ރާޑަރ ކޮމްޕްލީޓް ސިސްޓަމްތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ރާޑަރު ސިސްޓަމްތައް ސަޕްލައިކޮށްދޭން އެދޭފަރާތްތަކުން އެޕްރީލް 28 ވަނަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު މެއި 02 ވަނަ ދުވަހުގެ 10:00 އަށް އެ މިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުންއެދޭ ކަމަށެވެ.

އަދި މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެ މިނިސްޓްރީން ރާޑަރުތަކެއް ހޯދަން އިއުލާނުކުރިއިރު، ރާއްޖޭގައި އިންޑިއާ އިން ހަރުކޮށްފައި ހުރި ރާޑަރުތައް މިހާރު މަސައްކަތް ކުރަން ފަށާފައިވާ ކަމަށާއި، އެއާއި އެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ ހުރިހާ ކަމެއް މިހާރު ވަގުތުން ވަގުތައް އިންޑިއާ އިން ބަލަން ތައްޔާރު ވެއްޖެ ކަމަށް އިންޑިއާގެ އަސްކަރިއްޔާ އާއި ހަވާލާދީ އެގައުމުގެ ނޫހެއް ކަމަށްވާ "އިކޮނޮމިކް ޓައިމްސް"ގައި ބުނެފައި ވެއެވެ.

އެ މިނިސްޓްރީން ހޯދަން އިއުލާން ކޮށްފައިވާ ރާޑަރު ސިސްޓަމަކީ އިންޑިއާއިން ދިން ރާޑަރުތަކާއި ގުޅުމެއް ހުރި އެއްޗެކަަމެއް އަދި ނޭގެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަސީދު

    އިންޑިޔާ އައް ތިކަމުން ފައިދާ ތަކެއް ކުރަނީބާ

    2
    1
  2. ހަސަން.

    އިންޑިއާގެ ރާޑަރުތަށް ގަވާއިދަށް ފައްތަށްލަނީތި.

  3. ޡަމީރު

    ތިޔައީ ޖަރީމާއަކާ ވައްތަރީ. ބީޖޭޕީއާ ގުޅިގެން ލާރިގަނޑެއް ކައްވާލާނެ މޮޅުގޮތެއް. ޢެހެންނާ މޯދީ އެހެރީ ދެގެ ދޭތެރޭގަވެސް ރާޑަރު ހަރުކޮށްފަ. ދެން ކީއްކުރާ ރާޑަރެއްބާ. ގޮތްނޭގޭ އަޑިނޭގޭ ކަންތައް ގަނޑަކާ ވައްތަރީ.

    8
    1
  4. ރައްޔިތު

    މި އޮތްހާދުވަހު ފީޗާރ ފިލްމުހެދުމާއި ހަވާއެރުވުމާއި ޕެރޭޑު ޖެހުމާއި ފުލޯޓު ގެދުމާއި ކުޅިވަރު ކުޅުމާއި ސިފްކޯއިން ވިޔަފާރި ކުރި އިރު ހިތަކައްނާރާ ދޯ އަދި ރާއްޖޭގެ ކަނޑުތައް ހިމާޔަތް ކުރާނެ ރޭޑަރ ނިޒާމެއް ގާއިމު ކުރާކަށެއް. ކަލޯމެންނައަ ތިޔައޮތީ ގައުމު ދިފާއުކުރެވިފަ..

    2
    5
  5. ރަކޫޓަންޖިންނި

    އިންޑިޔާއިން ބެހެއްޓި ރާޑަރުތައް ގެއްލުނީތަ؟ ރާޑަރުތައްހޯދަން ތިއުޅެނީ . އެމީހުން ކުރެން އަހާބަލަ. މިހާރު ތިއުޅެނީ އެކަންތައް އޮއްބާލަން ދިވެހިން ދެބޯގެރިދުއްވަންދޯ؟ ސިފައިންވެސް މިހާރު އެމްޑީޕީގެ ސިޔާސީ ގޮތްޕަކަށް ވެނިމުނީ.

  6. ހަހަހާ

    މުޅިރާއްޖޭގައި އިންޑިޔާއިން ރަޑަރުބަހައްޓާ ފައިވާއިރު ދިފެންސްމިނިސްޓްރީން މިހޯދަނީ ކޮންތަންތާކުބަހައްޓާ ރާޑަރުތަކެއްބާ ؟