލާގެ. މިބައިގަނޑެކޭ ރާމާ މަކުނުތަކެކޭ އެއްވަރު.

    14
    1
  22. އޮލިމްޕަސް

    ދެންއަންނަނީ ތިންބާރުގެ އަރައިރުން.

    21
    1
  23. އީޖާބޭރާއްޖެ

    ސުއޫދު ވާހަކަ ދެއްކީ ތެދުނިޔަތުގައި، ހާޒިރުކުރީ ބިރުދައްކަން: ސަދޫމުގަވެސް އެހިމާރުގެން ދިޔައީ ހޮޔޮނިޔަތެއްގައި އަދިގަންމީހާ ގަތީވެސް ހޮޔޮނިޔަތެއްގައި އެހެންވީމާ ހޮޔޮނިޔަތެގައި ކުރާކަންތަކާ ތެދުނިޔަތުގައި ކުރާ ކަންތައްތަކަކީ އެއްގޮތަކައްވެސް މަސްއަލަ ބަލަންވީ ކަންތައްތަކެއްނޫން މިއީޙިޔާލްފާޅް ކުރުމުގެ މިނިވަނަކަން

    3
    4
  24. ގަމާރުކަން

    އަދަބު އަޚްލާގަކީ ޕާޓީއެއް އުފެދިގެން ނުވަތަ އެހެން ނުފޫޒަކުން ބަދަލު ވާނެ ކަމަކަށް ދެކޭ ދެކުމަކީ ގަމާރު ކަމުގެ އެއް ހެކި. އަދަބު އަޚްލާގު ގެ ބިންގަލަކީ ގަމާރުކަން ނެތުން. އަދަބު އަޚްލާގަކީ ޖެނެޓިކް އާ އުޅޭ މާހޯލާ ސަގާފަތާ އާއްމު ވިސްނުމާ ތައުލީމު ދިނުމުގެ އުސޫލުތަކުން އަށަ ގަންނަށް ސިފަތަކެއް. އަމިއްލަ މީހާ ގެ ބެލެނި ވެރިކަން އެހެން މީހުނާ ހަވާލު ކޮށް ތިމާ ކުރަން ޖެހޭ ކަންތަކީ އެހެން މީހުން ގެ ޒިއްމާ ކަމަށް ދެކޭ މީހުންނަކީ ފަންޑަމެނޓަލް ގަމާރު މީހުން.

    12
    4
    • Anonymous

      އާނ. މޑޕ އާ ހެދި ރާއްޖޭގެ ރިވެތި އަޚްލާގީ މިންގަނޑު ތައް ހިފެހެއްޓިފަ އޮތީ ދޯ؟ ގަމާރުންގެ ބޮޑު އެބަ ކޮމެންޓް ކުރެއެއްނު.

      5
      1
  25. ދޮށިކޮއި ޢަލީގެ މުޙައްމަދު

    ތީހަމަ ތެދެއް އެތަން ވަކަރުގެއަކަށް ވީކަން އެއީ ތިޔަބޭފުޅުންގެ ނަސީބު އެހެން ނޫން ނަމަ މިއަދު ޕޯޑިއަމް ތަކަށް އަރާ އަނގައަށް ރެވިތެޔޮ އެޅިގެން އުޅޭހެން އުޅެން ނުބައިތިއްބާނެ

    22
    1
  26. މުހައްމަދު

    އަސްލު ވަކަރުގޭ ދަރިޔަކާއި އެންމެ އެއްވައްތަރީ އިމތިޔާޒު

    13
    1
  27. ޞަދީޤާ

    ވަކަރުގެ ވީމާތާ ، ވޯޓުއޮޅުވާލިކަން ކަށަވަރުވެފައި އޮތްއިރުވެސް މައްސަލަ ނުބަލާ ވަކަރުގެއިން ވެރިކަން ކަލޭމެންނަ ޙަވާލުކުރީ ؟އަތަށް ގޮއްވައިނުލާތި ފޮކެމުންފޮކެމުންގޮސް~

    12
    1
  28. ނޮނީ

    ދިވެހިރާއްޖޭގަ ވަކަރުގެއަކާ އެންމެ ވައްތަރު ތަނަކީ ރައްޔިތުންގެ މަޖިލިސް ކުރާގެ.

  29. ދަރި

    އިންތި ދެއުޅިއެއްނުވާވާހަކަނުދައްކަވާ މަޑުްހުރެވޭތޯބައްލަވާ ތިދައްކަވަނީ ހިނދުކޮޅުއައިސްފައި
    ތިއްބަވާއިރުވެސް ނުދައްކަވާކަހަލަވާހަކަ ވެދާނެ އިންތީގެ ހިދުކޮޅުބޮޑުވީކަމަށް މިހެންމިދަން
    ނަވާލީ ކުރެއްވިކުށަކަށް 13 އަހަރުގެ ޖަލުހުކުމެއްއައިސްފައިވާފަރާތެއް އެހުކުމުގެ ކުޑަދުވަސް
    ކޮޅެއްވެސް ތަންފީޒްނުވާކުށްވެރިއަކު( އެހެކުށްވެރިންތިއްބާ ) މިނިވަންކުރެއްވިއިރު ސްޕްރީމްކޯޓް
    ވަކަރުގެއަކަށްނުވެފަ މިހާރު ސްޕްރީމްކޯޓް ވަކަރުގެއަކަށްވާކަމަށް އިންތި ވިދާޅުފެލައްވާތީ އޭރު
    ވަކަރަށްނުވެ މިހާރު ވަކަރަށްވަނީތޯ؟

  30. މިއަދު

    2018 ވަނައަހަރުގެ އޮކުޓޫބަރމަހު މިރާއްޖޭގެ ފަޑިޔާރުގެއަކީ އިންސާފް ނަނޫނަތަނެއްގެގޮތުގައިވި ހަމައެފަޑިޔާރުން ހަމަ އެޤާނޫނު އަސާސީ ހަމަ އެޢިމާރާތް ހަމައެމަސައްކަތް އެހާއަވަހަށް ވަކަރުގެއަކަށްބަދަލުވީކީއްވެބާ؟ ތިމާބޭނުންވާޙުކުމުގައި ދެވަނައެއްނެތް ފަޑިޔާރުގެއެއް ތިމާބޭނުންނުވާ ޙުކުމުގައި ވަކަރުގެއެއް މިއީ މަޖިލިސްމެމްބަރުން އެތަން ސިފަކުރަން އެއްމެރަނަޅުގޮތްބާ ހަމަޔަޤީނުންވެސް 100% ދިވެހިރަޢިއްޔަތުންގަބޫލުކުރާގޮތުގައި މިރާއްޖޭގެ ފަޑިޔާރުގެއަށްވުރެ ވަކަރުގެކަން5 ގުއަށްވެސްބޮޑީ މިރާއްޖޭގެ ޤާނޫނު ހަދާމަޖިލިހުގައި ތިއިއްޒަތްތެރި މެމްބަރުންގެ ކިބައިގަ ތިމަޖިލިހުގެ 90% މެމްބަރުންނަކީ ހަމަ ކޮޕްޓްވެފައިތިބިމީހުން އިންތިވެސްތަ؟

  31. ސިހުރު

    މުޅިޤައުމު ގެ ރައްޔިތުން ފަނޑިޔާރުންނަށް ހިބަކޮއްދޭންވީ، މާތާހިރުވާނެ އޭރުން