ދުނިޔެއަށް ޓަކައި އެއްގަޑިއިރު ހޭދަކުރުމުގެ ގޮތުން 2007 ވަނަ އަހަރުން ފަށައިގެން ކޮންމެ އަހަރަކުވެސް، ދުނިޔޭގައި ފާހަގަ ކުރަމުންދާ "އާރތް އަވަރ" މިއަހަރުވެސް ފާހަގަ ކުރަން ނިންމައިފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކޮށްފައިވާއިރު މި އަހަރު "އާރތް އަވަރ" ގެ ރަސްމީ ޙަރަކާތްތައް ބާއްވަނީ އައްޑޫ ސިޓީގައި ކަމަށް ރާއްޖޭގައި މިޙަރަކާތް އިންތިޒާމުކުރާ އީކޯކެއާ މޯލްޑިވްސްއިން ބުނެއެވެ.

ރާއްޖޭގައި އާތް އަވަރ ފާހަގަ ކުރަނީ 24 މާޗް 2018 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30-9:30 އަށެވެ.

ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމުގެ ގޮތުން އާތު އަވާގެ ހަރަކާތްތުގައި ކަރަންޓު ބޭނުންކޮށްގެން ދިއްލާ ބޮކި ފަދަ ތަކެތި އެއް ގަޑިއިރަށް ބޭނުން ކުރުން މަދު ކުރެއެވެ. އަދި އެވަގުތު ހިނގާފައި އުޅޭ ވަގުތެއްގެ ގޮތުގައި ހަމަޖައްސައެވެ.

އައްޑޫގައި ހަމަޖައްސާފައިވާ ހަރަކާތްތަކަށް އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫސިޓީގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އެހެނިހެން މުޢައްސަސާތަކާއި، އާރތް އަވަރ މޯލްޑިވްސް އަދި އިކޯ ކެއާގެ ޓީމުން ދަނީ ތައްޔާރުވަމުންނެވެ.

މިކަމާއި ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސް، ފެނަކަ، އެމްއެންޑީއެފް، މޯލްޑިވްސް ރެޑް ކްރެސެންޓް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ، ސީކެޕް އަދި ބައެއް ޖަމްޢިއްޔާތަކާއެކު ވަނީ ޙަރަކާތް ރާވައި ހިންގާނެ ގޮތާއި ބެހޭގޮތުން މަޝްވަރާ ބައްދަލުވުމެއް މީގެ ކުރިން ބާއްވާފައެވެ.

އާރތް އަވަރ މޯލްޑިވްސްގެ ކަންޓްރީ ޓީމުން ބުނެފައިވަނީ މި އަހަރުގެ އާރތް އަވަރގެ ތީމްއަކީ " ކަނެކްޓް ޓު އާތް" ކަމަށްވެފައި އިންސާނާއާއި ދިރޭތަކެތީގެ ނަސްލާއި އޮންނަ ގުޅުން އެންމެ ރަނގަޅަށް ދައްކުވައިދޭނެ އެއް މަންޒިލަކީ އައްޑޫސިޓީ ކަމުގައިވުން ކަމަށެވެ.

އަދި މި ހަރަކާތުގެ ސަބަބުން، އައްޑޫ ސިޓީގެ ރީތިކަން ދުނިޔެއަށް އިޝްތިހާރުކޮށްލަން ލިބޭ ރަނުގެ ފުރުސަތަކަށް ވެގެންދާނެކަމުގައި އެ ޓީމުންވަނީ ބުނެފައެވެ.

ދުނިޔެއަށްޓަކައި އެއްގަޑިއިރު ހޭދަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް، ދުނިޔޭގައި ފާހަގަ ކުރަމުންދާ "އާރތް އަވަރ" ގެ މައި އިވެންޓްކަމުގައިވާ "ސްވިޗް-އޯފް" ގެ ޙަރަކާތް އައްޑޫސިޓީގައި ފާހަގަކުރުމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ މީގެކުރީ ހުރިހައި އަހަރެއްގައިވެސް މާލެ ސިޓީގައި ބާއްވަމުންދާތީ ރާއްޖޭގެ އެހެން ޞަރަޙައްދެއްގައި މި ހަރަކާތް ބޭއްވުމުގެ ބޭނުމުގައި ކަމަށް އާރތް އަވަރ މޯލްޑިވްސްގެ ކަންޓްރީ ޓީމުން ވަނީ ބުނެފައެވެ.

ރާއްޖޭގައި އާތް އަވަރ ފުރަތަމަ ފާހަގަކުރީ 2009 ވަނަ އަހަރުގައެވެ. އަދި މިއީ ރާއްޖޭގައި އާތު އަވާ ފާހަގަ ކުރާ 10 ވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތަރޮށި

    ކޮން އާރތް އަވަރ އެއް ތޭ ތިޔާއީ ކްރިސްޗިއަނުން ހަދައިގެން އުޅޭ މަގުފުރެދުމުގެ ތެރެއިން ވާ ކަންކަމޭ އަބަދުވެސް އޮންނާނީ އާރތް އަވަރ އާރތް މިނިޓް އަދި އާރތް ސިކުންތޭ. ދުނިޔޭގެ ކްލައިމެޓް ޗޭންޖަކީ މިހާރު ދުނިޔެ އެތަރުޖަމާ ކުރާ ގޮތަށް އޮންނަ އެއްޗެއް ނޫނޭ އޯޒޯން ފަށަލައިގައި ލޯވަޅެއް ނީންނާނެއޭ އެއީ އެއަށް ވުރެން ފުރިހަމަ އަށް އުފައްދަވާފައިވާ ލޭޔަރ އެކޭ. ތީހަމަ މުޅިން ވެސް ފޭކް ގޭމް ފޭކް ތިމާވެެއްޓޭ މެން ޖައްސާ ކަޓް ކާން ވެގެން. އެމެން އީއައިއޭ ހަދައިގެން ހަދާ ބަނދަރު އެތެރެ ފެންގަނޑު އޮންނަނީ ފެހިކުލައިގައި ކުނި ވެފައި ދޯ. ބަލާ ސާމްޕަލް ލާމު ފޮނަދޫ ބަނދަރު. ކުނި ވެފައި ދޯ އޮންނަނީ. ބަލާ މާލޭގެ ވަށައިގެން ވާ ބަނދަރު އެއްގޮތެއް ވެސް ނުވޭ. އީއައިއޭ އެއް ނަހަދާ މެރިން އެޕްލިކޭޝަން އިންޖިނިއަރިންގް ދޯ ހެދީ. އީއައިއޭ އަކީ އެއީ ހަދަން ޖެހޭ އެއްޗެއް ނޫނޭ އެއީ އޮންނަން ޖެހޭނެ އެއްޗެއް ވެސް ނޫނޭ އެއީ ބޮޑު ފޭކް އެކޭ. ރަންރީނދޫ ޓްވިޓަރޭ މެން ތަ ރޮށި އޭ ކިއްޔާ މާ ތާހިރުވާނެ އެއް ނޫންތޭ. ތަރޮށި. ތަ ބޮޑު ރޮށި އިނގޭތޭ.