ފިސްތޯލަ ގެންގުޅުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ރަނގަޅު ނޫން ކަމަށާއި އެ ހުކުމް ބާތިލްކުރަންޖެހޭ ކަމަށް ސުޕްރީމް ކޯޓުގައި މިއަދު ދައުލަތުން ބުނެފިއެވެ.

ދެހާސް ފަނަރަވަނަ އަހަރުގައި އިދިކޮޅު ފަރާތްތަކުން ބޮޑު މުޒާހަރާ ބޭއްވި ދުވަހު ދެ ފިސްތޯލަ ގެންގުޅެއްވި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރުމުން އޭނާ ޖަލަށް ލާން ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރު އެވެ. އެ ދެ ފިސްތޯލަ ފުލުހުންނަށް ހޯދިފައެއް ނުވެ އެވެ. އެކަމަކު މޭ 1 ގައި އެ ފިސްތޯލަ އަދީބު ދެއްކެވި ކަމަށް ބުނެ ދެ މީހަކު ވަނީ ކޯޓުގައި ހެކިބަސް ދީފައެވެ.

އެ ހުކުމަށް ހައިކޯޓުން ތާއިދު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިންގްފިޝަރ

    ދެން މމޕރސ މައްސަލަވެސް ނިންމާލާފައި އަދީބު ދޫކޮށްލާ. ކީއްކުރަން ބަލާ މައްސަލައެއް.

    25
  2. Abdul Latheef

    އަދީބު މިނިވަންކޮށްފަ ރައީސް ޔާމީނުގެ މައްޗަށް އޭނަ ލައްވާ ހެކިބަސް ދީގެން ރައީސް ޔާމީނު ޖަލަށްލާން ޙުކުމް ކުރަން ކޮންމެހެންވެސް ވާނެ. އޭރަށް ފިސާރި ކަމެއް ކުރެވުނުކަމަށް ވާނީ. އެކަމަކު ބުނެލަން އޮތީ ކަލޭމެންގެ މަކަރުވެރި ރޭވުންތަކުން ކަލޭމެނަށް ފައިދާ އެއް ކުރާނީ އެކަމަށް ﷲ ތަޢާލާގެ މިންވަރުފުޅުގައި ގޮތެއް ކަނޑައެޅިފައިވާ ނަމައެވެ. ނޫންނަމަ ތިޔައީ ހަމަ ކަލޭމެން ފަޞީޙަތްވެ ބޭޒާރު ވުމަށް ކުރެވޭ ކަމަކަށްވެސް ވެދާނެ ކަން ދަންނާށެވެ!