ދިވެހިރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ކަންތައްތަކުން ވަރަށް ބޮޑު ތަސައްލީއެއް ލިބިފައިވާކަމަށާއި، ކުއްލި ނުރައްކަލުގެ ހާލަތުގައި ނުވި ކަމެއް، ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންވެސް ނުވާނެކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު "ވަގުތަށް" ވިދާޅުވީ، ބަޔަކު އަޑީގައި ތިވެގެން ހިންގި ޖަރީމާތައް ހުއްޓުވާފައިވާކަމަށާއި، އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތުގައި ނުވި ކަމެއް، ދެން ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންވެސް ނުވާނެކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު ނިމުނަސް އިރާދަކުރެއްވިއްޔާ ސަރުކާރަށް ޕްރެޝަރެއް ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު ނިމުނު ނަމަވެސް މާތް ﷲ ގެ ރަޚްމަތާއި އެކު އަޅުގަނޑުމެންނަށް އިތުރު ޕްރޝަރެއް ނާންނާނެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި އަންނާނެ ޕްރެޝަރެއް އެއޮތީ އައިސް ނިމިފައި. ދެން އިރާދަ ކުރެއްވިއްޔާ މިޤައުމު މިކަހަލަ ނުރައްކާތެރިކަމަކާ މާތް ﷲ ގެ މިންވަރު ފުޅާއި ވާގުފުޅުން މިންވަރު ނުކުރައްވާށި" ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ، މި ހިންގި ޖަރީމާއަކީ ރިޝްވަތުގެ ހުތުރު އަމަލުގެ ސަބަބުން ހިނގާދިޔަ ކަމެއްކަން އެނގުނު ހިސާބުން ސަރުކާރަށް ޕްރެޝަރެއް ނެތްކަމަށާއި، އެކަން ހާމަވި ހިސާބުން ސަރުކާރަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދިޔަ ކަމަށެވެ.

"ރިޝްވަތުގެ ހުތުރު އަމަލުގެ ސަބަބުން ހިނގާދިޔަ ކަމެއްކަން އެނގުނު ހިސާބުން ސަރުކާރަށް ޔަޤީންވެގެން ހިނގައްޖެ މިއީ އިހްލާސްތެރިކަމާއެކު ބަޔަކު ހެޔޮ ވިސްނުމުގައި ކުރިކަމަކަށްވުރެ ބޮޑަށް، އަމިއްލަ އެދުމުގައި ރިޝަވަތުގެ ހުތުރު ފައިސާގައި ހިފައިގެން ސަރުކާރާއި މުޅި ދައުލަތަށް ދިން ބޮޑު ހަމަލާއެއްކަން." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ އިތުރަށް ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި ސަރުކާރުގެ ކަންބޮޑުވުން ހުރީ ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ތެރޭގައި ތިބި ބަޔަކު، ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް ބޮޑު ގެއްލުމެއް ލިބިދާނެ ޖަރީމާއެއް ހިންގާފައިވާތީ ކަމަށެވެ.

"ޝައްކެއްވެސް ނެތް ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް ކަންބޮޑުވުންތަކެއް ހުރީ ދިވެހިރާއްޖޭގެ މުހިންމު މުއައްސަސާތަކެއްގެ ތެރޭގައި ތިބި ބަޔަކު ދިވެހިރާއްޖޭގެ މާތް ވެގެންވާ އިސްލާމްދީނަށާއި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކުން ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަމިއްލަވަންތަކަމާއި، މިނިވަންކަން ގެއްލި ހިނގައިދާނެކަމުގެ ބިރުވެރިކަން އަންނަ ފަދަ ނުރައްކާތރި ޖަރީމާއެއް ބަޔަކު މިހިނގި ހިންގުން." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މި ޖަރީމާ ހިންގި މީހުންގެ މައްޗަށް ހެއްކާއި ގަރީނާތައް ހޯދައި، އެމީހުންގެ މައްޗަށް ދައުވާތައް ކުރަން ފޮނުވިފައިވާއިރު، ދިވެހިރާއްޖޭގެ ހާލަތު ދެން އަންނާނީ ރަނގަޅުވަމުން ކަމަށާއި، ބަޔަކު އަޑީގައި ތިބެގެން ހިންގާފައިވަނީ ހަޤީގަތުގައިވެސް ބަޣާވާތެއްކަން ދިވެހި ރައްޔިތުންނަށް މިހާރު ޤަބޫލުކުރާނެކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނައިންޓީ

  ހަމަލާއެއް ހަމަ ކޮންމެ ފަދަ ވަގުތެއްގައިވެސް ދީފާނެކަން 1 ފެބްރުވަރީގައި އެނގިގެން އެދިޔައީ. ދިވެހިންތެރޭގައި ދަހިވެތި އަމިއްލައެދުންބޮޑު ގައުމިއްޔަތެއް ނެތް ދިވެހިން އުޅޭކަމީ ހިތާމަކުރަން ޖެހޭކަމެއް. އަބަދުވެސް އެއިރެއްގައި އޮންނަ ސަރުކާރެއް ވައްތާލުމަށް ގުންފައި ނަގާ ކަރުންނާރުނެރެ ހަޅޭއްލެވުމަކީ ދިވެހިންނަށް ދިވެހިންގެ ޢަދުއްވުން ދަސްކޮށްދީފައިވާ ޑިމޮކްރަސީއޭ ކިޔާ މުޑުދާރުޢަމަލެއް. ޑިމޮކްރަސިއަކީ މިފަހުޒަމާނުގެ ކުފުރުކަމަށް ބުނެފިނަމަ އެހެންބުނާމީހަކު ހަންދަމާނެ.

 2. ހަނޑޫހޮވާދޯ

  ރައީސް ޔާމީން މަގާމަށް ފިޓުކަން ދައްކައިދީފިއޭ ތަމެން ރަންރީނދޫ ޓްވިޓަރޭ ބުނަންވީ ތަމެންގެ ބޮޑޭ ހަނދު ބޮޑު ވެފައި އޮތް ވަގުތަކު ތޭ ފެބް ހަތެއް ލައްވާލައިގެން އެކަލޭގެ އިސްތިއުފާ ދިނީ. ރަންރީނދޫ ޓްވިޓަރޭ ތަމެން ރާއްޖޭގެ ވެރިކަން ވައްޓާލަން ނޫޅެ ބަދިގެއަށް ވަދެ ހަނޑޫ ހޮވަން އުޅެގަ އިނގޭތޭ. ހަނޑޫ ހޮވާ ދޯ.

 3. ޒީނާ

  ވަރައްބޮޑު ތެދެއް، މަރުގެ ހުކުމް ތަންފީޒެއްވެސް ނުކުރެވޭނެ. ހަމަޔަގީން

 4. Anonymous

  ފަރެސްމާތޮޑާއަށްވެސ ހުރި ބޮޑުލަދުވެތިކަމެއް