ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅުނު ފްލައިޓެއްގައި ދޫންޏެއް ޖެހި 8 ގަޑި އިރު ޑިލޭ ވެއްޖެއެެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިޓް ނައްޓާލަން ރަންވޭ މަތިން ދަނިކޮށް، ފްލައިޓްގައި ދޫންޏެއް ޖެހި ޖެޓް ޕާކް ކުރާ ހިސާބުން ފްލައިޓް މަޑުކޮށް އެ ސަރަޙައްދުުގައި ވަނީ ޕާކުކޮށްފައެވެ.

އެ ފްލައިޓް އިން ފުރަން ދިޔަ ފަސެންޖަރަކު "ވަގުތު" އަށް މައުލޫމާތު ދިންގޮތުގައި ފުރަން ހުއްދަ ނުދިނުމުގެ ސަބަބުން ގާތްގަނޑަކަށް ފަސް ގަޑިއިރު ވަންދެން ފަސެންޖަރުން ފްލައިޓް ތެރޭގައި ތިބެން ޖެހުނެވެ. އެގޮތުން ވަކި އެއްޗެއް ނާންގާތީ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 14:20 އާހަމަޔަށް ފަސެންޖަރުން ތިބެން ޖެހުނެވެ.

ނަމަވެސް މިހާރު ހުރިހާ ފަސެންޖަރުން ފްލައިޓުން ބާލައިފި ކަމަށް މައުލޫމާތު ލިބެއެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުގައި ފްލައިޓް ދެން ފުރަން ހަމަޖެހިފައިވަނީ އިރުއޮއްސި 6 ޖަހާއިރުއެވެ. އެހެން ނަމަވެސް ފްލައިޓް ޑިލޭ ވި ސަބަބެއް ރަސްމީ ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހާމިދު

  ދޫނި ރާއްޖޭން އައި ދޫންޔަކަށް ތިވާނީ.

  • Anonymous

   ކިހާ ދެރަ ކަމެއް، ހޫނނނ ދެން ކޮންމެ ކަމެއް ސިޔާސަ ކުރަން ޖެހޭތަ؟

   • ހާމިދު

    އަހަރެން ތާޢީދުކުރާ އެއްވެސް ރައީސެއް އަދި ޕާޓީއެއްނޯންނާނެ. މަ މަޖަލަކަށްބުނި އެއްޗެއް އެއީ. ޕާޓީތަށް ތިޔައީ އެންމެން ބައިބައިކުރުވި އެތި.. .

 2. ތިމަންނަ

  " އެއާޕޯޓުން ފުރަން އުޅުނު ފްލައިޓެއްގައި ދޫންޏެއް ޖެހި 8 ގަޑި އިރު ޑިލޭ ވެއްޖެ" ... އަވަހަށް ތިޔަ ދޫނީ ހޯދާ އޭތީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަން ފެނޭ ..

 3. ކަޅުބެ

  ތި ފްލައިޓް ގައި ޖެހުނު ދޫނި ކިތައް ގަޑިއިރު ޑިލޭވިތޯ؟