ބ.އަތޮޅު އޭދަފުށީގައި ހުންނަ ޕޯސްޓް އޮފީސް ފަޅާލައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ ބ.އޭދަފުށީގައި ހުންނަ ޕޯސްޓް އޮފީސްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ވައްކަން ކޮށްފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 08:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ ޕޯސްޓް އޮފީސް ފަޅާލައިގެން ވަގަށް ނަގާފައި ވަނީ 1500 ރުފިޔާ ކަމަށާއި އިތުރު އެއްޗެއް ވަގަށް ގެންގޮސްފައި ނުވާ ކަމަށެވެ.

މިމައްސަލަ ދަނީ ތަޙްޤީޤު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭދަފުށީ ޕޯސްޓް އޮފީސް ފަޅާލި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް ފޭރުމާއި އޮފީސްތައް ފަޅާލައިގެން ފައިސާ ވަގަށް ނެގުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް ތިޖޫރީތައް ވަގަށް ނެގުމާއި ފައިސާ އާއި ގުޅުން ހުރި ވައްކަންތައް އިތުރުވެފައިވާ ކަން ފާހަގަ ކުރެވެއެވެ.

ފާއިތުވި ދެތިން މަސް ދުވަސް ތެރޭގައި މާލޭގައި ވެސް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި ފަހަރުމަތިން ފޭރިގެންފައި ވެއެވެ. ނަމަވެސް ފުލުހުންނަށް ހޯދިފައި ވަނީ އޭގެތެރެއިން ހައެއްކަ ލައްކަ ރުފިޔާ އެވެ.

ގިނަ ވައްކަންތަކުގައި ބައިވެރިވާ މީހުން ވެސް ހައްޔަރު ކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢާލިމާ

    ވަގުސަރުކާރުގެ ބޮޑަތިވަގުން އަޑީގައިތިބެގެން ކުރާ ވައްކަން މިހުންނަނީ! ދައުލަތުގެ އާމުދަނީއިން 1.8 ބިލިޔަން ރުފިޔާ ނުވަތަ 150 މިލިޔަން ޑޮލަރު އެތިބީ ފަސްމަސްތެރޭގައި ވަގުން ދިރުވަލައިގެންނެވެ. މިވާހަކަ ދައްކަން ނުކެރިގެން މިހާރު ތިބިއިރު އެމްއެމްޕީއަރުސީގެ 1،2 ބިލިޔަން ރުފިޔާ ވީތަންތަން އެގޭއިރުވެސް ފެލިއެރުވި ވަގުން މިހާރު ހަނުތިބީ ކީއްވެހެއްޔެވެ؟ އޭގެވެސް ބޮޑުބއި ކައިގެނ އެތިބީ މިހާރުގެ ވަގު ސަރުކާރުގެ ވަގުންނެވެ.

    19
    2
  2. ސަލޫ

    ހިތައްާޢަރާ އެކަކައް އަނެކަކު އެނގޭ މިކުދި ރައްތަކުގަ ކޮންމެދުވަހަކު ތަނެއްފަޅާލާނީ ނުބައިކަންތައް ކުރާމީހުންގެ ނިސްބަތް ހާދަ މަޗްދިއައީމައޭ! އެހާމަޗައް ދާންޖެހުނު ސަބަބު ނުހޯދަ އެކަންތައް ހުޓުވަން އެދޭވޭ މަސައްކަތެއްނުކޮއް، މިނިއުމަތް މަތީ ދެމިތިބޭތާ އައްސަތޭކަ އަހަރައްވުރެ ގިނަވެއްޖެއޭ ކިއާފަހުރުވެރި ވާއިރު އެބުނާ ނިއުމަތަކީ ކޮބައިތޯޢޭ ހިތައްއަރާ

  3. ފޭރޭ

    ބޭބޭފުޅު އެކައުންޓަށް ދޯ

  4. މ

    ކަލެ ހަމަޖެހިބަލަ

    1
    3
  5. ކަޅުސޮރު

    ޢެޖެންޑާ19 ތަފާތުވާނެ

  6. ހުސޭނުބޭ

    ތި އަދި ތިޖޫރީއެއް ފަޅާލައިގެން 1500 ރުފިޔާ ގެންދިޔާ މީހެއްގެ ވާހަކަނު! އަހަރެމެންގެ ބޮޑު މީހާ ދައުލަތުގެ ޚަޒާނާއިން 1.8 ބިލިއަން ރުފިޔާ ވަގަށްނެގީ ދާދި އިކަށްދުވަހު! ވީމާ މުލުވަގު އެހައި ބޮޑެތި އަދަދުން ބައިތުލްމާލުން ވަގަށްނަގާއިރު ކުދި ވަގުތަށް ކުދިކޮށް ނަގާނެދޯ! ކުދި ސޯބުތައް އެނބުރޭނީ ބޮޑުސޯބު އެނބުރޭ އަތަށް...... ކެކެކެކެކެކެކެކެކެ

  7. ފަސްކުޅަނދު

    ވަގުން އުޅޭތަ ދިވެހި މުސްލިމް ރާއްޖޭގަ؟