ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވަން މިނިސްޓްރީ އޮފް ހެލްތާއި އޮސްޓްރޭލިއާގެ ގްރިފިތް ޔުނިވަރސިޓީއާއި އެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިޔާތެއްގައި ގްރިފިތް ޔުނިވަރސިޓީ އާއިއެކު މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެތްލް މިނިސްޓަރ އަބްދުﷲ އަމީނެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ގްރިފިތް ޔުނިވަރސިޓީގެ އެހީތެރިކަން އެ މިނިސްޓްރީއަށް ލިބިގެން ދާނެ ކަމަށެވެ.

ސިއްހީ ދާއިރާ ކުރިއަރުވަން ގްރިފިތް ޔުނިވަރސިޓީ އާއެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖަސް:މުހައްމަދު އަފްޒަލް

"މި އެއްބަސްވުމުގެ ދަށުން ތައުލީމާއި ތަމްރީނު ޕްރޮގުރާމުތައް ހިންގުމަށް މަގުފަހިވެގެންދާނެ, ރާއްޖެއަށް އެކަށޭނެ އެންބިއުލޭންސްގެ ހިދުމަތް ފުޅާކުރުމަށާއި، އިމެޖެންސީ ފަރުވާ ތަރައްގީ ކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތަށް މި އެއްބަސްވުމުމުގެ ސަބަބުން އެހީތެރިކަން ލިބިގެންދާނެ" މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ސިއްހީ ދާއިރާ ކުރިއަރުވަން ގްރިފިތް ޔުނިވަރސިޓީ އާއެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖަސް:މުހައްމަދު އަފްޒަލް

ގްރިފިތް ޔުނިވަރސިޓީ އަކީ އޮސްޓުރޭލިއާގެ ވަރަށް ކުރިއަރާފައިވާ ރީސާޗް ޔުނިވަރސިޓީއެކެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު ގްރިފިތް ޔުނިވަރސިޓީން ވަނީ ޕެރެމެޑިކްސް ސްކިލް ޑެވެލޮޕްމެންޓް ޕްރޮގުރާމެއް ލާމު އަތޮޅުގައި ބާއްވާފައެވެ. މި ޕްރޮގުރާމުގައި ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަފާތު މަރުކަޒުތަކުގެ 25 މީހަކު ތަމްރީން ކޮށްފައިވެއެވެ. މީގެ އިތުރުން މި ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ބޭނުން ކުރި އާލާތްތައް ގްރިފިތް ޔުނިވަރސިޓީން ވަނީ ދިވެހި ސަރުކާރަށް ހަދިޔާ ކޮށްފައެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރާއި އޮސްޓްރޭލިއާގެ ގްރިފިތް ޔުނިވަރސިޓީއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ސިއްހީ ދާއިރާއަަށް އިތުރު ފުރުސަތު ތަކެއް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން ނ

    މިހާރު ސިއްހީޚިދުމަތް ވަރަތް
    ވަރަށްބޮޑަށް ތަރައްޤީ ވެއްޖެ
    ދެންއިތުރަށް ތަރައްޤީ ވާނީ
    އިޒްރާއީލުން ޑޮކްޓަރ އިން
    ގެނަސް،އިޒްރާއީލުން ބޭސް
    އެތެރެކޮށްގެން