ޗައިނާ ސަރުކާރުގެ އެހީއާއި އެކު، ރައީސް ޔާމީންގެ ސަރުކާރުން ހަދާފައިވާ ސިނަމާލެ ބްރިޖްގައި ބައިކަލް ދުއްވާ މީހުންނަށާއި، ހިނގާ މީހުންނަށް ޚާއްޞަކުރެވިފައި ވަކި ލޭނެއް އޮންނާނެ ކަމަށް، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މުޢިއްޒު މިހެން ވިދާޅުވީ، ރާއްޖޭގެ އޮންލައިން މީޑިޔާ އަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ބްރިޖް މަޝްރޫޢުގެ ހުރިހާ ލިޔެކިޔުމެއް މިހާރުވެސް ރައީސް އޮފީހުގައި ހުންނާނެ. ބްރިޖްގެ މަސައްކަތް ފެށިގެން އައިގޮތާއި، އެކި ލޭންތަކަށް ބަދަލުތައް އައިގޮތާއި، މި ހުރިހާ ގޮތެއް މިހާރުވެސް ފެންނަން ހުންނާނެ. ބައިސްކަލް ދުއްވާ މީހުންނަށާއި، ހިނގާ މީހުންނަށް ހާއްޞަކޮށްފަ އޮންނަ ލޭނެއް، މިހާރުގެ ބްރިޖުގެ ދެ ފަރާތުގައި އެ އޮތް ލޭނަކީ. ޗެންޗޭނު ޖަހާފަ ދެ ފަރާތުގައި އޮތް ލޭނަކީ އެއީ. ބްރިޖް ޑިޒައިން ކޮށްފައި އެ އޮތީ ބައިސްކަލްވެސް ދުއްވޭ ގޮތަށް." މުޢިއްޒު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވިދާޅުވީ، ޤަބޫލުކުރެވޭ ގޮތުގައި ބައިސްކަލު ދުއްވާ މީހުންނާއި ހިނގާ މީހުންނަށް އެ ލޭނު ބޭނުންނުކުރެވި އެ ވަނީ، ހުޅުލެއާއި ހުޅުމާލެ ލިންކު ރޯޑުގައި އެ ލޭނުގެ މަސައްކަތް ކުރިއަށް ނުގެންދެވޭތީ ކަމަށާއި، އުންމީދަކީ ވީ އެންމެ އަވަހަކަށް އެ ލޭނުގެ މަސައްކަތް ނިންމާ، ބޭނުންކުރަން ފެށުން ކަމަށެވެ.

"ބައިސްކަލް ރީތިކޮށް ދުއްވޭ ވަރަށް ޖާގަ އޮންނާނެ. އެތާ އިންނާނެ ގާތްގަނޑަކަށް 1.5 މީޓަރުގެ ފުޅާމިން ކޮންމެ ލޭނެއްގަ. އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި އަދި އެ ލޭނުތަކުގެ ބޭނުން ހިފެން ނުފެށި އެވަނީ، ހުޅުލެއާއި ހުޅުމާލެ ލިންކް ރޯޑުގައި އެ ލޭނުގެ މަސައްކަތް ކުރެވިފައިވާ ނުވާތީ." މުޢިއްޒު ވިދާޅުވިއެވެ.

މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު، މުޢިއްޒު ފާހަގަކުރެވިފައިވަނީ، ރައްޔިތުންނަށް ބޭނުންވާ އެތައްކަމެއް ފުރިހަމަކޮށްދެއްވި، ހިންގުންތެރި ބޭފުޅެއްގެ ގޮތުގައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބެޓަރ

    ހިންނަވަރޭ މެންގެ ވެރިކަމުގައި އެމެން ނޫޅެއޭ ކަމެއް ކުރަން އޭނާ އުޅެނީ ދެން އަކުން ބަކުން ކުޅޭ ކަންކަމުގައި އެމެން ނުކުރެއޭ އެއްވެސް ކަމެއް މިނިސްޓަރުން ހާޒިރުވާން ޖެހޭ ފަަދަ ފަންކްޝަންސް ތަކަށް އޭނާ ހާޒިރު ވަނީ އޭނާ ހީކުރަނީ ފަންކްޝަންސް ތަކަށް ހާޒިރުވެގެން އޭނާގެ ޕަބްލިސިޓީ ކުރިއެރުވިދާނެ ކަމަށް ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށް ނުދީ ނުކުރެއޭ ރައީސް އޮފީހުން އެއްވެސް މަސައްކަތެއް މިރާއްޖޭގެ ރިސޯރޓްސް ތަކުގައި ހުރި ހުރިހާ ވަޒީފާ ތަކެއް ބޭރުމީހުންނަށް ދީ ހުސްކުރާއިރު ވެސް ޕޮލިސީ ސެކްރެޓަރީ ދަ ގަމާރު ދަ ބީތާ ދަ އެއްހިއްސު މަދު އާލާތް ގަނޑު ބޮޑެތި މުސާރަ ބަނޑު އަޅާލައިގެން ދަތް ކޮއްޓާލަ ކޮއްޓާލާ ތިބެނީއޭ އައި ޖަސްޓް ވޮނާ ޓެލް ދަ ޕަބްލިކް ދަ ރިއަލް ސްޓޯރީ އޮފް ދެމް ކޮޒް އައި ނޯ ޕިންކީސް ކޭން ޓްރީޓް ޔޫ ބެޓަރ ދެން ދަގަމާރު ދަބީތާ ހިންނަވަރޭ އައި ވިލް ސްޓޮޕް ޓައިމް ފޯރ ޔޫ ދަ ސެކެންޑް ޔޫ ސޭ ޔޫ ލައިކް ޕިންކީސް...

  2. ނޫރު

    މުއިއްޒް ތަހުޒީބީ ބައިސްކަލް ދުއްވަނީ ޤަވާއިދާ ޚިލާފަށްއުޅޭ 63000 ބިދޭސީން، ކޮންމެ މީހަކަށް ބައުސްކަލެއްހުރެ، ނޯ ޓެކްސް ނޯ ވިސާފީ، ހައިވޭގަ ބައިސްކަލް ނުދުއްވޭނެ ސަލާމަތީގިތުން ނުރައްކަލެއް، އިގުތިސާދީގޮތުން ގެއްލުމެއް.

    1
    1
  3. އަލްޖިބްރާ

    ތިޔަ ބްރިޖުންވެސް ކަލޭމެން ވަނީ ލާރިގަޑު ބަޑުއަޅާލާފަ ! ބްރިޖް އޮތީ ހަނިކޮށްފަ ! ބްރިޖް އަސްލު ޑިޒައިން ކުރިގޮތަށް ބޭއްވިނަމަ ، ބްރިޖްގެ ދެކުނުން އިތުރު ލޭނެއް އޮތް ! އެޖާގަ ހަނިކޮށްފަ އެކަމަށް ހުރި ފައިސާ ބަޑުއަޅާލީ ! ދެން ކޮން ބައިސްކަލު ދުއްވާ ވާހަކައެއް ! ލަދުހަޔާތް ކުޑަޔަސް ފުކެއް ބޮޑު !

    1
    2
  4. ާއަލީ

    ބްރިޖްގައި ބައިސްކަލް ދުއްވާ މީހުންނަށާއި ހިނގާ މީހުންނަށް ޚާއްޞަ ލޭނެއް އޮންނާނެ އޭ ބުނާ އިރު 4 ފޫޓުގަ ހިގާފަ ބައިސްކަލް ދުއްވާނެ ގޮތެއް ވަގުތު ނޫހުން ބުނެދީބަލަ؟

    1
    1
  5. ޜިޒާ

    ބައިސްކަލް ލޭނު ބުރިޖުން އުނިކޮށް ބުރިޖުހަނިކޮށް މިހާރުވަނީ ފައިސާ އަށް ބަދަލު ވެފައި .ޔާމީނު ބުރިޖް ހުޅުވި ރޭ ބައިސްކަލް ދުއްވާ ލޭން ކަޓްވާލީ މުއިއްޒު